May 19, 2026 23:26
Advertisement

-Advertisement-

ހުރިހާ ހައްޖާޖީން ފުރައިފި، މިއީ އެންމެން ގުޅިގެން ކުރެވުނު ފުރިހަމަ މަސައްކަތެއް- އެމްއޭސީއެލް

1447 ވަނަ އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސަޢުދީ އަރަބިއްޔާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ހުރިހާ ހައްޖާޖީން ފުރައިފިއެވެ. މިހާ ފުރިހަމަ ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދެވުނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްއާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އިތުރުން ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ކުރެވުނު އިންތިޒާމު ރަނގަޅު މަސައްކަތްތަކުގެ ތެރެއިން ކަމަށް އެމްއޭސީއެލްއިން ވަނީ މައުލޫމާތުދީފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހައްޖާޖީން ފުރުމުގެ އިންތިޒާމުތަކުގެ އެންމެހާ ކަންކަން ކަށަވަރުކުރުމަށްޓަކައި އެމްއޭސީއެލްގެ މެނޭޖްމަންޓާއި، ޕެސެންޖަރ ސަރވިސަސްގެ މުވައްޒަފުންނާއި، ޓަރމިނަލް ސަރވިސަސްގެ މުވައްޒަފުންނާއި، އެސްޓޭޓް ސެކިއުރިޓީ ސަރވިސަސްގެ މުވައްޒަފުންނާއި ޖުމްލަކޮށް އެމްއޭސީއެލްގެ ހީވާގި އެންމެހާ މުވައްޒަފުން ގުޅިގެން ފުރިހަމަ އަދި ތަރުތީބު ތައްޔާރީތަކެއް ހަމަޖައްސައިދެވުނުކަން ވަނީ ފާހަގަކޮށްފައެވެ. 

މި ތައްޔާރީތަކުގެ ތެރޭގައި، ވޯޓަރ ފްރަންޓު އިމާރާތުގައި ޙައްޖާޖީންނަށް ހުކުރު ނަމާދުކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމާއި، ކުރީގެ ޑޮމެސްޓިކް ޓަރމިނަލްގައި ހައްޖުވެރިންނާއި ޢާއިލާތަކަށް މަޑުކޮށްގެން ތިބުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ޙައްޖުވެރިންނަށް ބޭނުންވާނެ ފެން ފޯރުކޮށްދިނުމާއި، ވުޟޫކުރުމަށް ފަސޭހަ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

Advertisement

މި އަހަރު ރާއްޖެއިން ހައްޖަށް ދަތުރުކުރާ ހައްޖާޖީންނަށް ލުއިފަސޭހަ، އަދި ފުރިހަމަ ޚިދުމަތެއް ދިނުމަށް އެމްއޭސީއެލްގެ ފަރާތުން ކުރެވުނު އިންތިޒާމުތައް ކާމިޔާބުކޮށް ފުރިހަމަކުރުމަށް އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް އެކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ. 

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް