May 12, 2026 21:34
Advertisement

-Advertisement-

އަދަދުގެ 2 ނޫސްވެރިންކަމުގައިވާ ލީވާން އަދި ޝަހުޒާން ޖަލަށް!

އަދަދުގެ 2 ނޫސްވެރިން ކަމުގައިވާ ލީވާން އަލީ ނަސީރު އަދި މުހައްމަދު ޝަހުޒާން ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. އަދަދު ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެނޫހުގެ 2 ނޫސްވެރިން ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ އެކޯޓުން ނެރެފައިވާ އަމުރަކާއި ޚިލާފުވިކަމަށް ކަނޑައެޅުމަށްފަހުގައެވެ.

ޝަހުޒާން ޖަލަށް ލާން ހުކުމްކުރީ 15 ދުވަހަށެވެ. އަދި ލީވާން ޖަލަށް ލުމަށް ހުކުމް ކުރީ 10 ދުވަހަށެވެ. ޝަހުޒާނަށް ތުހުމަތުކުރީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ސުވާލުކުރަމުން ކްރިމިނަލް ކޯޓުގެ އަމުރާއި ޚިލާފަށް ވާހަކަދެއްކިކަމަށެވެ.

" މިއަދު މެންދުރުފަހު އެކެއްޖެހިއިރު ޝަހުޒާން ކޯޓަށް ހާޒިރު ކުރިއިރު ވަކީލެއް ހަމަޖެއްސުމަށް އިތުރު މުއްދަތެއް ދިނުމަށް އޭނާ އެދުނު. ވަކީލެއް އައްޔަން ކުރަން ޝަހުޒާނަށް ދިނީ 2 ގަޑިއިރު. އެވަގުތުގައި ވަކީލެއް ހަމަނުޖެހޭ. ކޯޓުން ހުކުމްކުރީ 15 ދުވަހުގެ މުއްދަތަށް ޝަހުޒާން ޖަލަށްލުމަށް". އަދަދު ނޫހުގައި ލިޔެފައިވެއެވެ.

Advertisement

ލީވާނަށް ހުކުމް ކުރީ ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި ޚިލާފަށް ޚަބަރު ލިޔުމުގެ ތުހުމަތުގައެވެ.

" މިއަދު ހެނދުނު 11 ޖެހިއިރު ކޯޓަށް ހާޒިރުކުރުމަށްފަހު ވަކީލެއް ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށް ލީވާން އެދުމުން މައްސަލަ ބެއްލެވި ބެންޗުން ނިންމީ 2 ގަޑިއިރުގެ މުއްދަތެއް ލީވާނަށް ދިނުމަށް. މެންދުރުފަހު 2 ޖެހިއިރު ކޯޓަށް ހާޒިރުވުމުން ކޯޓުން ހުކުމްކުރީ ޚަބަރު ލިޔެގެން ކުށްވެރިވެފައިވާކަމަށް". އަދަދު ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
1

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް