April 23, 2026 16:39
Advertisement

-Advertisement-

ނާއިޝް ބޭބީގެ ހިތުގެ އޮޕަރޭޝަން ކުރުމަށްފަހު ފަރުވާ ފުރިހަމަކުރުމަށް އާއިލާއިން އެދެނީ ދީލަތި އެހީތެރިކަމަށް!

ލ. ގަން ތުނޑި، އާމިނަތު ނަސީކާ އާއި ނ. ހޮޅުދޫ މޫސާ ހައިތަމް އަށް ދެވަނަ ދަރިފުޅު ލިބުނީ މި އޭޕްރީލްމަހުގެ 2 ވަނަ ދުވަހުގައެވެ. ޒުވާން ދެމަފިރިންގެ އުންމީދާއި ގުޅިފައިވާ މި ލޯބިލޯބި ދަރިފުޅު (ހުސެއިން ނާއިޝް) އުފަންވުމާއެކު އާއިލާއަށް ލިބުނީ ހިތާމަވެރި ޚަބަރެކެވެ.

" ވިހޭ ދުވަހު ހޮސްޕިޓަލުން ބުނެފި ދަރިފުޅު ނޭވާލަނީ އާދަޔާޚިލާފު ގޮތަކަށޭ. ރަނގަޅެއް ނޫނޭ ނޭވާލުން. ވީއެންމެ އަވަހަކަށް މާލެ ގެންދިއުމަށް. ސީއެމްބިއުލާންސްގައި އެމަޖެންސީގައި ބޭބީ މާލެ ގެނެސް އައިޖީއެމްއެޗަށް ގެންދިޔައީ. ޑޮކްޓަރުންވެސް އެންގީ ވީއެންމެ އަވަހަކަށް އިންޑިއާއަށް އިތުރުފަރުވާއަށް ގެންދިއުމަށް". އާއިލާއިން މައުލޫމާތު ދިނެވެ. 

އޮޕަރޭޝަން އާއި ގުޅޭގޮތުން ކިމްސްއިން ދީފައިވާ ލިޔުން

ނާއިޝް އަށް އިތުރު ފަރުވާ ދިނުމަށް ގެންދިޔައީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ކިމްސް ހޮސްޕިޓަލަށެވެ.

Advertisement

" ހިތުގައި ލޯވަޅު ހުރުމުގެ އިތުރުން ނާރުތައްވެސް ހުރީ ރަނގަޅަށް ނޫން.. އިންޑިއާއަށް ގެންދިޔަފަހުން ބޭބީއަށް ފަރުވާދެމުން އަންނަނީ އެންއައިސީޔޫގައި. ހިތުގެ އޮޕަރޭޝަން ނުކުރެވި މަޑުކުރަންޖެހުނީ ބަރުދަނުގައި 3 ކިލޯ ހަމަނުވާތީ. އެޕްރީލް މަހުގެ 22 ވަނަ ދުވަހު އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވަނީ. ޑޮކްޓަރުގެ ލިޔުންތަކުގައި ބޭބީ މޫސާ ހައިތަމް ޖަހާފައި އެވަނީ ރާއްޖެއިން ފުރިއިރު ބޭބީއަށް ނަން ނުކިޔާތީ".

އާއިލާއިން މައުލޫމާތުދޭގޮތުގައި ބޭސްފަރުވާއަށް އާސަންދަ ހަމަޖެހުނު ކަމުގައިވިއަސް އޮޕަރޭޝަނަށްފަހު އިންޑިއާގައި 2 މަސްދުވަހު މަޑުކުރަންޖެހެއެވެ.

" ބޭބީގެ ބޭސްފަރުވާއަށް އާސަންދަ ވަނީ ހަމަޖެހިފައި. ހޮސްޕިޓަލުގައި ބޭބީ އޮންނައިރު ނެޕީޖެހުމާއި އިންޑިއާގައި ހުރުމާއި ކެއުމާއި އެތެރޭގެ ޓްރާންސްޕޯޓް ފަދަ ޚަރަދުތައް އަމިއްލައަށް ހަމަޖައްސަން ޖެހެނީ. 2 ދުވަހުން ހޮސްޕިޓަލަށް ދައްކަން ޖެހުނު 7400 ރުޕީސް. ޖުމްލަ 3 މަހެއްހާ ދުވަސް އެބަހޭދަވޭ އިންޑިއާގައި ބޭބީގެ ފަރުވާއަށް. ދަރިފުޅުގެ ބައްޕައަކީ މަހަށްދާ މީހެއް. އާމްދަނީ ލިބޭނެ އިތުރު އެއްވެސް ގޮތެއް ނެތް". ބޭސްފަރުވާ ފުރިހަމަކުރުމަށް އެހީތެރިކަމަށް އެދެމުން އާއިލާއިން މައުލޫމާތު ދީފައިވެއެވެ. 

ނާއިޝްގެ ފަރުވާ ފުރިހަމަކުރުމަށް އިންޑިއާގައި މިވަގުތު ތިބީ ނާއިޝްގެ މަންމައާއި ބައްޕަގެ އިތުރުން އެހީތެރިއެއްގެ ގޮތުގައި ދިޔަ މީހެކެވެ.

އާއިލާއިން އެދެނީ ބޭބީގެ ފަރުވާ ނިމެންދެން އިންޑިއާގައި ހޭދަވާ މުއްދަތުގައި ކުރަންޖެހޭ ޚަރަދުތައް ކުރުމަށް އާންމުން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. 

އިތުރު މައުލޫމާތު ސާފުކުރުމަށް ވައިބަރއިން ގުޅާނީ 7420766 މި ނަންބަރަށެވެ.

ނާއިޝް ބޭބީގެ ފަރުވާ ފުރިހަމަކުރުމަށް އެހީތެރިކަން ފޯރުކޮށްދޭންވީ އެކައުންޓު ނަންބަރު: މޫސާ ހައިތަމް (ބޭބީގެ ބައްޕަގެ އެކައުންޓު ނަންބަރު) 7730000666132

ނޯޓް: މިއީ އާންމުންގެ އެހީތެރިކަމާއެކު 'ޒީޓައިމްސް' އިން ބޭސްފަރުވާއަށް އެހީވެދޭ 66 ވަނަ އާއިލާއެވެ. އިންސާނިއްޔަތަށްޓަކައި ކުރާ މިމަސައްކަތުގައި ކިޔުންތެރިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަމެވެ. މިގޮތަށް ލިބޭ އެހީ ޖަމާވާނީ ބަލިމީހާގެ އެކައުންޓަށެވެ.

+1
0
+1
0
+1
0
+1
0
+1
1
+1
0
+1
2

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް