ނާއިޝް ބޭބީގެ ހިތުގެ އޮޕަރޭޝަން ކުރުމަށްފަހު ފަރުވާ ފުރިހަމަކުރުމަށް އާއިލާއިން އެދެނީ ދީލަތި އެހީތެރިކަމަށް!

ލ. ގަން ތުނޑި، އާމިނަތު ނަސީކާ އާއި ނ. ހޮޅުދޫ މޫސާ ހައިތަމް އަށް ދެވަނަ ދަރިފުޅު ލިބުނީ މި އޭޕްރީލްމަހުގެ 2 ވަނަ ދުވަހުގައެވެ. ޒުވާން ދެމަފިރިންގެ އުންމީދާއި ގުޅިފައިވާ މި ލޯބިލޯބި ދަރިފުޅު (ހުސެއިން ނާއިޝް) އުފަންވުމާއެކު އާއިލާއަށް ލިބުނީ ހިތާމަވެރި ޚަބަރެކެވެ. " ވިހޭ ދުވަހު ހޮސްޕިޓަލުން ބުނެފި ދަރިފުޅު ނޭވާލަނީ އާދަޔާޚިލާފު ގޮތަކަށޭ. ރަނގަޅެއް ނޫނޭ ނޭވާލުން. ވީއެންމެ އަވަހަކަށް މާލެ ގެންދިއުމަށް. ސީއެމްބިއުލާންސްގައި އެމަޖެންސީގައި ބޭބީ މާލެ ގެނެސް އައިޖީއެމްއެޗަށް […]
