April 23, 2026 17:42
Advertisement

-Advertisement-

ރޯގާ އާއި ހުމުގެ އަސަރު ހުންނައިރު ކެއުމުގައި ސަމާލުކަންދީ ބޭނުންކުރެވިދާނެ ބާވަތްތައް!

މިދުވަސްވަރަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތައް ގިނަ ދުވަސްކޮޅެކެވެ. އަރިދަފުސް ރޯގާއާއި ޑެންގީ ޖެހިގެން އުޅޭއިރު ކެއުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ހުންގަދަވުމުން ކާން އުނދަގޫވިއަސް ހިތްވަރުކޮށްފައި ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމުގައި ހިމަނަންޖެހެއެވެ. އަދި ފަސޭހައިން ހަޖަމުވާ ބާވަތްތަކުގެ ކާނާ ކެއުން ރަނގަޅުވާނެއެވެ.

ފެންމަދުވިޔަ ނުދިނުމަށް: ގިނައިން ފެންބޮއެ، ހާރބަލް ޓީ، ކުރުނބާފެނަކީ ރަނގަޅު ބާވަތްތަކެކެވެ.

ޗިކަން ސޫޕް: މިއީ ހަށިހަނޑަށް ސޯޑިއަމް އަދި ނިއުޓްރިޝަން ލިބޭނެ ބާވަތެކެވެ. އަދި ކުކުޅު މަހުގައި ޕްރޮޓީން ހުންނާތީ ހަށިގަނޑުގައި ބާރުޖެހުމަށް މަގުފަހިވެއެވެ.

Advertisement

ވިޓަމިން ސީ ގިނައިން ހިމެނޭ މޭވާއާއި ތަރުކާރީ ކެއުން: އޮރެންޖު، ބެރީސް ފަދަ މޭވާ ކެއުމުން ދިފާއީ ނިޒާމުގައި ބާރުޖެހެއެވެ.

ހަޖަމުވާން ފަސޭހަ ބާވަތްތައް: ބަނޑުހަރުވެ އުނދަގޫވާނަމަ ދޮންކެޔޮ، ބްރައުން ބްރެޑްގެ ޓޯސްޓް ފަދަ ބާވަތްތައް ކެވިދާނެއެވެ.

ފެހިކަންގަދަ ފަތް އަދި ތަރުކާރީ: ސްޕިނެޗް، ބްރޮކޮލީ ފަދަ ބާވަތްތައް ކެއުމުގައި ހިމެނުން ރަނގަޅެވެ.

މާމުއި އާއި އިނގުރު: މިއީ ރޯގާޖެހިގެން އުޅޭއިރު ކަރުތެރެ ރަނގަޅު ކުރުމަށްވެސް ގިނަ މީހުންނަށް އެންމެ ކަމުދާ ބާވަތްތަކެވެ. އިނގުރު ގާނާލުމަށްފަހު މާމުއިކޮޅެއް އަޅައިގެން ބޭނުންކުރެވިދާނެއެވެ.

ބަލިވެ އުޅޭއިރު ގިނައިން ހަކުރު އެކުލެވޭ ބާވަތްތައް ބުއިން ރަނގަޅެއް ނޫނެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް