ރޯގާ އާއި ހުމުގެ އަސަރު ހުންނައިރު ކެއުމުގައި ސަމާލުކަންދީ ބޭނުންކުރެވިދާނެ ބާވަތްތައް!

މިދުވަސްވަރަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތައް ގިނަ ދުވަސްކޮޅެކެވެ. އަރިދަފުސް ރޯގާއާއި ޑެންގީ ޖެހިގެން އުޅޭއިރު ކެއުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ހުންގަދަވުމުން ކާން އުނދަގޫވިއަސް ހިތްވަރުކޮށްފައި ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމުގައި ހިމަނަންޖެހެއެވެ. އަދި ފަސޭހައިން ހަޖަމުވާ ބާވަތްތަކުގެ ކާނާ ކެއުން ރަނގަޅުވާނެއެވެ. ފެންމަދުވިޔަ ނުދިނުމަށް: ގިނައިން ފެންބޮއެ، ހާރބަލް ޓީ، ކުރުނބާފެނަކީ ރަނގަޅު ބާވަތްތަކެކެވެ. ޗިކަން ސޫޕް: މިއީ ހަށިހަނޑަށް ސޯޑިއަމް އަދި ނިއުޓްރިޝަން ލިބޭނެ ބާވަތެކެވެ. އަދި ކުކުޅު މަހުގައި ޕްރޮޓީން ހުންނާތީ […]
