އެއްގެއެއްގައި ހަމަޖެހޭ ދިރިއުޅުމެއްގައި ދެއަނބިން އުޅުމަކީ ވާނެކަމެއް ނޫންކަމަށް ޤަބޫލުކުރާ މީހުންވެސް އުޅެއެވެ. އެކަމަކު މިއީ ހަޤީޤީ ޢިބްރަތުން ފުރިފައިވާ ހާދިސާއެކެވެ. އަޅުގަނޑާއި ޢަލީ (އަސްލު ނަމެއް ނޫން) ގެ ހަގު އަނބިމީހާ އާއި ދިމާވީ ނިމިދޔަ ހަފްތާގައެވެ. އެކުވެރިއެއްގެ ފަރާތުންނެވެ.
ދިރިއުޅުމުގެ ވާހަކަތައް ކިޔައިދެމުން ގޮސް ކިޔައިދިނީ އެ އާއިލާގެ އެކުވެރިކަމުގެ ވާހަކައެވެ. ގިނަ އަހަރުތަކެއް ވަންދެން ޢަލީ ފުރަތަމަ އަނބިމީހާ އާއި އެކަނި ކައިވެނިކޮށްގެން އުޅުނުއިރު އެދެމަފިރިންގެ ކުދިންވެސް ވަނީ ބޮޑެތިވެފައެވެ. ދެވަނަ އަނބިމީހާ އާއި ކައިވެނިކުރީ ފުރަތަމަ އަނބިމީހާގެ ރުހުމާއެކުގައެވެ. ދިރިއުޅެންފެށީ 2 އަނބިން ގޮވައިގެން ރަށުގައި އެއް ގެއެއްގައެވެ.
ޢަލީ އަކީ ފުދުންތެރި މީހެކެވެ. އެއްވެސް އަންބަކަށް އެއްވެސް ކަމަކަށް ދަތިވިޔަ ނުދެއެވެ. ކައްކަނީ އެއް ބަދިގެއެއްގައެވެ. ކެއުމަށް އިންސާފު ކުރަނީ އާއިލާ އެކީގައެވެ. 2 އަނބިން ގޮވައިގެން ހަވީރު ފިނިބުރު ޖަހާލަން ގޮސް އެކީގައި ސެލްފީ ނެގުމަކީ އާދައެކެވެ. އަޅުގަނޑަށް އެ ފޮޓޯތައް ވެސް ފެނުނެވެ.
ފުރަތަމަ އަނބިމީހާ އާއި ބަލާއިރު ހަގު އަނބި ޒުވާންވިއަސް އެކީގައި އުޅޭއިރު އުމުރުގެ ތަފާތެއް ނުފެނެއެވެ. އުޅެނީ ވަރަށް ގުޅިގެންނެވެ.
އެކަކު ބަލިވެއްޖެނަމަ އަނެކަކުގެ އެހީތެރިކަން ލިބެއެވެ. ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އެކުގައި ވޭތުކުރަމުން އަންނައިރު މިއީ ހަމަ ނަމޫނާއެކޭ ދެންނެވިދާނެއެވެ. 'ޒީޓައިމްސް' އާއި ވާހަކަދައްކަމުން ޢަލީގެ ދެވަނަ އަނބިމީހާ ކިޔައިދިންގޮތުގައި މިއީ އޭނާ އުންމީދު ކުރިވަރަށްވުރެވެސް އުފާވެރި ދިރިއުޅުމެކެވެ. ޢަލީގެ ދޮށީ އަނބިމީހާގެ ފަރާތުންނާއި ދަރިންގެ ފަރާތުން ލިބޭ ލޯތްބާއި އެހީތެރިކަން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ. އަދި ބޭނުންވަނީ އަބަދަށްވެސް މިގޮތުގައި މި އާއިލާގެ ގުޅުން ދެމިހުރުމަށް ކަމަށް ވަނީ ބުނެފައެވެ.
ދިވެހިރާއްޖޭގައި ވެސް އެކަކަށްވުރެ ގިނަ މީހުންނާއި ކައިވެނިކޮށްގެން އުޅޭ މީހުން އުޅޭއިރު އާއިލާގެ ތެރޭގައި އެންމެ ބޮޑު ނުތަނަވަސްކަމެއް ގިނަފަހަރަށް އުފެދެނީ އަނބިންގެ މެދުގައި ހަމަހަމަކަން ގާއިމް ނުކުރެވުމުންނެވެ. ގިނަ ފަހަރަށް ހަގުއަނބިމީހާ އަށް އިސްކަންދެވި ދޮށީ އަނބިމީހާގެ ޒިންމާތަކަށް ފަރުވާކުޑަކުރާ މީހުންވެސް އުޅެއެވެ. އެކަމަކު އަނބިންގެ މެދުގައި ތަފާތުނުކޮށް އުޅެފިނަމަ ހަގީގީ އުފާވެރިކަން ލިބިދާނެކަން ޢަލީގެ އާއިލާ މިވަނީ ބުނެދީފައެވެ.
ނޯޓް: މި ލިޔުމުގައި މި އާއިލާ ދިރިއުޅޭ ރަށް އަދި މީހުންގެ ނަންތައް ނުހިމެނީ އާއިލާގެ އެދުމުގެ މަތިންނެވެ.








I want to know how he met the other lady through a friend. Were you looking for a second wife? If so what was the reason? Or was it love at first sight all over again?
Alhugandu mee kulhudhuffushi Huseynube. Alhugandu ves miulheneee 2 anbin govaigen eh Ge’ehga
Th. Hirilandhoo dhonaaves ulhenee ehgeyehga dheanbingovaigen 2 3
3vana abimeehaa ah vaan furusathu dheebala
What was the reason for the second marriage and how did it started 2 episodes ge inthizaaruga mitjibee Ali ge 2 abin 12 2
بارك الله في حياتهم من فضلك أعطينا أولئك الذين كانت لديهم تجربة حب جيدة مع زوجتيهما تحت سقف واحد 3 3