June 1, 2025 21:41
Advertisement

-Advertisement-

ވާހަކަ: އޭނާ (ބާވީސްވަނަބައި)

ދުވަސްތައް ފާއިތުވަމުން ދިޔައީ ސިއްތިގެ އެއްވެސް ދަތިކަމެއް ނެތި، އުފާވެރި ކަމާއެގައެވެ. އަޝްރަފް އާއި އަމީނާ ދިރިއުޅެމުން ދިޔައީ އެކަކު އަނެކަކަށް ލޯބިވެ، އަޅާލައިގެންނެވެ. އެ ދެމަފިރިންގެ ކައިވެނީގެ ފުރަތަމަ އަހަރީ ދުވަސް ކައިރިވަމުން އަންނަނިކޮށް، އުފާވެރި ޚަބަރެއް ލިބުނެވެ. އެއީ އަމީނާ ބަލިވެއިންކަމުގެ އުފާވެރި ޚަބަރެވެ. މި ޚަބަރާއެކު، އެ ދެމަފިރިންގެ ހިތަށް އިތުރު އުފަލާއި އުއްމީދު ލިބިގެން ދިޔައެވެ.

އަމީނާ ބަލިވެއިން ޚަބަރު ލިބުމާއެކު، އަޝްރަފް އުފަލުން ފޮޅުނެވެ. އޭނާ ވަގުތުން އެކަން އާއިލާއަށް އަންގައި، އުފާ ހިއްސާކުރިއެވެ. ދެ ޢާއިލާގެ މެންބަރުންވެސް މި އުފާވެރި ޚަބަރުން އުފާވެ، އެދެމަފިރިންނަށް ހެޔޮ ދުޢާކުރިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައިރު، އަމީނާގެ ސިއްހަތަށް ޚާއްސަ ސަމާލުކަމެއް ދެވުނެވެ. ރަނގަޅު ކާނާ ކެއުމާއި، ޑޮކްޓަރުގެ ލަފާ ހޯދުމާއި، އެކަށީގެންވާ ވަރަށް އަރާމު ހޯދުމަށް އަޝްރަފް ވަރަށް ބޮޑަށް ބާރުއެޅިއެވެ. ސިއްތިވެސް އަމީނާއަށް އެހީތެރިވުމަށް ކެނޑިނޭޅި މަސައްކަތް ކުރިއެވެ. މަސްތައް ފާއިތުވަމުން ދިޔައިރު، އަމީނާގެ ބަނޑު ބޮޑުވަމުން ދިޔައެވެ. ކޮންމެ ސްކޭންއަކުންވެސް ދަރިފުޅުގެ ދުޅަހެޔޮކަން ކަށަވަރުވަމުން ދިޔައެވެ.

Advertisement

ވިހެއުމުގެ ދުވަސް ޖެހުމާއެކު، އަމީނާ ހޮސްޕިޓަލަށް ގެންދެވުނެވެ. އަޝްރަފް އޭނާގެ އަނބިމީހާގެ އަތުގައި ހިފަހައްޓައިގެން، ހިތްވަރުދެމުން ދިޔައެވެ. ގަޑިއިރުތަކަކަށްފަހު، އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު ދުނިޔެއަށް ނޭވާލިއެވެ. އެއީ ރީތި، ދުޅަހެޔޮ އަންހެން ކުއްޖެކެވެ.

ކުއްޖާގެ ފުރަތަމަ ރުއިމުގެ އަޑު އިވުމާމާއެކު، އަޝްރަފްގެ ލޮލުން އުފަލުގެ ކަރުނަ އޮހޮރުނެވެ. އަމީނާގެ މޫނުމަތިން ވަރުބަލިކަން ފިލައި، އުފަލުގެ ހިނިތުންވުމެއް ފެނުނެވެ. އެ ދެމަފިރިން އެކުގައި އެމީހުންގެ ލޮބުވެތި ދަރިފުޅު ބަލައި، ޝުކުރުވެރިކަމާއެކު ދުޢާކުރިއެވެ.

ދުވަސްތަކެއް ފަހުން، ގޭގައި ބޭއްވުނު ޚާއްޞަ ހަފްލާއެއްގައި ކުއްޖާއަށް ނަން ދެވުނެވެ. އެ ކުއްޖާގެ ނަމަކަށް ކިޔުނީ 'ޝާނީ' އެވެ. މި ނަން ދެވުނީ އަމީނާގެ މަންމަގެ އެދުމުގެ މަތިންނެވެ.

ޝާނީ އައުމާއެކު، އެ ގޭގެ މާހައުލު މުޅިން ބަދަލުވެގެން ދިޔައެވެ. އަޝްރަފް އާއި އަމީނާގެ ދިރިއުޅުމަށް އާ ދިރުމެއް ލިބި، އާ ޒިންމާތަކެއް އުފެދުނެވެ. ކޮންމެ ރެއަކު ޝާނީގެ ނިންދެވުމާ އެހެނިހެން ކަންތަކުގައި ދެމަފިރިން އުޅެނީ އެކީގައެވެ. ދުވާލު ޝާނީގެ ކާންދިނުމާއި، ފޮތި ބަދަލުކުރުމުގައިވެސް ދެމަފިރިން އުޅެއެވެ.

ޝާނީގެ ފުރަތަމަ ހިނިތުންވުމާއި، ބަސްތައް، އަދި ފުރަތަމަ ފިޔަވަޅުތައް އެއީ ދެމަފިރިންނަށް ލިބުނު އެންމެ އަގުހުރި ހަދިޔާތަކެވެ. ކޮންމެ ކުރިއެރުމަކާއެކު، އެމީހުންގެ ހިތުގައި ލޯބި އިތުރުވަމުން ދިޔައެވެ. ޝާނީގެ ކުޑަކުޑަ އަތްތައް އެމީހުންގެ އިނގިލިތަކުގައި އޮޅާލުމުން، އެ ދެމަފިރިންނަށް އިހުސާސްކުރެވުނީ މި ދުނިޔޭގައި އޮތް އެންމެ ފުރިހަމަ އުފަލެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައިރު، ޝާނީ ބޮޑުވަމުން ދިޔައެވެ. އޭނާގެ ކޮންމެ ކާމިޔާބީއަކީ އަޝްރަފް އާއި އަމީނާގެ ކާމިޔާބީއެކެވެ. އެ ދެމަފިރިންގެ ލޯބި، ޝާނީގެ ތަރުބިއްޔަތުގެ ތެރެއިން ފެންނަމުން ދިޔައެވެ. ޝާނީގެ ހިނިތުންވުމާއި އުފާވެރި އަޑު، އެ ގޭގެ ކޮންމެ ކަންމައްޗެއްގައި ގުގުމަމުން ދިޔައެވެ.

ސްކޫލުގެ ފުރަތަމަ ދުވަހު، ޝާނީ ސްކޫލަށް ފޮނުވާލަން ޖެހުނު ހިނދު، އެ ދެމަފިރިންގެ ލޮލުން އުފަލާއި ހިތާމައިގެ ކަރުނަ އޮހޮރުނެވެ. އެހެންނަމަވެސް، އެމީހުންނަށް އެނގުނީ މިއީ އެމީހުންގެ ލޯބީގެ މޭވާ ދުނިޔެއަށް ދައްކާލުމުގެ ފުރުޞަތެއްކަމެވެ. އެ ދުވަހު، އަޝްރަފް އާއި އަމީނާ އެކުގައި ޝާނީ ސްކޫލަށް ގެންދިޔައެވެ. އެމީހުންގެ ލޯބީގެ ނަތީޖާ ދުނިޔެއަށް ދައްކާލުމުގެ ފަޚުރުވެރިކަން އެމީހުންގެ މޫނުމަތިން ފެންނަން ހުއްޓެވެ.

ޝާނީ ސްކޫލުގައި ހޭދަކުރާ ވަގުތުތަކުގައި އަމީނާ ގޭތެރޭގެ މަސައްކަތްތަކުގައި އަވަދިނެތި އުޅެއެވެ. އަދި އަޝްރަފްވެސް ގޭތެރޭގެ ކަންތައްތަކުގައި އަމީނާއަށް އެހީތެރިވަމުން ގެންދެއެވެ. ޝާނީ ގެއަށް އައުމުން އެމީހުންގެ ހުރިހާ ވަގުތެއް ހޭދަކުރަން ބޭނުންވަނީ ޝާނީ އާއި އެކުގައެވެ. އެއްދުވަހަކު، އަމީނާ އޭނާގެ ކޮޓަރީގެ ފާހާނާ ދޮވުމަށް ތައްޔާރުވަމުންދިޔައިރު، އަޝްރަފް ކޮޓަރި ސާފުކުރުމުގެ މަސައްކަތުގައި އަވަދިނެތި އުޅުނެވެ. 

ހެނދުނުގެ ފިނިކަމާއެކު އަނދިރިކަން ފިލަމުންދިޔަ ވަގުތު، ރަށުގެ މަޑުމައިތިރި މާހައުލު ކުއްލިއަކަށް ހަލަބޮލިވެގެން ދިޔައެވެ. ދޮންއާދަނު، އޭނާގެ ގޭގައި މަރުވެފައި އޮއްވާ ފެނުނު ޚަބަރު ރަށުތެރޭގައި ފެތުރިގެން ދިޔައެވެ.

"އަމީނާ، ދަރިފުޅާ... ވަރަށް ނުބައި ޚަބަރެއް އެބައޮތް. ދޮންއާދަނު މިއަދު ފަތިސްނަމާދަށްފަހު މަރުވެފައި އޮއްވާ ފެނުނީ. ހީވަނީ ހިތުގެ ބައްޔެއްގެ ސަބަބުން މަރުވެފައިވާ ކަމަށް" އަމީނާއަށް މިޚަބަރު ލިބުނީ އޭނާގެ މަންމަ ގުޅައިގެންނެވެ.

މި ވާހަކަ އަޑުއެހުމާއެކު، އަމީނާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. އަޝްރަފް އޭނާގެ އަނބިމީހާގެ ކޮނޑުގައި އަތްލައި، އޭނާއަށް ހިތްވަރުދޭން މަސައްކަތް ކުރިއެވެ.

"އަހަރެމެން މިހާރުން މިހާރަށް ދާންވީ ނޫންތަ؟ ޖަނާޒާގެ ކަންތައް ހަމަޖެއްސުމަށް އެހީތެރިވާން" އަޝްރަފް ހުށަހެޅިއެވެ.

ދެމަފިރިން އަވަސްއަވަހަށް ތައްޔާރުވެ، ދޮންއާދަނުގެ ގެއާ ދިމާއަށް ނުކުތެވެ. އެމީހުން ދިޔަ މަގުމަތީގައި އެމީހުންގެ ހިތުގައި ދޮންއާދަނުގެ ހަނދާންތަކާއި، އޭނާގެ ހެޔޮ އަޚްލާޤުގެ ވާހަކަތައް ދެކެވެމުން ދިޔައެވެ.

ދޮންއާދަނުގެ ގެއާ ކައިރިވަމުން ދިޔަވަރަކަށް، އަމީނާގެ ހިތުގައި ބިރުވެރިކަން އިތުރުވަމުން ދިޔައެވެ. އޭނާއަށް ހީވަމުން ދިޔައީ ދޮންއާދަނުގެ ރޫހު އެތަނުގައި އުޅޭހެންނެވެ. ކުއްލިއަކަށް ވައި ބާރުވެ، ގަސްތަކުގެ ފަތްތައް ހަލުވިކޮށް ތެޅެން ފެށިއެވެ. އަމީނާއަށް ހީވީ އެއީ ދޮންއާދަނުގެ ފުރާނައިން ދޭ އިޝާރާތެއް ކަމަށެވެ.

ގެއާ ހަމައަށް ދިޔައިރު، އެތަނުގައި ގިނަ ބަޔަކު އެއްވެފައި ތިއްބެވެ. އެންމެން ހިތާމައިގެ ކަރުނަ އޮހޮރުވަމުން ދިޔައެވެ. އަމީނާއާއި އަޝްރަފް ގެފް ގެއަށް ވަދެ، ދޮންއާދަނުގެ ހަށިގަނޑު އޮތް ކޮޓަރިއާ ދިމާއަށް ދިޔައެވެ. ކޮޓަރީގެ ދޮރު ކައިރިއަށް ދިޔައިރު، އަމީނާގެ ހިތުގައި ބިރުވެރިކަން އިތުރަށް އާލާވިއެވެ.

ކޮޓަރިއަށް ވަދެ، ދޮންއާދަނުގެ ހަށިގަނޑު ފެނުމާއެކު، އަމީނާގެ ހިތުގެ ވޭން އިތުރުވެގެން ދިޔައެވެ. އޭނާގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. އަޝްރަފް އަމީނާއަށް، ހިތްވަރު ދެމުން ދިޔައެވެ.

އެރޭ، ދޮންއާދަނުގެ ޖަނާޒާގެ ކަންތައް ނިމި، އެންމެން އެމީހުންގެ ގެތަކަށް ދިޔައެވެ. އެހެނަސް އަމީނާއަށް ނިދި ނާންނަ ކަމަށް ބުނެ، އަޝްރަފާއެކު ގޯތިތެރޭގައި އިށީނދެ އިނެވެ. ކުއްލިއަކަށް، އެމީހުންނަށް އިވުނީ ބިރުވެރި އަޑެކެވެ. އެއީ ދޮންއާދަނުގެ އަޑާ ވަރަށް އެއްގޮތް އަޑެކެވެ.

"އަމީނާ... އަޝްރަފް..." އެ އަޑުން ގޮވާލިއެވެ.

އަމީނާ ބިރުގަތެވެ. އަޝްރަފް އޭނާގެ އަތުގައި ހިފަހައްޓައިގެން ހުރެ، ވަށައިގެން ބަލަން ފެށިއެވެ.

"ތިޔަ ދެމަފިރިންނަށް ބުނަން ބޭނުންވާ އެއްޗެއް އެބައޮތް..." އެ އަޑުން ބުންޏެވެ.

= ނުނިމޭ =

+1
0
+1
0
+1
0
+1
0
+1
1
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް