May 17, 2025 17:04
Advertisement

-Advertisement-

ވާހަކަ: އޭނާ (ވިހިވަނަބައި)

އަމީނާ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. އޭނާގެ ފަހަތުން އަޝްރަފްވެސް ދިޔައެވެ. އެވަގުތު، އެމީހުންނަށް ފެނުނީ އަމީނާގެ މަންމަ ސިޓިންގ ރޫމްގައި އުޅޭ މަންޒަރެވެ. އެހެންނަމަވެސް، އަމީނާގެ މަންމަ އެމީހުންނާ ދިމާލަކަށް ނުބެލިއެވެ.

ކުއްލިއަކަށް، "ކިހިނެއްވީ، ކޮބާ؟" މިހެން މީހަކު ގޮވާލި އަޑަށް އަމީނާ ފަހަތަށް އެނބުރުނެވެ. އޭނާގެ ފަހަތުގައި ހުރީ ސިއްތިއެވެ. އަމީނާގެ ހިތަށް ބިރުވެރިކަން ވަނެވެ. ސިއްތިގެ މޫނުމަތީގައި ވަރަށް ނުރައްކާތެރި ހިނިތުންވުމެއް ހުއްޓެވެ.

"ކޮންކަމެއް ދިމާވީ؟" އަމީނާ ސިއްތިއަށް ޖަވާބުދިން އިރު، އޭނާގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ. ސިއްތި ހުރީ ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް ބަލަހައްޓައިގެންނެވެ.

Advertisement

އަމީނާ އަވަސް އަވަހަށް އަޝްރަފްއާ ދިމާލަށް އެނބުރުނެވެ. ނަމަވެސް އަޝްރަފް އެތަނަކު ނެތެވެ. އަމީނާގެ ހިތުގެ ވިންދު އިތުރަށް އަވަސްވެގެން ދިޔައެވެ. އޭނާ އަލުން ސިޓިންގ ރޫމާ ދިމާލަށް ނަޒަރު ހިންގާލިއެވެ. އޭނާގެ މަންމަވެސް ފެންނާކަށް ނެތެވެ.

"ކޮ... ކޮބާ އަޝްރަފް؟ ކޮބާ މަންމަ؟" އަމީނާ ސުވާލުކުރިއެވެ. އޭނާގެ އަޑުގައި ރޮވޭކަހަލަ ގޮތެއް ހުއްޓެވެ.

ސިއްތި ހަމަ އެހެން ހުރެ، ބިރުވެރި ހިނިތުންވުމާއެކު އަމީނާއާ ދިމާލަށް ކުރިއަށް އަންނަން ފެށިއެވެ. އަމީނާ ފަހަތަށް ޖެހެމުން ދިޔައެވެ. އޭނާގެ ހިތުގެ ވިންދު އިތުރަށް އަވަސްވެގެން ދިޔައެވެ.

"ކޮބާ އަޝްރަފް؟ ކޮބާ މަންމަ؟ ކީއްވެ އެމީހުން ނުފެންނަނީ؟" އަމީނާ އަނެއްކާވެސް ސުވާލުކުރިއެވެ. އޭނާގެ އަޑުގައި ކުޑަކޮށް ރުޅިވެރިކަމެއްވެސް އެކުލެވިގެން ދިޔައެވެ.

އަމީނާ އިތުރަށް ފަހަތަށް ޖެހެމުން ދިޔައެވެ. އޭނާގެ ބުރަކަށި ފާރުގައި ޖެހުނެވެ. އިތުރަށް ފަހަތަށް ދެވޭނެ ތަނެއް ނެތެވެ. އޭނާގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ.

"އަހަރެން... އަހަރެން ބޭނުމެއް ނޫން..." އަމީނާ ބުނަން ފެށިއެވެ. ނަމަވެސް އޭނާގެ ބަސްތައް ނުނިމެނީސް، ސިއްތި އޭނާގެ ކުރިމައްޗަށް އައިސް ހުއްޓުނެވެ.

ސިއްތި އަމީނާގެ ކައިރިއަށް އައިސް ހުއްޓުމާއެކު، ވަށައިގެންވާ ޖައްވު އިތުރަށް ބިރުވެރިވެގެން ދިޔައެވެ. އަމީނާގެ ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. އޭނާގެ ނޭވާލުން އަވަސްވެ، ހިތުގެ ވިންދު އިތުރަށް ހަލުވިވެގެން ދިޔައެވެ.

"އަމީނާ، ކަންބޮޑުނުވޭ. އަހަރެން މިއައީ ކަލެއަށް އެހީތެރިވެދޭންވެގެން" ސިއްތި ބުންޏެވެ. ނަމަވެސް އޭނާގެ އަޑުގައި އޮތީ އިތުބާރު ކުރެވޭ ކަހަލަ ރާގެއް ނޫނެވެ.

"އެހީތެރިވެދޭން؟ ކޮން ކަމަކާ ގުޅިގެން؟ އަޝްރަފާއި މަންމަ ކޮބައިތަ؟" އަމީނާ އަނގަ ހުޅުވާލައިގެން ބަސް ހުއްޓިފައި ހުރެފައި، އަނެއްކާވެސް ސުވާލުކުރިއެވެ.

ސިއްތި ލަސްލަހުން އަމީނާއާ ދިމާލަށް އަތް ދިއްކޮށްލިއެވެ. "އެމީހުން މިހާރު އެތިބީ ގޭތެރޭގައި" ސިއްތި ބުންޏެވެ."ކީއްވެ؟ ކީއްވެ އެމީހުން ގޭތެރޭގައި ތިބެންވީ؟" އަމީނާ ސުވާލުކުރިއެވެ. އޭނާގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ.

"ކޮންކަމަކާ ބިރު ތިގަންނަނީ. އެކަމަކު މިރަށުގައި ހިނގަމުންދާ ކަންތަކުގެ ޒިންމާ ފުރިހަމައަށް އަމީނާ ނަގަން ޖެހޭނެ" ސިއްތި ހަރުކަށިކަމާއެކު ބުނެލިއެވެ.

"އަހަރެންނަށް ހުރިހާ ކަމެއް އެނގޭ. ދޮންއާދަނުގެ އާއިލާއަށް ހަދާލިގޮތްވެސް އެނގޭ" އަނެއްކާވެސް ސިއްތި ވާހަކަ ދައްކަން ފެށިއެވެ.

"އަހަރެން... އަހަރެންނަކަށް ނޭނގޭ ތިޔަ ބުނާ އެއްވެސް ކަމެއް. އަހަރެން އެއްވެސް މީހަކަށް ގެއްލުމެއް ދީފައެއް ނުވާނެ" އަމީނާ ވާހަކަދައްކަން އުނދަގޫވަމުން ދިޔައެވެ.

"އަމީނާ، ދޮގު ހަދާކަށް ނުޖެހޭނެ. އަމީނާގެ ސިއްރު ޢަމަލުތަކުގެ ހުރިހާ ތަފްޞީލެއް އަހަރެންނަށް އެނގޭ" ސިއްތި ހީލަމުން ބުނެލިއެވެ.

އަމީނާގެ ހަށިގަނޑު ތުރުތުރު އަޅަން ފެށިއެވެ. އޭނާގެ މޫނުމަތިން ބިރުވެރިކަމާއި ކުށްވެރިވުމުގެ އިހުސާސްތައް ފެންނަން ހުއްޓެވެ.

"އަމީނާގެ ޢަމަލުތަކުގެ ސަބަބުން މުޅި ރަށަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދަނީ. ދޮންއާދަނުގެ އާއިލާއަށް ދިމާވި ހިތާމަވެރި ހާދިސާއަކީ ހަމައެކަނި ފެށުމެއް" ސިއްތި ހަރުކަށި ރާގަކުން ބުންޏެވެ.

"ފިލައިގެން ދިއުމަކުން ސަލާމަތެއް ނުވެވޭނެ. މިހާރު ވަގުތު އައިއްސަ މިވަނީ ކުރި ކަންތައްތަކުގެ ޒިންމާ ނަގަން" އަމީނާ ކުއްލިއަކަށް ތެދުވެ، ދޮރާ ދިމާލަށް ދުވަން ފެށިއެވެ. ނަމަވެސް ސިއްތި އަވަސްވެ އޭނާގެ އަތުގައި ހިފެހެއްޓެވިއެވެ.

"އަހަރެން ކުރި ކަމަކީ ކޮބައިތަ؟ އަހަރެންނަށް އެއްވެސް އެއްޗެއް ނޭނގެ!" އަމީނާ ރޮމުން ސުވާލުކުރިއެވެ.

"އަމީނާގެ ސިއްރު ބައްދަލުވުންތަކާއި، އެ މީހުންނާއެކު ކުރި މުޢާމަލާތްތަކުގެ ސަބަބުން މުޅި ރަށުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިގެން ހިނގައްޖެ. އަދި މިހާރު އޭގެ ނަތީޖާ މިފެންނަނީ" ސިއްތި ފުން ނޭވާއެއް ލާފައި ބުނެލިއެވެ.

އެވަގުތު އަޝްރަފް އެތަނަށް އައިސް ހުއްޓުނެވެ. އަދި އަމީނާ ރޯތީ ސުވާލުކޮއްލިއެވެ. އަދި ސިއްތި ގެއަށް ދާށޭ ބުނެ އަމީނާ އާއި އެކީ ހިނގައިގަތެވެ. ނަމަވެސް ސިއްތި ހުރިތާގައި ހުރެ އަޑުގަދަކޮށް ހަޅޭލަވަން ފެށިއެވެ.

ސިއްތިގެ ހަޅޭލެވުމުގެ އަޑު އިވުމާއެކު، އަޝްރަފް އަވަސް އަވަހަށް އެނބުރި ސިއްތިގާތަށް އައެވެ. އޭނާގެ މޫނުމަތިން ކަންބޮޑުވުމާއި ހާސްކަން ފެންނަން ހުއްޓެވެ.

"ސިއްތި، އަހަރެމެން މި މައްސަލަ ހަމަޖެހޭ ގޮތަކަށް ހައްލުކުރަން މަސައްކަތް ކުރަންހިނގާ؟ މިހެން ހަޅޭއްލެވުމަކުން އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ" އަޝްރަފް އިލްތިމާސްކުރާ ރާގެއްގައި ބުނެލިއެވެ.

"ކަލޭމެންނަށް މިހާރުވެސް މި މައްސަލައިގެ ބޮޑުކަން ނުވިސްނޭ. މުޅި ރަށުގެ މުސްތަޤުބަލް ނުރައްކަލުގެ ތެރެއަށް ވައްޓާލައިފިއޭ!" ސިއްތި ހަޅޭއްލަވަން ފެށިއެވެ.

"ސިއްތި، އަހަރެމެން އެންމެން ވެސް މި ކަމާ ކަންބޮޑުވޭ. އަހަރެމެން މިތިބީ މައްސަލަ ހައްލުކުރަން. އެކަމަކު ތި ގޮތަށް ހަޅޭއްލެވުމުން ކަންތައް އިތުރަށް ގޯސްވެދާނެ. އަހަރެމެން އެކުގައި މަޝްވަރާކޮށްގެން ރަނގަޅު ހައްލެއް ހޯދަން މަސައްކަތްކުރަންވީ؟" މި ހިސާބުން، އަމީނާ ކުރިއަށް ޖެހިލައި، ސިއްތިގެ އަތުގައި ހިފަހައްޓަވައި، މަޑުމައިތިރި އަޑަކުން ވާހަކަދައްކަން ފެއްޓިއެވެ.

އަމީނާގެ ބަސްތަކުން ކޮންމެވެސް ވަރަކަށް ސިއްތިގެ ރުޅި މަޑުޖެހުނު ކަހަލައެވެ. މަޑުމަޑުން ހަމައަށް އައިސް، ބޮލުގެ އިޝާރާތުން އިޝާރާތްކޮއްލިއެވެ.

= ނުނިމޭ =

+1
0
+1
1
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް