May 3, 2025 23:26
Advertisement

-Advertisement-

ވާހަކަ: އޭނާ (އަށާރަވަނަބައި)

ދިރިއުޅުމުގެ ހިތި ދަތި އުނދަގޫ ތަޖުރިބާތަކުގެ ތެރެއިން އަޝްރަފް ވަނީ އެތައް ދުވަހެއް ހޭދަކޮށްފައެވެ. އޭނާގެ ހިތުގައި އަބަދުވެސް ވަނީ އަމީނާގެ މޫނު ކުރަހާލެވިފައެވެ. އެތައް ދުވަހެއްގެ އިންތިޒާރަކަށްފަހު މިއަދު އަޝްރަފް ވަނީ އޭނާގެ ކައިވެނީގެ ދުވަހާ ހަމައަށް އާދެވިފައެވެ.

އަޝްރަފް ތައްޔާރުވަމުންދިޔައީ އޭނާގެ ހަޔާތުގެ އެންމެ އުފާވެރި ދުވަހަށެވެ. އަމީނާއާ އެކު އަބަދަށް ގުޅިލާމެހިގެންދާނެ ދުވަހަށެވެ. އަޝްރަފްގެ ހިތުގައި އުފަލާއި ހަމަޖެހުމުގެ އިހުސާސްތައް ފުރިގެން ދިޔައެވެ. އޭނާ ހިނިތުންވެރިވެފައި ވެއެވެ. އަޝްރަފްގެ އާއިލާގެ މެންބަރުން އަވަސް އަވަހަށް ތައްޔާރުވަމުން ދިޔައީ އަމީނާމެންގެ ރަށަށް ދަތުރު ކުރުމަށްޓަކައެވެ.

"ދަރިފުޅާ، މިއަދަކީ ހަޔާތުގެ އެންމެ އުފާވެރި ދުވަސް. އަހަރެމެން އެންމެންވެސް އުފާވޭ. އަމީނާއަކީ ވަރަށް ރަނގަޅު އަންހެން ކުއްޖެއް. ދެމީހުންގެ ދިރިއުޅުން އަބަދުވެސް އުފާވެރި ކަމުގައި ލައްވާށި" އަޝްރަފްގެ މަންމަ އޭނާގެ އަތުގައި ހިފަހައްޓާލަމުން ބުންޏެވެ.

Advertisement

އަޝްރަފްގެ އާއިލާގެ ތެރެއިން އަމީނާމެންގެ ރަށަށް އާދެވެން ތިބި އެންމެން ވެސް އެރަށަށް ދަތުރުކުރުމަށް ނުކުތެވެ. ލޯންޗަށް އަރައި، އުފާވެރި ހިތަކާއެކު އެމީހުން ދަތުރު ފެށިއެވެ. މޫދުގެ ރީތި މަންޒަރުތަކާއި، ދުރުން ފެންނަ ރަށްރަށުގެ ސިފަތަކުން އެމީހުންގެ ހިތްތަކަށް އިތުރު އުފަލެއް ލިބުނެވެ. އަޝްރަފްގެ ހިތުގައި ވަނީ އަމީނާއާ ބައްދަލުވާނެ ވަގުތު ކައިރިވަމުންދާތީ ކެތްމަދުވެފައެވެ.

ދަތުރުގެ ތެރޭގައި އަޝްރަފްގެ ހިތުގައި އެތައް ޚިޔާލުތަކެއް އުފެދެމުން ދިޔައެވެ. އަމީނާއާއެކު ހޭދަކުރާނެ އުފާވެރި ވަގުތުތަކާއި، އެކުގައި ބިނާކުރާނެ ދިރިއުޅުމުގެ ވާހަކަތައް އޭނާގެ ސިކުނޑީގައި ދުވެ އެނބުރެމުން ދިޔައެވެ. އަޝްރަފްގެ ލޮލުގައި ވަނީ އުފަލުގެ ކަރުނައެވެ. އޭނާގެ ހިތުގެ އެންމެ ފުންމިނުން އަމީނާއަށް ލޯބިވާކަން އިހުސާސްކުރެވުނެވެ.

ގިނަ އިރެއް ނުވެ، އަމީނާމެންގެ ރަށް ފެންނަން ފެށިއެވެ. އަޝްރަފްގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. ލޯންޗު ރަށާ ކައިރިވަމުންދިޔަ ވަރަކަށް، ބަނދަރުމަތީގައި ޖަމާވެފައިވާ މީހުންގެ ތެރެއިން އަމީނާ ފެނޭތޯ އަޝްރަފް ބަލަން ފެށިއެވެ. ކުއްލިއަކަށް އޭނާގެ ލޮލަށް އަމީނާ ފެނުނެވެ. އަމީނާ ހުރީ ރީތިކޮށް ހެދުން އަޅައިގެން، އުފާވެރި ހިނިތުންވުމަކާއެކުގައެވެ.

ލޯންޗު ބަނދަރަށް ލެފުމާއެކު، އަޝްރަފް އަވަސް އަވަހަށް ފޭބިއެވެ. އަމީނާގެ ކައިރިއަށް ދިޔުމަށް އަވަސްވެގަތް ނަމަވެސް، އާދަކާދައާ އެއްގޮތަށް އޭނާ މަޑުކޮށްލިއެވެ. އަމީނާގެ މައިންބަފައިންނާއި އާއިލާގެ މީހުން އައިސް އަޝްރަފާއި އޭނާގެ އާއިލާއަށް މަރުހަބާ ކިޔައި، އިސްތިޤުބާލު ކުރިއެވެ.
އެރޭ ރަށުގެ ސްކޫލްގެ ހޯލުގައި ކައިވެނީގެ ރަސްމިއްޔާތު ބޭއްވުނެވެ.  މުޅި ހޯލު ވަނީ ކުލަބޮކިތަކުން ދިއްލާލާފައެވެ. އަޝްރަފާއި އަމީނާ އެ ހަފްލާއަށް އަންނަމުން ދިޔަ މެހެމާނުންނާއި ސަލާމް ކުރަމުން ދިޔައެވެ. ސަލީމާއި އޭނަގެ އަންހެނުން އަދި ދޮންއާދަނު ބައިވެރިވީ ހާއްސަ މެހެމާނުންގެ ގޮތުގައެވެ. ނަމަވެސް އެހަފްލާއިން ސިއްތި ނުފެނުމަކީ އަޝްރަފް ވަރަށް ދެރަވި ކަމެކެވެ. ކައިވެނީގެ ރަސްމިއްޔާތު ނިމިގެން ދިޔައީ ވަރަށް އުފާވެރިކޮށެވެ. ގާތްގަނޑަކަށް ބާރަ ޖަހަން ގާތްވެފައި ހުއްޓާ އެހަފްލާ ނިންމާލިއެވެ. ކައިވެނީގެ ރަސްމިއްޔާތު ނިމުމާއެކު، ދެ އާއިލާގެ މީހުންނާއި ރަށުގެ އެހެން މީހުން ވެސް އެ ދެމަފިރިންނަށް ހެޔޮ ދުޢާކުރިއެވެ.

"އަމީނާ، އަހަރެން ކަމަނާއަށް އެހާ ގިނަ ދުވަހު އިންތިޒާރުކުރީ މިއަދު މި ވަގުތު އަންނާނެކަން އެނގޭތީ. އަހަރެންގެ ހިތުގައި ކަމަނާއަށްޓަކައި އޮތް ލޯބި ދުވަހަކުވެސް ކުޑައެއް ނުވާނެ. އަހަރެމެންގެ ދިރިއުޅުން އަބަދުވެސް އުފާވެރި ވާނެކަމުގެ ޔަޤީންކަން އަހަރެންގެ ހިތުގައި އެބައޮތް" އަޝްރަފް އަމީނާގެ އަތުގައި ހިފަހައްޓާލަމުން ބުންޏެވެ.

"އަޝްރަފް، އަހަރެން ވެސް މި ލޯބި ލިބޭނެ ދުވަހަކަށް އެތައް ދުވަހެއް ވަންދެން އިންތިޒާރު ކުރިން. މިއަދު އަހަރެމެން ދެމީހުން މިވަނީ އެކަން ކާމިޔާބުވެފައި. އަހަރެމެންގެ ލޯބި އަބަދުވެސް ދެމިއޮންނާނެ. އިރާދަކުރެއްވިއްޔާ އަހަރެމެންގެ ދިރިއުޅުން ވާނީ ބާއްޖަވެރި ދިރިއުޅުމަކަށް" އަމީނާ ވެސް އަޝްރަފްގެ އަތުގައި ހިފަހައްޓާލަމުން ބުންޏެވެ.

އަޝްރަފާއި އަމީނާގެ ދިރިއުޅުން ފެށިގެން ދިޔައީ އުފާވެރިކަމާއި ލޯތްބާއެކުގައެވެ. އެމީހުންގެ ގެޔަކީ ހިތްހަމަޖެހުމާއި އޯގާތެރިކަމުގެ ނަމޫނާއަކަށް ވިއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އެމީހުންގެ ލޯބި އިތުރަށް ވަރުގަދަވަމުން ދިޔައެވެ. ކައިވެންޏަށްފަހު އަޝްރަފް އުޅުނީ އަމީނާގެ ގޭގައެވެ.

ހަވީރުގެ ހަތަރެއް ޖެހިއިރު، އަޝްރަފްގެ ކައިވެނީގެ ހަފްލާގައި ބައިވެރިވާން އައި އާއިލާގެ މީހުން ރަށަށް ފުރަން ބަނދަރުމައްޗަށް އެއްވެ ތިއްބެވެ. އަޝްރަފް އާއި އަމީނާވެސް އެމީހުންނާއި އެކީ އުޅުނެވެ. ބަނދަރުމަތީގައި އެއްވެފައިވާ މީހުންގެ ތެރޭގައި އަޝްރަފްގެ މަންމަ އަދި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ހިމެނެއެވެ. އަމީނާގެ އާއިލާގެ މީހުންވެސް އެތަނުގައި ތިއްބެވެ.

"ދަރިފުޅާ، ތިޔަ ދެމަފިރިން އަބަދުވެސް އެކަކު އަނެކަކަށް އޯގާތެރިވާތި. ލޯބި ދަމަހައްޓާތި" އަޝްރަފްގެ މަންމަ، އަމީނާގެ އަތުގައި ބޮސްދެމުން ބުންޏެވެ. މިހާރު، ބަނދަރުމަތީގައި ތިބެ، އަޝްރަފް އާއި އަމީނާ އަޝްރަފްގެ އާއިލާއާ ވަކިވަމުން ދިޔައެވެ.

އަޝްރަފް އާއި އަމީނާ، އެ ދެމީހުންގެ އާއިލާއަށް 'ބައި ބައި' ކިޔަމުން ދިޔައިރު، އެ ދެމީހުންގެ ލޮލުގައި ކަރުނަ އަންނަމުން ދިޔައެވެ. ނަމަވެސް، އެ ދެމީހުންގެ މޫނުމަތިން ފެންނަ ހިނިތުންވުމަކީ، އެ ދެމީހުންގެ ހިތުގައި އޮތް ލޯބީގެ ހެއްކެވެ.
"އަހަރެންގެ ލޯބިވާ އަނބިމީހާ، ކަލޭގެ ލޯބި އަހަރެންނަށް ލިބުނީތީ، އަހަރެން މިއަދު ވަރަށް އުފާވެއްޖެ. އަހަރެމެންގެ ލޯބި އަބަދުވެސް މިހެން ދެމިގެންދާނެ" ލޯންޗު ފުރައިގެން ދިޔުމާއެކު، އަޝްރަފް އަމީނާގެ އަތުގައި ހިފައި، އޭނާގެ ލޮލަށް ބަލައި ބުންޏެވެ.

"އަހަރެންގެ ލޯބިވެރި ފިރިމީހާ، އަހަރެންގެ ލޯބި އަބަދުވެސް ލިބޭނެ. އަހަރެމެންގެ ލޯބި ދުވަހަކުވެސް ނިމުމެއް ނާންނާނެ" އަމީނާ ހިނިތުންވެލަމުން ޖަވާބު ދިނެވެ.

އަތިރިމަތީގައި ހިނގަމުން ދަނިކޮށް، ކުއްލިއަކަށް އަޝްރަފަށް އިވުނީ ބިރުވެރި އަޑެކެވެ. އޭނާ ވަށައިގެން ބަލާލިއިރު، އެއްވެސް އެއްޗެއް ނުފެނުނެވެ. އަމީނާ އަށްވެސް އެ އަޑު އިވުނެވެ. ދެމީހުންވެސް ބިރުން ތުރުތުރު އެޅިއެވެ. އެހެންނަމަވެސް، ދެމީހުން ވެސް ހިތްވަރު ކޮށްލައިގެން ކުރިއަށް ދިޔައެވެ.

އަމީނާގެ ހިތުގެ ވިންދު އަވަސްވެއްޖެއެވެ. އޭނާގެ ނޭވާ ހާސްކަމާއެކު ބާރުވެއްޖެއެވެ. އަޝްރަފްގެ އަތުގައި ބާރަށް ހިފަހައްޓައިގެން އޭނާ ދުވަމުން ދިޔައެވެ. އެ ދެމީހުންނަށް ހީވަނީ ކޮންމެވެސް އެއްޗެއް އެމީހުންގެ ފަހަތުން އަންނަހެނެވެ. އެކަމަކު ފަހަތަށް ބަލާކަށް ކެރޭ މީހަކު ނެތެވެ.

ކުއްލިއަކަށް، އެ މީހަކު އެމީހުންގެ ކުރިމައްޗަށް އައިސް ހުއްޓުއްޓުނެވެ. އޭރު އެމީހުންނަށް ފެނުނީ އެއީ އެމީހުންގެ ރައްޓެހި ސަލީމެވެ.
"ކީއްވެ ތިހާ ބާރަށް ދުވަނީ؟ އަހަރެން ހިތަށްއެރީ މިއަދު ބިރުގަންނަވާލާނީޔޯ" ސަލީމް ހިނިތުންވެލަމުން ބުންޏެވެ.

"ސަލީމް! ތިޔައީ ވަރަށް ނުރައްކާތެރި ކަމެއް" އަމީނާ ހާސްކަމާއެކު ގޮވާލިއެވެ. އޭނާގެ ހިތުގެ ވިންދު އަދިވެސް އަވަސްވެފައި ހުއްޓެވެ.

"އަހަރެމެން ހީކުރީ ކޮންމެވެސް ނުރައްކާތެރި އެއްޗެއް ފަހަތުން އަންނަ ކަމަށް" އަޝްރަފް އިތުރުކޮށްލިއެވެ. އޭނާގެ އަޑުގައި ރުޅިވެރިކަމެއް ވެސް އެކުލެވިގެންވެއެވެ.

"އަހަރެން ވަރަށް މަޢާފަށް އެދެން. ތިޔަ ދެ ރައްޓެހިންނަށް މިހާ ބޮޑަށް ބިރުގަންނުވާލެވުނު ކަމަކަށް" ސަލީމްގެ މޫނުމަތިން ހިނިތުންވުން ފިލައިގެން ދިޔައެވެ.

"މައްސަލައެއް ނެތް ސަލީމް. އެހެނަސް، ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ކުރާއިރު، އޭގެ ނަތީޖާއަކަށް ވެދާނެ ގޮތްތަކާމެދު ވިސްނާލުން މުހިންމު" އަމީނާ ފުން ނޭވާއެއް ލިއެވެ.

= ނުނިމޭ =

+1
0
+1
2
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް