April 30, 2024 07:21
Advertisement

-Advertisement-

އަނގައިން ނުބައިވަސްދުވާތީ ކަންބޮޑުވާނަމަ އެކަމުގެ ހައްލު މިއޮތީ

އަނގައިން ނުބައިވަސްދުވާތީ އެކަމާ ކަންބޮޑުވާ މީހުން އުޅެއެވެ. އެކަމަކު މިކަން ދިމާވާ މައިގަނޑު ސަބަބުތަކަކީ ކޮބައިކަން ނޭނގި ހުރެދާނެއެވެ. މިކަންކަން އަމިއްލައަށް ދެނެގަނެ މިކަމުގެ ސަބަބުން ކައިރީގައި އުޅޭ މީހުންނަށް އުދަގޫވާކަންވެސް އެނގެއެވެ. އެހެންނަމަވެސް ހައްލު ހޯދަން މާބޮޑު ސަމާލުކަމެއް ނުދެވުމާހުރެ މިކަމުން އަރައިގަންނަން އުދަގޫވެއެވެ. ބައެއްފަހަރު ރައްޓެހިން ނުވަތަ އެކުގައި އުޅޭ މީހުން މިކަހަލަ މީހުން އެކަހެރިކޮށްވެސް ހަދައެވެ. މީގެ ތެރޭގައި ތިމާއަށް ތިމާގެ އަމިއްލަ އަނގައިން ނުބައިވަސްދުވާކަން ނޭނގި ވެސް ހުރެއެވެ. ގިނަފަހަރަށް ވާގޮތަކީ ރައްޓެހިންނަށް މިކަހަލަ ވާހަކަ ބުނަން ނުކެރުމެވެ.. އެފަދަމީހުން ލަދުގަނެފާނެ ކަމަށް ވިސްނައި މިކަންކަމާމެދު ވާހަކަ ނުދައްކާނަމަ މިކަމަށް ހޭލުންތެރިކަން އިތުރުވާ މިންވަރުވެސް މަދުވެގެންދެއެވެ. އާއްމުކޮށް ބައެއް މީހުންނަށް ނޭނގިވެސް އަނގައިން ނުބައިވަސް ދުވައެވެ. މީގެ މައިގަނޑު ސަބަބުތަކަކީ ކޮބައިތޯ ބަލާލާނަމެވެ.

ބައެއްކަހަލަ ކާއެއްޗެހިން

އާއްމުގޮތެއްގައި ގިނައިން ލޮނުމެދު ނުވަތަ ފިޔާ ކަހަލަ ކާއެއްޗެހި ކާނަމަ އާދަޔާޚިލާފަށް އަނގައިން ނުބައިވަސްދުވައެވެ. މީގެ އިތުރުން ބޮޑަށް މިކަން ފާހަގަވާނީ މިފަދަ އެއްޗެހި ކެއުމަށްފަހު ރަނގަޅަށް އަނގަތެރެ ސާފު ނުކުރާނަމައެވެ. އަދި މީގެ ސަބަބުން އަނގައިގެ ތެރޭގައި ހުންނަ ވަސް ގައިގަވެސް ހަރުލާފައި ހުރެއެވެ. މި ވަސް ގިނައިރުވުމުން ވަރަށް ބޮޑަށް ވަސްގަދަވެފައި ވަސްނުބައިވެއެވެ.

Advertisement

ގަވާއިދުން ދަތް ސާފުނުކުރާނަމަ

އާއްމުގޮތެއްގައި ގަވާއިދުން ދަތްތައް ސާފު ނުކުރާނަމަ ދަތުގައި ހަރުލާފައި ހުންނަ ކާއެއްޗެހި ގިނައިރު ހުރުމަށްފަހު އެއެއްޗެހީގައި ބެކްޓީރިއާ އުފެދެއެވެ. މީގެ ސަބަބުން އަނގައިން ނުބައިވަސް ދުވުމުގެ ފުރުސަތު މަގުފަހިވެއެވެ. މީގެ އިތުރުން ހިރުގަނޑުގައި މައްސަލަ ހުންނަނަމަވެސް ވަސްދުވަން މެދުވެރިވެއެވެ. ދޭތެރެއަކުން ދަތުގެ ފަރުވާ ހޯދާލައި ދަތުގައި ހަރުލާފައި ހުންނަ ކޮބަޑި ސާފުކޮށްލުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން

އާއްމުކޮށް ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އަނގައިގެ ތެރޭގައި ނުބައިވަސް ދުވަންފަށައެވެ. ދުންފަތުގައި އެހުންނަ ވަސް ގިނައިރުވުމުން ވަސް ނުބައިވެ ކައިރީގައި އުޅޭ މީހުންނަށް މިކަމުގެ ސަބަބުން އުދަގޫތަކެއް މެދުވެރިވެއެވެ. ދުންފަތުގެ އިސްތިއުމާލުގެ ސަބަބުން ކެމިކަލްސް އުފެދި ނުބައިވަސް ދުވަންވެސް މެދުވެރިވެއެވެ.

މާގިނައިރު އަނގަތެރެ ހިކިފައި ހުރުން

މާގިނައިރު އަނގަތެރެ ހިކިފައި ހުންނަނަމަ އަނގައިގެތެރޭގައި ނުބައިވަސްދުވަން މެދުވެރިވެއެވެ. އެގޮތަށް ގިނައިރު ހުންނަނަމަ ފެންބުއިން ނުވަތަ 'މައުތު ވޮޝް' ބޭނުންކުރުންވެސް އެދެވިގެންވެއެވެ. އާއްމުކޮށް ހެނދުނު ގަޑީގައި އަނގައިގެ އެތެރެ ހިކިފައި ހުންނަ ކަމަށްވެސް ފާހަގަކުރެވެއެވެ.

 

މައުލޫމާތު: މެޑިސިން. ނެޓް

+1
1
+1
1
+1
0
+1
0
+1
4
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް