ހަންކެޑެ ޓޫރިޒަމް މަޝްރޫޢު ފެށުން: މިއީ އައްޑޫ ރައްޔިތުން ހަގީގަތަކަށް ހަދަން ބޭނުންވާ މަޝްރޫއެއް

އައްޑޫ ސިޓީ އަކީ އާބާދީ ވަރަށް ބޮޑު ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ސިޓީއެކެވެ. ފަތުރުވެރިކަމުގެ ދާއިރާގައި އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ މީހުން މަސައްކަތް ކުރަމުން އަންނައިރު އެ ސިޓީގައި ޓޫރިޒަމް ފުޅާވުމަކީ އަބަދުވެސް ދެކޭ ހުވަފެނެކެވެ. އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަށް ކުރިއަށްގެންދާ ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ބިންގާ އެޅީ ރޭ އައްޑޫ ސިޓީގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރ އަލީ އިހުސާން […]

އަނގައިން ނުބައިވަސްދުވާތީ ކަންބޮޑުވާނަމަ އެކަމުގެ ހައްލު މިއޮތީ

އަނގައިން ނުބައިވަސްދުވާތީ އެކަމާ ކަންބޮޑުވާ މީހުން އުޅެއެވެ. އެކަމަކު މިކަން ދިމާވާ މައިގަނޑު ސަބަބުތަކަކީ ކޮބައިކަން ނޭނގި ހުރެދާނެއެވެ. މިކަންކަން އަމިއްލައަށް ދެނެގަނެ މިކަމުގެ ސަބަބުން ކައިރީގައި އުޅޭ މީހުންނަށް އުދަގޫވާކަންވެސް އެނގެއެވެ. އެހެންނަމަވެސް ހައްލު ހޯދަން މާބޮޑު ސަމާލުކަމެއް ނުދެވުމާހުރެ މިކަމުން އަރައިގަންނަން އުދަގޫވެއެވެ. ބައެއްފަހަރު ރައްޓެހިން ނުވަތަ އެކުގައި އުޅޭ މީހުން މިކަހަލަ މީހުން އެކަހެރިކޮށްވެސް ހަދައެވެ. މީގެ ތެރޭގައި ތިމާއަށް ތިމާގެ އަމިއްލަ އަނގައިން ނުބައިވަސްދުވާކަން ނޭނގި ވެސް ހުރެއެވެ. ގިނަފަހަރަށް ވާގޮތަކީ […]