April 30, 2024 12:08
Advertisement

-Advertisement-

ހަންކެޑެ ޓޫރިޒަމް މަޝްރޫއުގެ ފޮޓޯ: ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން

ހަންކެޑެ ޓޫރިޒަމް މަޝްރޫޢު ފެށުން: މިއީ އައްޑޫ ރައްޔިތުން ހަގީގަތަކަށް ހަދަން ބޭނުންވާ މަޝްރޫއެއް

އައްޑޫ ސިޓީ އަކީ އާބާދީ ވަރަށް ބޮޑު ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ސިޓީއެކެވެ. ފަތުރުވެރިކަމުގެ ދާއިރާގައި އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ މީހުން މަސައްކަތް ކުރަމުން އަންނައިރު އެ ސިޓީގައި ޓޫރިޒަމް ފުޅާވުމަކީ އަބަދުވެސް ދެކޭ ހުވަފެނެކެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަށް ކުރިއަށްގެންދާ ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ބިންގާ އެޅީ ރޭ އައްޑޫ ސިޓީގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރ އަލީ އިހުސާން އެވެ. މިއީ އެ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަށް ފެށި އެންމެ ބޮޑު މަޝްރޫއެވެ.

142.9 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްއޮތް 2 ހަފްތާތެރޭގައި ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

Advertisement

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އިހުސާން ވިދާޅުވިއެވެ. "ކުރުމުއްދަތެއްގެ ތެރޭގައި ޕްރޮޖެކްޓެއް ނިންމާ ޑެލިވަރކޮށް އެތަނުން މަންފާ ލިބޭގޮތަށް ޑިޒައިން ކުރެވިގެން އަންނަ ޕްރޮޖެކްޓަކަށްވުމަކީ ވަރަށް އުފަލާއެކު ބަލައިގަންނަކަމެއް. 2082 އެނދު އެއީ މި ޕްރޮޖެކްޓްގެ ވައުދަކީ. އުފެދިގެން މިއަންނަނީ 1986 ސީދާ ވަޒީފާ. އޭގެ އިތުރުން ނުސީދާގޮތެއްގައި 1635 ވަޒީފާ. މިއީ އައްޑޫ ސިޓީގައި މިވަގުތު ވަޒީފާތަކަށް ބޭނުންވެފަތިބި ގިނަ ބޭފުޅުންގެ އެ އުއްމީދަށް ހައްލެއް އަންނާނެ ޕްރޮޖެކްޓެއް".

މި މަޝްރޫޢަކީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާއި ޗައިނާ ނެޝަނަލް އިލެކްޓްރިކް އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެން.އީ.އީ.ސީ) އާއި ދެމެދު ވެފައިވާ އިންޖިނިއަރިންގ ޕްރޮކިއުމަންޓް އަދި ކޮންސްޓްރަކްޝަން އެއްބަސްވުމުގެ ދަށުން ތަރައްގީކުރާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ހެދުމަށް ހަމަޖެހިފައިވާ ހޮޓަލުގެތެރޭގައި 2 ގްރޭންޑް، 2 ޑިލަކްސް، 10 ބުޓީކް ހޮޓެލްގެ އިތުރަށް 64 ސަރވިސް އެޕާޓްމަންޓާއި 7 ބީޗް ވިލާ ހިމެނެއެވެ.

މި މަޝްރޫޢު ނިމިގެންދާއިރު މި ސަރަހައްދު ވާނީ ފަތުރުވެރިކަމުގެ އެންމެ ޒަމާނީ ފެންވަރުގެ ސަރަހައްދަކަށެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް