April 28, 2024 00:33
Advertisement

-Advertisement-

7 ގަޑިއިރުގެ ދަތުރު 2 ގަޑިއިރަށް ކުރުވެ ފުރަތަމަ ފަހަރަށް ދިވެހި އުމްރާވެރިން ހައިސްޕީޑް ރޭލުގައި!

އުމްރާގެ އަޅުކަން އަދާކުރަން މާތްވެގެންވާ މައްކާއަށް ދަތުރުކުރާ ޢުމްރާވެރިންގެ އެއް ކަންބޮޑުވުމަކީ މައްކާއިން މަދީނާ އަށް ކުރަންޖެހޭ ދަތުރު ދިގުވުމެވެ. އުމްރާގެ އަޅުކަން އަދާކުރާ ދިވެހީންނަށް ލިބުނު ހިތްހަމަޖެހުމަކީ ކުރިން ތަކުލީފު އުފުލި މިދަތުރަށް ލުއި ގޮތެއް ހޯދައިދެވުމެވެ.

ހައި ސްޕީޑް ރޭލު ބޭނުންކުރަން ފެށުމުން ކުރިން 7 ގަޑިއިރުން ކުރި ދަތުރު 2 ގަޑިއިރަށް ކުރުވެފައިވާކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޝަކީލު ވިދާޅުވިއެވެ. "އުމްރާގެ މާތް އަޅުކަން އަދާ ކުރަމުންދާ ފަރާތްތަކުން އުފުލަންޖެހޭ ތަކުލީފުތަކަށް ވީހާވެސް ލުއިގޮތްތަކެއް ހަމަޖައްސައި ދެއްވުމަށް ރައީސް ޑރ.މުޢިއްޒު ދެއްވާފައިވާ އިރުޝާދާއި ގުޅިގެން މީގެ ކުރިން 7 ގަޑި އިރުން ބަހުގައި މައްކާއިން މަދީނާއަށް ކުރަމުން އައި ތަކުލީފު ބޮޑު ދަތުރު ނިމުމަކަށް ގެނެސް ހައި ސްޕީޑް ޓްރެއިންގެ ޚިދުމަތާއެކު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި ރަމަޟާންމަހު އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ ފަރާތްތަކުން ފުރަތަމަ ފަހަރަށް ހައިސްޕީޑް ޓްރެއިންގައި މައްކާއިން މަދީނާއަށް ދަނީ ދަތުރުކުރަމުން. މިއީ 2 ގަޑިއިރުގެ ކުރު ދަތުރެއް".

Advertisement

މި ރަމަޟާންމަހު ދަތުރުތަކަށް މި ލިބުނު ފަސޭހައާއެކު ޢުމްރާވެރިން ތިބީ ހިތްހަމަޖެހިފައެވެ. މައްކާއާއި މަދީނާ އާއި ދެމެދު ދަތުރުކުރާ ހައިސްޕީޑް ރޭލުތަކަކީ ޖާގަ ތަނަވަސް ޒަމާނީ ފެންވަރުގެ ރޭލެވެ. ކުރިން މައްކާއިން މަދީނާ އަށް ކުރާ ދަތުރު ދިގުވުމުން ޢުމްރާވެރިންނަށް ވަނީ ދަތުރުމަތީގައި ނަމާދު ކުރުމުގެ އިތުރުން ފާޚާނާކުރަން ދަތިވެފައެވެ. އެއީ ޢުމްރާގެ އަޅުކަމަށް ދާ ދުވަސްވަރަކީ މީހުން ގިނަ ދުވަސްވަރަކަށް ވުމުން ތޮއްޖެހިފައިވާ ތަންތަނުގައި ޒަރޫރީ ބޭނުންތަކަށް މަޑުކުރަން ޖެހުމުން ގިނަވަގުތު ހޭދަވެ ދަތިތަކާއި ކުރިމަތިވާތީއެވެ.

+1
0
+1
1
+1
11
+1
0
+1
1
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. Thi train oiy 2022 gaves. Ekamu eyru umra ah dhiya meehaku ein dhaan husha elhumunves ekan nukuri thi cooperation in.

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް