May 13, 2024 23:39
Advertisement

-Advertisement-

ފޮޓޯ: ގްރަމްޔާ އަޔުރްވެޑާ

ހަށިގަނޑުގައި ހުންނަ ރިހުމަށް ގްރަމްޔާ އަޔުރްވެޑާ ކުލިނިކުން ލުޔެއް ހޯދަން ބޭނުންހެއްޔެވެ؟

އުމުރުގެ ކޮންމެވެސް ހިސާބަކުން ގައިގައި ރިއްސުމާއި މައިބަދައިގެ މައްސަލަތަކަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ކުރިމަތިލާންޖެހޭ ސިއްހީ މައްސަލައެކެވެ. މިގޮތަށް ދިމާވާ ތަދުތަކަށް ހައްލު ހޯދުމަށް އޮޕަރޭޝަނަކަށް ދިއުމުގެ ބަދަލުގައި ހަކީމީ ބޭސްވެރިކަމުން ހައްލެއް ލިބޭތޯ މަސައްކަތްކުރެވިދާނެއެވެ. އިންޑިއާގެ ކޮޗިންގައި ހުންނަ ގްރަމްޔާ އަޔުރްވެޑާ އިން މިދެނީ ހަކީމީ ބޭސްވެރިކަމުގެ ފަރުވާތަކެކެވެ. މި ތަނުން ބަލިމީހާއަށް ދިމާވެފައިވާ މައްސަލައަކާ ގުޅޭގޮތަށް، ގުދުރަތީގޮތުން ލިބެންހުންނަ ތަކެތި ބޭނުންކޮށްގެން ތައްޔާރުކުރާ ބޭހުން ފަރުވާ ފޯރުކޮށްދެއެވެ.

އުނަގަނޑުގައި ނުވަތަ ބުރަކަށީގައި ރިއްސުމަށް މެދުވެރިވާ ބައެއް ސަބަބުތައް:

  • މަސްތަކަށް އަންނަ ކުއްލި ބަދަލަކުން މަސްތައް ފަޅައިގެން ދިއުން، ބަރު އެއްޗެހި އުފުލާއިރު އުފުލަންޖެހޭ ގޮތަށް ނުއުފުއްލުން ނުވަތަ މީހާގެ ހަށިގަނޑު ބަހައްޓާ ގޮތަކުން އަރާ ތަދުތައް
  • އިށީނދެ ކޮއްޅަށް އަދި ނިދާއިރު ހަށިގަނޑު ރަނގަޅަށް ނުބެހެއްޓޭނަމަ ގައިގެ މަސްތަކަށް ގެއްލުންވެ، ދާއިމީކޮށް ރިހުމަށް މަގުފަހިވެއެވެ.
  • ބަދަތަކަށް ދިމާވާ ކަމެއްގެ ސަބަބުން މައިބަދައިގެ ނާރުތައް ފިތޭގޮތްވެއެވެ. އެހެންވުމުގެ ސަބަބުން ގަދައަށް ރިއްސުމާއެކު ތުރުތުރު އެޅުން ފަދަ ކަންކަން މެދުވެރިވެއެވެ.
  • އާތުރައިޓިސް ފަދަ ބަލިތަކުގެ ސަބަބުން މައިބަދައިގެ ނާރުތައް ފިތި މައިބަދައިގެ ނާރުތަކަށް ޕްރެޝަރު ކުރިމަތިވެ، ބުރަކަށީގައި ރިއްސުމާއި އުނދަގޫވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.
  • ކަށިގަނޑުގައި ކާޓިލޭޖް މަދުވުމުގެ ސަބަބުން އޮސްޓިއޯއާތުރައިޓިސް އުފެދި، ކަށިހަރުވުމާއި ބުރަކަށީގެ މަސްތަކުގައި ރިއްސުން މެދުވެރިވެއެވެ.
  • ބަދަތައް ނުކުތުމުގެ ސަބަބުން މައިބަދައިގެ ނާރުތައް ފިތި، ބުރަކަށީގައި ރިއްސުމާއެކު ފައި އައްސިވެއެވެ.
  • ކަށިތަކުގައި ހުންނަ މަސްތަކުގެ ބާރު ދެރަވުމުގެ ސަބަބުން ރީއްޗަށް ނުހުރެވުމާއެކު ބުރަކަށީގައި ރިއްސުން ހިމެނެއެވެ.
  • ބަރުދަން އިތުރުވުމުގެ ސަބަބުން ބުރަކަށީގައި ރިއްސުމާއި އެހެނިހެން މަސްތަކާއި ގުޅޭ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެއެވެ.
  • ގަވާއިދުން ކަސްރަތު ނުކުރުމަކީ ގައިގެ މަސްތައް ބަލިކަށިވެ، ބަރުހެލިވުމާއެކު ބުރަކަށީގައި ރިހުން ބޮޑުވުމަށް ދިމާވާ އެއްސަބަބެވެ.

މިދެންނެވި ސަބަބުތަކުގެ ތެރެއިން ކޮންމެވެސް ސަބަބަކާހުރެ ރިހުން އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ހަރުދަނާ ފިޔަވަޅުތަކާއެކު މިފަދަ މައްސަލަތަކަށް ފަރުވާ ހޯދިދާނެއެވެ. އަޔުރްވެޑާ ހޯލިސްޓިކް އަކީ ގުދުރަތީގޮތުން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން ތަދުތަކަށް ދެވޭ ފަރުވާއެކެވެ.

Advertisement
  1. އޮލެއޭޝަން ތެރަޕީ: އަޔުރްވެޑާ ހާއްސަ ތެލެއް ބޭނުންކޮށްގެން މަސާޖު ކުރުމުން ހަށިގަނޑުގެ ލޭ ދައުރުވުން ރަނގަޅުކޮށް، ރިހުންތައް ފިލުވައިދެއެވެ.
  2. ބެކް ޕެއިން ޑައު ތެރަޕީ: ހޫނު ހާބަލް ތެޔޮ ބޭނުންކޮށްގެން ދެވޭ ތެރަޕީއިން ބުރަކަށީގައި ރިހުން ފިލުވައިދެއެވެ.
  3. ސްވެޓިންގ ތެރަޕީ: ކުޑަކޮށް ހޫނުކޮށް ހުންނަ މިކަމަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ތެޔޮ ފޮތިކޮޅެއް ބޭނުންކޮށްގެން ދެވޭ މިތެރަޕީއިން ގައިގެ މަސްތަކުގައި ބާރު ޖައްސައިދެއެވެ.
  4. ޕައުލްޓިސް ތެރަޕީ: މި އަޔުރްވެޑާ ތެރަޕީގައި ޕައުޑަރ، ގަސްގަހާގެހި، ފޮތިގަނޑެއްގައި ބަނދެގެން ފަރުވާދެއެވެ. ގޯސްވެފައިވާ ބަޔޯ އެލިމެންޓްތައް ފަސޭހަކޮށްދިނުމަށް އެހީތެރިވެދީ އެއާ ގުޅުންހުރި ތަދުތައް ފިލުވައިދެއެވެ.
  5. މެޑިކޭޓެޑް އެނީމާ ތެރަޕީ: މި ތެރަޕީގައި ކޮނޑުގައި ރިއްސުމާއި، ދުޅަވެފައި ހުންނަ ތަންތަނާއި ހުޅުތަކުގެ ރިހުމަށް ފަރުވާ ދެއެވެ.

ގްރަމްޔާ އަޔުރްވެޑާ އިން ލިބެން ހުންނަ އިތުރު ފަރުވާތަކުގެ ތެރޭގައި ހަންގަނޑު ރީތިކޮށް ތާޒާކަންމަތީ ދެމެހެއްޓުމަށް ދޭ ތަފާތު ވައްތަރުގެ ފަރުވާތައް ހިމެނެއެވެ. އަދި އިސްތަށިގަނޑުގެ ތަފާތު ފަރުވާތައްވެސް ހިމެނެއެވެ.

ފަރުވާތަކަށްފަހު ވިސްނަންވީ ކަންކަން

  • ދިގު ދުވުން ނުދުވުން
  • ފިނިކުރި ކާނާއާއި ބުއިންތަކާ ދުރުހެލިވުން
  • ބަރުއެއްޗެހި ނުއުފުލުން
  • ގިނައިރު ކޮއްޅަށް ނުހުރުން
  • ނިދުމަށް ރަނގަޅު ގޮދަޑިއެއް ބޭނުންކުރުން
  • އުސްފައިވާނަށް ނޭރުން

ގައިގަ ރިއްސުމާއި މައިބަދައަށް ދިމާވާ ސީރިއަސް މައްސަލަތަކަށް ކޮޗިންގައި ހުންނަ އަޔުރްވެޑާ ކުލިނިކުގެ ފަރުވާއިން ލުއި ލިބޭ ކަމަށް މިކަން ތަޖުރިބާކުރި ދިވެހީން ވަނީ މި ކުލިނިކުގެ ޔޫޓިއުބް އެކައުންޓުގައި ހިއްސާކޮށްފައިވާ ވީޑިއޯ އިންޓަވިއުތަކުގައި ބުނެފައެވެ. މިފަދަ ކޮންމެ ތަދަކީ އޮޕަރޭޝަން ކުރަންޖެހޭ ތަދެއް ނޫނެވެ. މިތެރަޕީތަކަކީ 3 އާއި 4 ހަފްތާ ވަންދެން ވަކިތަރުތީބަކުން ނަގަންޖޭ ތެރަޕީއެކެވެ. އަދި ޚާއްސަ ތަމްރީނު ލިބިފައިވާ މީހުންގެ ބެލުމުގެދަށުން ފަރުވާ ހޯދުމަކީ އެންމެ ރަނގަޅުގޮތެވެ. މިތަނުގެ ފަރުވާތަކަކީ ބަލިމީހާގެ ބަލި ދެނެގަނެ އެބައްޔަކަށް ޚާއްޞަކޮށްގެން ބަލިމީހާއަށް އެންމެ ފަސޭހަވާނެގޮތަކަށް ރާވާލައިގެން ދެވޭ ތެރަޕީތަކެވެ. މުވައްޒަފުންގެ ފުރިހަމަ އެހީތެރިކަމާއެކު ފެންވަރު ރަނގަޅު ފަރުވާގެ ޚިދުމަތް ކުރެވެއެވެ.

" ތަދުވަނީ ހެއްޔެވެ؟ އަޅުގަނޑުމެންގެ ޚާއްޞަ ތެރަޕީތަކުން ފަރުވާ ހޯއްދަވާށެވެ. ރަނގަޅު ފެންވަރުގެ ފަރުވާއާއެކު ﷲ ގެ އިރާދަފުޅުން ފަސޭހަވެ ކުރިން އުޅުނު ދިރިއުޅުމަށް ވާސިލުވުމަށް މަގުފަހިކުރުމަށް މިތަނަށް ވަޑައިގެން އަޅުގަނޑުމެންގެ ފަރުވާގެ ތަޖުރިބާކޮށްލައްވާ". ގްރަމްޔާ އަޔުރްވެޑާ އިން ފާހަގަކުރިއެވެ.

ގިނައަދަދެއްގެ ދިވެހިން ބޭސްފަރުވާއަށްދާ އިންޑިއާގެ ކޮޗިންގައި ހުންނަ ގްރަމްޔާ އަޔުރްވެޑާ އިން ފޯރުކޮށްދޭ ފަރުވާތަކާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް މި ކުލިނިކުގެ ވެބްސައިޓް www.gramyaayurveda.com އަދި ވަޓްސްއަޕް މެދުވެރިކޮށް 00919188301000 މި ނަންބަރަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން މައުލޫމާތު ސާފުކުރެވިދާނެއެވެ.

+1
1
+1
0
+1
4
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް