May 16, 2024 03:39
Advertisement

-Advertisement-

އޮފީސް މާހައުލުގައި މުވައްޒަފުން ތަފާތު ނުކުރަމާ!

މަސައްކަތުގެ މާހައުލުގައި އުޅޭއިރު އެކަކުއަނެކަކާ ޖައްސާލައި އެކަކަށްވުރެ އަނެކަކު ކުރިއަރަން މަސައްކަތް ކުރުމުގެ ވާދަވެރިކަން ވަރަށް ބޮޑަށް އޮވެއެވެ. މިކަހަލަ ކަންކަމާހެދި މުވައްޒަފުންގެ މެދުގައި ފިތުނަފަސާދަ އުފެދި ބައިބައިވުންތައްވެސް އޮވެއެވެ. މިކަމުގެ ސަބަބުން މަސައްކަތަށް ބުރޫއަރާގޮތްވެއެވެ. ބައެއްފަހަރު އެކަކު އަނެކަކަށް ޖެއްސުމަށް މަސައްކަތްތައް ނުކޮށްވެސް ބަހައްޓައެވެ. އޮފީސް މާހައުލުގައި ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން ބޮޑެތި މައްސަލަތައްޖެހި މުވައްޒަފުން ވަކިވާ ހިސާބަށްވެސް ދެއެވެ. އޮފީހަކީ ދެވަނަ ގެ ކަމުގައި ހަދަން ޖެހެއެވެ. އެކުވެރިކަމާއި ލޯބިން ފުރިގެންވާ ތަނަކަށް ހެދުމަށްޓަކައި މަސައްކަތް ކުރަންޖެހެއެވެ. ހެނދުނުގަޑީގައި އޮފީހަށް ވަދެގެން އަންނައިރު ސަލާމް ގޮވާލައި ކިހިނެއްތޯ އަހާލުމުގެ ރީތި އާދަކާދަ ދެމެހެއްޓުން އެއީ ވަރަށްވެސް މުހިއްމު ކަމެކެވެ. ޚާއްސަކޮށް މީހަކު ބަލިވެގެން ނާންނަ ކަމުގައިވަނީނަމަ އެމީހަކަށް ގުޅައި ހާލު ބަލާލައި ދިމާވެގެން އުޅެނީ ކޮންކަަލަ މައްސަލައެއްތޯ އަހާލުންވެސް ވަރަށް މުހިއްމުވާނެއެވެ.  އެކަކު އަނެކެއްގެ އިހްސާސްތައް ދެނެގަނެ އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު އާލާކުރަންވާނެއެވެ. މިކަހަލަ ރީތި މަންޒަރުތަކަކީ މިހާރަކަށް އައިސް ނެތެމުންދާ މަންޒަރުތަކެވެ. މިއީ އަހަރުމެންގެ ކާބަފައިން އަހަރުމެންނަށް ދަސްކޮށްދެއްވި ރީތި އާދަކާދަތަކެވެ. މީގެ އިތުރުންވެސް ބައެއް މީހުންނަކީ އެމީހުންގެ ޒާތުގައި އަލަށް ދަންނަ މީހުންނާ އެހާ ބޮޑަށް އެކުގައި އުޅެން ފަސޭހަ ބަޔަކަށް ނުވެއެވެ. މިގޮތަށް ދިމާވަނީ އަލަށް އޮފީހަށް ވަންނަ ކުއްޖެއްނަމައެވެ. ގިނަ ދުވަހު އެކުގައި މަސައްކަތްކުރުމުގެ ސަބަބުން އުފެދެންޖެހޭ ލޯތްބާއި އިތުބާރު ނޯންނަނަމަ އެއީ ވަރަށް ދެރަވެ ހިތާމަ ކުރަންޖެހޭ ކަމެކެވެ. ބައެއް މީހުން ދެކޭ ގޮތުގައި މާބޮޑަށް އެކުވެރިވެ ހަޔާތުގައި ދިމާވާ ވާހަކަތައް ކިޔާދިނުމަކީވެސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އޮފީސް މާހައުލުގައި ވަކިބަޔަކު ބާކީކޮށް ކަންކަން ރޭވުންކަހަލަ ކަންކަމަކީވެސް މުވައްޒަފުން މަސައްކަތަށް އަންނަން ފޫހިވާނެ ކަމެކެވެ. މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް މަސައްކަތުގެ މާހައުލު ރަނގަޅު ތަނަކަށް ހަދަން ބޭނުންނަމަ މިކަންކަމަށް ސަމާލުކަން ދިނުން މުހިއްމެވެ.

އޮފީހުގެ ބޮޑެތި ކަންކަމުގައި އެންމެންގެ މަޝްވަރާ ހޯދުން

އޮފީސް އެންމެން ބައިވެރިވާ ކަހަލަ ކަމެއްނަމަ އޮފީހުގެ އެންމެންގެ މަޝްވަރާ ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިސާލަކަށް "ވާރކްފްލޯ" އަށް ގެންނަ ބަދަލުތައް، ވަކި ޚާއްސަ ދުވަސްތަކުގައި ބާއްވާ އިވެންޓްތަކާއި މެދު ޚިޔާލު ހޯދުން ކަހަލަ ކަންކަމުގައި އެންމެންވެސް ބައިވެރިކޮށްގެން ސަރވޭ ފޯމެއް ކަަހަލަ އެއްޗެއް ފުރުން ވަރަށް މުހިއްމެވެ.

Advertisement

އޮފީހުގެ މުވައްޒަފުންގެ ޚާއްސަ ދުވަސްތައް ފާހަގަކުރުން

ކޮންމެ މުވައްޒަފެއްގެ އުފަންދުވަސް ނުވަތަ ގްރެޖުއޭޓުވުން ފަދަ އެމުވައްޒަފަކަށް އަންނަ ޚާއްސަ ދުވަސްތައް އެކުގައި ފާހަގަކުރަން ރާވާށެވެ. އެންމެން ޗަންދާ ނަގައިގެން ކޭކެއް ފަޅާލައި ކުޑަ ހަދިޔާއެއް ގަނެލަންވާނެއެވެ. މިއީ ކޮންމެ މީހެއްގެ ހަޔާތުގައިވެސް އަންނަ އުފާވެރި ދުވަސްތަކެކެވެ.

އެންމެން އެކުގައި ދަތުރު ދިއުން ނުވަތަ ކުޅިވަރު ކުޅުން

އޮފީހުގެ އަހަރީ ދުވަސް ކަހަލަ ދުވަސްތަކުގައި ދަތުރު ދިއުން ނުވަތަ ކުޅިވަރެއް ކުޅެން ރާވާލުން ވަރަށް ސަޅިވާނެއެވެ. މީގެ ބަދަލުގައި މުބާރާތެއްވެސް ސަޅިވާނެއެވެ. އެންމެންގެ އެކުވެރިކަން ބަދަހިވެ އުފާވެރިކަން ގެނެސްދޭނެކަން ޔަގީނެވެ.

+1
0
+1
0
+1
5
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް