May 12, 2024 02:43
Advertisement

-Advertisement-

މާބޮޑަށް އެކަނިވެރިވަނީތަ؟ މިކަންކަން ކުރުމަށް ވިސްނާލިންތަ؟

އެކަނިވެރިކަން އިހްސާސްވާނަމަ މާޔޫސްވާން ދިމާވެއެވެ. މިގޮތަށް ދިމާވުމުން މީހާ ނަފްސާނީގޮތުން ބަލިކަށިވެއެވެ. މާބޮޑަށް ކަންކަމާއި ފިކުރުބޮޑުވެެއެވެ. ތިމާއަކީ ބޭކާރު މީހެއް ކަމުގައިވެސް ދެކެވެން ފަށައެވެ. އަބަދު ފޫހިވެފައި ހުރެވެއެވެ. މީހުންނާއި ވާހަކަ ދެއްކުން މަދުވެ ކާހިތްނުވުން ކަހަލަ ކަންތައްތައްވެސް ދިމާވެއެވެ. މިހެން ދިމާވާ ސަބަބުތަކެއްވެސް ހުރެއެވެ. މިހެން ދިމާވުމުގެ ކުރިން މިކަމާމެދު ވިސްނައި މިކަމަށް ހައްލެއް ހޯދުމަށް ސަމާލުކަން ދިނުން ވަރަށް މުހިއްމެވެ. މިގޮތުން މިކަންކަމުން އަރައިގަތުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލާލުން މުހިއްމެވެ.

ގަޔާވާ ކަހަލަ މަސައްކަތެއްގައި މަސްއޫލުވެއުޅުން

ތިމާ އެންމެ ކުރާ ހިތްވަނީ ކޮންކަމެއްތޯ ބަލައި އެކަމަކަށް ޝައުގުވެރިކަން އިތުރުވާނެ ކަހަލަ ކަންކަން ކުރުން މުހިއްމެވެ. މިސާލަކަށް ތިމާއަކީ ކުރެހުމުގެ ޝައުގުވެރިކަމެއް ހުންނަ މީހެއްނަމަ އެކަހަލަ ކަންކަން ކުރުމުގައި ހުސްވަގުތު ހޭދަކުރާށެވެ. އާރޓް ކްލާހަކަށް ގޮސްގެން އެކުލާހުގައި ބައިވެރިވެގެން އިތުރަށް ދަސްކުރުމުގެ ޝައުގުވެރިކަން ހުރިނަމަ އެކަންކަންވެސް ކުރާށެވެ. ކުރެހުމަކީ ސިކުނޑިއަށް ލުއިކަން ގެނެސްދޭ ކަހަލަ މަސައްކަތެއްވެސް މެއެވެ. ތިމާއަކީ ކިހާ ކްރިއޭޓިވް މީހެއްކަން އަމިއްލައަށް އިހްސާސްވެ ތިމާގެ އަގު ތިމާ އަމިއްލައަށް ވަޒަން ކުރެވޭނެއެވެ. ހަމަ މިގޮތަށް ކެއްކުމަކީވެސް މިކަހަލަ މަސައްކަތެކެވެ. ކައްކާ ހިތްވާ މީހެއްނަމަ ޔޫޓިއުބު ބަލައިގެން ނުވަތަ ކައްކާ ކްލާހަކަށް ގޮސްގެން ނަމަވެސް މިކަން އިތުރަށް ފުޅާކުރަން މަސައްކަތްކުރާށެވެ. އެހެން މީހުންނަށް ތިމާ ކައްކާ އެއްޗެއްގެ ރަހަ އެނގުމުން އެކަމާމެދު ތައުރީފުގެ ބަސްތައް އަޑުއިވުމުން އެކުރެވޭ އިހުސާސްތަކަކީ ބުނެދޭންވެސް ނޭނގޭ ކަހަލަ އިހްސާސްތަކެކެވެ.

Advertisement

ތިމާގެ އިހްސާސްތައް ބޭރުކުރުން

ހިތަށް އަރާ ވާހަކަ އެކިގޮތްގޮތުން ބޭރުކުރެވިދާނެއެވެ. އިހްސާސްތައް ކިޔާލަދޭނެ މީހެއް ނެތްނަމަ 'ޖާނަލްއެއް' ގޮތަށް ފޮތެއްގައި ލިޔެލާށެވެ. ތިބާގެ ހިތުގައި އުފެދިފައިވާ ހުރިހާ އިހްސާސްތަކެއް ބޭރުކޮށްލެވުމުން ސިކުނޑިއަށް ލުއިކަން ލިބޭނެކަން ގައިމެވެ. ތިބާގެ ހަޔާތާއި ގުޅޭގޮތުން ވާހަކައެއްގެ ސިފަިއގައިނަމަވެސް ލިޔެލާށެވެ.

ހިތްހަމަޖެހޭ ކަހަލަ ތަނަކަށް ދަތުރެއް ދިއުން

ތިބާ އެންމެ ބޭނުންވާ ގައުމަކަށް ޓްރެވެލްކޮށްލާ ރީތި ފޮޓޯކޮޅެއް ނަގާލާއި އިސްޓަގްރާމްކޮށްލާ ނުވަތަ ބްލޮގެއް ހަދާލެވިދާނެއެވެ. މާދުރުތަނަކަށް ދާނެ ފައިސާ ނެތްނަމަ ކައިރިތަނަކަށް ނުވަތަ ރަށުތެރޭގައި ހުންނަ ރީތި ތަންތަން ބަލައިގެން އެތަންތަނުގެ ފޮޓޯވެސް ނަގާލެވިދާނެއެވެ.

ގާތްމީހަކަަށް ވާހަކަތައް ކިޔާލަދިނުން

ތިމާއަށް އެންމެ އިތުބާރު ކުރެވެނީ ކާކުތޯ ބަލައި އެމީހަކަށް ހުރިހާ ވާހަކައެއް ކިޔާލަދޭށެވެ.. ދެރަވާ ކަމެއްނަމަ ނުވަތަ އުފާވާ ކަމެއްނަމަވެސް ހެވެވެ. ހިތް ފުރެންދެން ރޯލަން ބޭނުންނަމަ އެކަންވެސް ކޮށްލާށެވެ.

ހިލޭސާބަހަށްކުރާ މަސައްކަތެއްގައި ބައިވެރިވުން

ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއްގައި ބައިވެރިވެ އެމީހުންނާއެކު މަސައްކަތްތަކުގައި ބައިވެރިވާށެވެ. ގިނަ މީހުންނާއެކު އުޅުމުން ތަފާތު ގިނަ ކަންތައްތައް ދަސްވެ އެކަނިވެރިކަންވެސް ފިލާދެއެވެ.

 

މައުލޫމާތު: ޔަންގްމައިންޑްސް

+1
0
+1
0
+1
3
+1
0
+1
1
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް