Advertisement
header ad
XeeTimesXeeTimes
މައުލޫމާތު: ދުނިޔޭގައި ހުރި އެންމެ ބޮޑު ގަސް ތާރީޚް

މައުލޫމާތު: ދުނިޔޭގައި ހުރި އެންމެ ބޮޑު ގަސް

ޖެނެރަލް ޝެރމަންގެ ނަމުން މަޝްހޫރުވެފައިވާ މި ގަސް ހުންނަނީ ޖަޔަންޓް ފޮރެސްޓްގެ 'ސެކިއުއާ ނެޝަނަލް' ޕާކުގައެވެ. 300 ވަރަކަށް ފޫޓު އުސްމިނުގައި ހުންނަ މިގަހަކީ ދުނިޔޭގައި ހުރި އެންމެ ބޮޑު ގަހުގެ ގޮތުގައި ލިޔުންތަކުގައި ފާހަގަކޮށްފައިވެއެވެ.

މި ގަހުގެ ކޮންމެ ގޮފިގަނޑަކީވެސް އެހާމެ ދިގު ވަކިވަކި ގަސްތަކަށްވުރެ މާބޮޑު ގޮފިތަކެކެވެ.

ނެޝަނަލް ޕާކް ސަރވިސް ވެބްސައިޓްގައި ފާހަގަކޮށްފައިވާގޮތުގައި މިގަހަށް ލަފާކުރެވޭގޮތުގައި 2200 އަހަރު ވެދާނެއެވެ.

Article - in content
Advertisement

1903 ވަނަ އަހަރު ބަފަލޯ ސިފައިން ވަނީ މި ޕާކު ހިމާޔަތްކޮށްފައެވެ. އެމީހުންގެ ލީޑަރު އެއިރުގެ ކެޕްޓަން ޗާލްސް ޔަންގ އަކީ މި ޕާކުގެ ފުރަތަމަ ސްޕްރިންޓެންޑެންޓް އެވެ. އޭނާ ވަނީ ގަހުގެ ތަރިކަ ހިމާޔަތްކުރުމުގެ މަސައްކަތްކޮށް، ގަވާއިދާއި ޚިލާފަށް ގަސް ކެނޑުން ފަދަ ކަންތައްތައް ހުއްޓުވާފައެވެ.

އަލިފާނުން ރައްކާތެރިވުމަށް ފޮއިލް އޮޅާލުމުގެ މަސައްކަތްކުރަނީ

ޖެނެރަލް ޝެރމަން އާއި އެހެނިހެން ބޮޑެތި ގަސްތަކަށް ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް އަލިފާން ރޯވުމުގެ ނުރައްކަލާއި ކުރިމަތިވެއެވެ. ފެތުރިގެންދާ އަލިފާންގަނޑުން ރައްކާތެރިކުރުމަށްޓަކައި މިގަހުގެ ވަށައިގެން 10-15 ފޫޓު އުސްމިނަށް އެލްމިނިއަމްވެސް ބައެއްފަހަރަށް އޮޅާލާފައިހުރެއެވެ. މި ފޮއިލްގެ ސަބަބުން ގަހުގެ ކައިރީގައި އަލިފާން ރޯވުމުގެ ފުރުސަތު ކުޑަވެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —