May 19, 2024 17:51
Advertisement

-Advertisement-

ތަޢުލީމް: އެންމެ އަގުބޮޑު ހަތިޔާރު

ތަޢުލީމު ހާސިލުކުރުމަކީ ވަކި އުމުރަކަށް ވަކި މީހަކަށް އޮންނަ ކަމެއް ނޫނެވެ. ތަޢުލީމު ހާސިލު ކުރުމަކީ މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން އެމީހަކު ބޭނުންނަމަ ކުރެވިދާނެކަމެކެވެ. އެހެންނަމަވެސް ހަޔާތުގެ ވަކި ހިސާބަކުން ކިޔަވަން ބޭނުންނުވާ މީހުންނާއި ހަޔާތުގެ ވަކި ހިސާބަކުން ކިޔަވަން ބޭނުންވާ މީހުންވެސް އުޅެއެވެ. ހަގީގަތުގައި ބުނާނަމަ ތަޢުލީމު އުނގެނުމުގެ މުހިއްމުކަން ވަރަށްވެސް މުހިއްމެވެ. 

ޅައުމުރުގައި ތަޢުލީމު ހާސިލުކުރުމަށް ފަސޭހަވެގެންދެއެވެ. ޒިންމާތަކާއި އާއިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ ކުރިން ތަޢުލީމު ހާސިލު ކުރުމަށް ވަގުތު ހުސްކުރުން މުހިންމެވެ. ދިރިއުޅުމެއް ފެށުމުން ކޮންމެ މީހަކީވެސް އެމީހެއްގެ ހަޔާތުގައި ބިޒީ މީހަކަށް ބަދަލުވެ ޒިންމާތަކެއް އަދާކުރަންޖެހެއެވެ. މިހުރިހާ ސަބަބުތަކަށްޓަކައި ޅައުމުރުގައި ތައުލީމް ހާސިލް ކުރަން ލިބޭ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުން މުހިއްމެވެ. ގައުމެއް ގައުމެއްގެ ގޮތުގައި ކުރިއަރާނީ ތައުލީމީ މީހުންތަކެއް ބިނާކުރެވިގެންކަން ގައިމެވެ. ގިނަ ގައުމުތަކުގައި ތައުލީމު ހާސިލު ކުރުން ހިލޭ އޮތުމުގެ މަގުސަދަކީވެސް އެގައުމަށް ފައިދާ ހޯދައިދިނުމުގެ ބޭނުމުގައެވެ.

ތަޢުލީމް ހާސިލުކުރުމުގެ ސަބަބުން ދުނިޔެއަށް މީހާ ލޯހުޅުވި ހަޔާތުގައި ދިމާވާ ކަންކަން އަމިއްލައަށް ހައްލުކުރަން ދަސްވެއެވެ. މިޒަމާނުގައި އެއްވެސް ތަޢުލީމެއް ނެތި އުޅެންވެއްޖެނަމަ އެމީހާ އެވެއްޓެނީ ވަރަށް ބޮޑު އަދިރި ކަމެއްގެ ތެރެއަށެވެ. ތަޖުރިބާގެ އަލީގައި ކަންކަން ކުރުމުގެ ކުޅަދާނަކަން އިންސާނާއަށް ލިބިގެންވެއެވެ. އެހެންނަމަވެސް މިޒަމާނަކީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނަކަށްވެފައި މިހާރު އެންމެ ކުޑަމިނުން ގޭގައި ހުންނަ ކޮމްޕިއުޓަރު ނުވަތަ އަތުގައި އޮންނަ ފޯނުގެ ބޭނުން ނުކޮށް ކަންކަން ކުރެވެން ނުހުރެއެވެ. ހޮސްޕިޓަލަށް ދާންވިޔަސް އަދި ބޭންކަށް ދާންވިޔަސް އެޕޮއިންޓްމެންޓެއް ހަދާލަންޖެހެނީ އޮންލައިންކޮށެވެ. އަހަރުމެން ކާބަފައިންގެ ޒަމާނުގައި މިކަންކަން ނެތްނަމަވެސް މިހާރު ކޮންމެ ކަމަކީވެސް ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކުރެވޭ ކަންކަމެވެ. އޮފީސްތަކުގައިވެސް އީމެއިލް މެދުވެރިކޮށް ނޫނީ ކަންކަން ނުވެއެވެ. ރިމޯޓްކޮށް މަސައްކަތްކުރެވޭ ޒަމާނެއްގައި ތައުލީމީގޮތުން އެނގެންޖެހޭ ވަރަށް ގިނަ ކަންކަން ހުރެއެވެ.

Advertisement

ތައުލީމު ނެތް މީހުންނަކީ މުޖުތަމައުގައި ބާކީވެގެން ހިގައިދާނެ ބައެއް ކަމުގެ ބިރު ހީވާން ފަށައިފިއެވެ. މިހާރަކަށް އައިސް ޓީޗަރުންނަށް ބަލާލާއިރުވެސް އެންމެ ކުޑަމިނުން ޑިގްރީއެއް ނެތްނަމަ އެމީހުންގެ ވަޒީފާއިން ވަކިކުރާތަންވެސް ފެނެއެވެ. މިކަންކަން މިހެން ހުރިއިރު މިޒަމާނުގައި ޑިގްރީ ފެންވަރު ނެތްނަމަ އެމީހަކީ ބޭނުންތެރި މީހެއް ކަމުގައި ނުދެކޭ މީހުންވެސް އުޅެއެވެ. ބައެއް ވަޒީފާތަކަށް ކޮންމެހެންވެސް މުހިންމީ ކިޔަވައިގެންތިބި މީހުންނެވެ.

ރައްޓެއްސަކު ކިޔާދިން ގޮތުގައި އޭނާ އަކީ ވެމްކޯގެ ވަޒީފާގައި އުޅޭ ޒުވާނެކެވެ. އޭނާ ޅައުމުރުގައި ބޭނުންވީ އަވަހަށް މިހަކާއިދެގެން ކުދިން ހޯދާށެވެ. އޭރުގައި ކިޔެވުމަކީ މާމުހިންމު ކަމެއް ކަމަކަށް ނުދެކެއެވެ. މިއަދު ނުކިޔެވުނީތީ ދެރަވެ ހިތާމަ ކުރާކަމަށް ބުނެ އަދި މިއަދު ވަޒީފާ އަދާކޮށްގެން ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭކަމަށް ބުންޏެވެ. އެހެންނަމަވެސް ރަނގަޅު ތަޢުލީމެއް ނެތުމުން އިތުރު މަސައްކަތެއް ކުރެވެންވެސް ނެތީއެވެ. މިއަދުގެ ހާލަތު ހުރިގޮތުން ކުދިންނަށް ކިޔަވާދީފައި އޭނައަށް ކިޔަވާނެ ވަގުތެއް ނެތް ކަމަށާއި ނުކިޔެވުނީތީ އެކަމާ ހިތާމަކުރާ ކަމަށް ބުންޏެވެ. އޭނާގެ ނަސޭހަތަކީ ކިޔަވައިގެން ނޫން ގޮތަކަށް ދިރިއުޅުމަކާއި ދޭތެރޭ ނުވިސްނުމެވެ. 

މިޒަމާނަކީ ތަކެތީގެ އަގާއި ދިރިއުޅުމުގެ އަގު އިންތިހާއަށް އުފުލިފައިވާ ޒަމާނެކެވެ. ލިބޭ އެއްޗަކުން ދެކޮޅު ނުޖެހުމާއި ދަރިންނަށް ރަނގަޅު ގޮތްތައް ހޯދައިދިނުމުގައި ދަތިތަކާއި ކުރިމަތިލާންޖެހެއެވެ. ސްކޫލަތުގައިވެސް ހަވާލުކުރާ މަސައްކަތާއި ދަސްކުރަން ހުންނަ ފިލާވަޅުތައްވެސް ގިނަވެ އެކަންކަމުގައި މައިންބަފައިންގެ ހިއްސާ ބޭނުންވެއެވެ. ތިމާއަކީ ތައުލީމެއް ލިބިފައި ނެތް މީހެއްނަމަ ދަރިންނަށް ކިޔަވައިދޭންވެސް އެހީ ނުވެވި ބޭރުން މީހަކު ފައިސާދީފައި ޓިއުޝަން ދިނުމަށް ގެންނަން އެބަޖެހެއެވެ. އެއީވެސް އަނެއް ޚަރަދެވެ. ހަގީގަތުގައި ބުނާނަމަ ބޭކާރު ޚަރަދެކެވެ. މިހުރިހާ ސަބަބުތަކަށްޓަކައި ތަޢުލީމު އުނގެނުމުގެ މުހިންމުކަން ވަރަށްވެސް ބޮޑެވެ. މަތީތަޢުލީމް ލިބިފައިވާނަމަ ރަނގަޅު ވަޒީފާ ލިބި ރަނގަޅު މުސާރަ ލިބުންވެސް ފަހިވެއެވެ. އަދި ތިމާއަށާއި ތިމާގެ ގައުމަށް ރަނގަޅު ޚިދުމަތެއް ކޮށްދެވުމުގެ ޤާބިލުކަންވެސް ލިބިގެންދެއެވެ. ނެލްސަން މަންޑޭލާ ވިދާޅުވަނީ "ދުނިޔޭގައި އެންމެ އަގުބޮޑު ހަތިޔާރަކީ ތިމާގެ ޢިލްމާއި ހިލްމެވެ. އެއީ ތަޢުލީމެވެ".

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް