Advertisement
header ad
XeeTimesXeeTimes
ތާރީޚް: މަކުނުދޫ ކުޑަ މިސްކިތް ތާރީޚް

ތާރީޚް: މަކުނުދޫ ކުޑަ މިސްކިތް

ހދ. މަކުނުދޫ ގައި ހުރި ކުޑަ މިސްކިތަކީ މި ރަށުގައި ހުރި އެންމެ ދުވަސްވީ ބިނާއެވެ. ދިވެހިރާއްޖޭގެ އާސާރީ ތަރިކައިގެ ވަގުތީ ދަފްތަރުގައި ފާހަގަކޮށްފައިވާ ގޮތުން މި މިސްކިތް ބިނާކޮށްފައިވަނީ 26 މާރިޗް 1940 ގައެވެ.

ވެލިގަލުން ހަދާފައިވާ މިމިސްކިތުގައި އުވަޖަހައި އެތެރޭގައި ހުނިލައިފަ ހުރިއިރު މަތިވަޑާންގަނޑު ހަދާފައިވަނީ ހައިވަކަރު ލަކުޑިން ލާފެންނުކޮށެވެ. ފުރާޅުގައި ހުރީ އީޓު ޖަހާފައެވެ.

މި މިސްކިތުގެ ދިގުމިނަކީ 34 ފޫޓު 5 އިންޗިއެވެ. ފުޅާމިނަކީ 16 ފޫޓު 10 އިންޗިއެވެ. މިސްކިތް ދޮރުމަތީގައި ޖަހާފައިވާ ތާރީޚަކީ ހިޖުރައިން 1359 ވަނަ އަހަރުގެ ސަފަރު މަހުގެ 16 ވަނަ ދުވަހެވެ. އެ ތާރީޚަކީ މިސްކިތް ހުޅުވި ނުވަތަ ބިންގާ އެޅި ތާރީޚްކަމެއް ލިޔެފައެއް ނެތެވެ.

Article - in content
Advertisement

ކާސިންކަތީބުގެ ވެރިކަމުގައި ބިނާކުރެވުނު ކަމަށް ލަފާކުރެވޭ މިމިސްކިތުގެ ބޭރުގައި ދިދަ ދަނޑިއެއްވެސް ހަދާފައި ހުރެއެވެ. ރައްޔިތުންގެ އަމިއްލަ ޚަރަދުގައި ބިނާކުރި މިމިސްކިތުގެ ބޮޑު މިނަކީ 1153.17 އަކަފޫޓް އެވެ.  

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

Ibbe 23ޖެނުއަރީ2023

Miskih thakugai thaareekhujahaafaihunnanee miskih hulhuvaathaareekheve

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —