Advertisement
header ad
XeeTimesXeeTimes
ބިރުވެރި ވާހަކަތަކުގެތެރެއިން: ކާޅުގުއިރޭ މަގުގެ ސިއްރު ހާދިސާ

ބިރުވެރި ވާހަކަތަކުގެތެރެއިން: ކާޅުގުއިރޭ މަގުގެ ސިއްރު

މީގެ ފަންސާހަކަށް އަހަރު ކުރީގައި ކާޅުގުއިރޭ މަގަކީ ވަރަށް މަޝްހޫރު ބިރުވެރި މަގެކެވެ. ވަރަށް ގިނަ ބަޔަކު ދަންނަ ނާމާން މަގެކެވެ. އެހެންގޮތެއް ނެތިގެން ނޫނީ ޚާއްސަކޮށް ރޭގަނޑު ގިނަމީހުން އެމަގަކުން ހިނގާބިނގައެއް ނޫޅޭނެއެވެ. ފެނި ކުރިމަތިވާ ހައިރާންކުރުވަނިވި ކަންކަމާހުރެ އެވެ. ބުނެ ކިޔައިދޭގޮތުގައި އެމަގުން ރޭގަނޑު ވަކިދަމެއްގެ ފަހުން ތަފާތު ކަންކަމާ ދިމާވުމަކީ ވަރަށް އާއްމު ކަމެކެވެ.

ސަލްޓަންޕާކުގެ ހުޅަގުން އޮންނަ މިމަގުން ފެނުނުކަމުގައި ކިޔައިދީފައިވާ ކަންކަމުގެ ތެރޭގައި އެންމެ ގިނަކަމަށް ފާހަގަކުރެވެނީ ހުދު ނުވަތަ ކަޅުކުލައިގެ އެތިކޮޅުކޮޅާއި އެތިއެތިގަނޑެވެ. ބައެއްކަހަލަ ދިރޭތަކެތީގެ ތެރޭގައި ބުޅާ، ކާޅު، ވާ އަދި ބަބުރުކުދިންނޭ މިކިޔާ ކަހަލަ ކުޑަކުދިންވެސް ފެންނަކަމުގައި އެކި މީސްމީހުން ބުނެފައިވާކަމަށް ވެއެވެ.

އެކަކު ދުށްކަމުގައި ބުނަނީ ހުދުރުމާލެކެވެ. އޭނާ ހިނގަމުން ދަނިކޮށް ކަންފަތްދޮށުން ވައިއަޅުވާލާފައި ކޮންމެވެސް އެއްޗެއް ދިޔަހެން ހީވެފައި ދެން ފެނުނީ ގުދުވެލާފައި ނެގޭ ހިސާބުގައި ވަޔާއެއްލެމުން ކުޅެމުން ދާހެން ކުރިމަތީ ބިންމަތީގައިދާ ރުމާލެއްކަމަށް ބުންޏެވެ. އޭނާގެ ކުރިން އެއްދުރުމިނެއްގައި އެރުމާ އޭނާއާއިއެކު ވިއްސަކަށްފޫޓަށް އެގޮތަށް ދިޔަކަމަށް ކިޔައިދިނެވެ. އެރެޔަކީ ވައިރޯޅިފަށެއްވެސް ނުވާ ރެއެއްކަމާއި އެމަގުން މިކަހަލަ ކަންކަން ފެންނަ ވާހަކަ އަހާފައި އޮތީތީ އެއީ އެގޮތަށް ފެނުނު އެއްޗެއްކަން ޔަގީނޭ ބުނެދިނެވެ. އޭނާ ދިޔައީ ކޮންމެވެސް ގެއެއްގައި ބައިންދައިގެން އުޅޭތާނގައި ހުރެފައި މެންދަމު ދެގަޑިބައިވެސް ވިފަހުން ބައްތެއްޔަށް ދާށޯލައެވެ. އެމަގުންލާފައި ދެވުނީ އެއްވެސް ފިކުރެއްނެތި މަގު ކުރުކޮށްލަންވެގެން ކަމުގައި ބުނެއެވެ. ކަންފަތްދޮށުން ވައިއަޅުވާލަފައި އެދިޔަ އެއްޗެއް ދިޔުމުން އެމަގުގެ ނާމާންކަމުގެ މަތިން ހަނދާންވި ކަމަށާއި އެކަމަކު އޭރު ދެން މެދަށްވުރެވެސް ބޮޑުބައި ކަޑައްތު ކުރެވިފައިވާތީ ކުރިއަށް ދިޔައީއޭ ކިޔައިދިނެވެ. ރުމާ ފުރޮޅޭތަން ފެނުނީއްސުރެ ބާރަށް ތަކުބީރުކިޔަމުން ވަރަށް ބިރުން ހުރެ ކުރިޔަށްގޮސް ނަސީބަކުން އިތުރު ކަމެއްނުވެ ބައްތެއްޔަށް ދެވުނު ވާހަކަ ކިޔައިދީފައި އޭގެފަހުން އަދި އަދަށްވެސް ރޭގަނޑު ދަންވަރު އެމަގަކުން ނުހިގަމޭ ބުންޏެވެ.

Article - in content
Advertisement

އަނެކަކު ކިޔައިދިނީ އޭނާދުށް ބުޅަލެއްގެ ވާހަކައެވެ. އޭނާ ބުނާގޮތުގައި އެއީ ކަޅުކުލައިގައިއޮތް ފިސާރި ފަލަ ވަރުގަދަ ބުޅަލެކެވެ. ކުރީގެ ވާހަކަ ކިޔައިދިން މީހާ ބުނިހެން އޭނާއަށްވެސް ފުރަތަމަ ހީވީ ކަންފަތްދޮށުގައި އެއްޗެއް އުޅޭހެންނެވެ. މަދިރިއެއް މެއްސެއްގެ އުނދަގުލޭ ހީވެފައި އެއެއްޗެއް ފަހާލަން ދެފަހަރަކު ކަންފަތްދޮށުން އަތްހޫރާލީއެވެ. ދެންހަމަ ކުއްލިއަކަށް ފެނުނީ ކުރިމައްޗަށް ފުންމާލި ބުޅަލެވެ. ސިއްސައިގެންގޮސް ހަޅޭއްވެސް ލަވައިގަނެވުނޭ ބުންޏެވެ. ރަނގަޅަށް ބަލައިލިއިރު އެބުޅާ އޮތީ އޭނާއާއި ކުރިމަތިވާގޮތަށް ދެފައިމައްޗަށް ކޮޅަށް ތެދުވާގޮތަށް ކުރީ ދެމުށްގަނޑު ހިއްލައިގެންނޯލައެވެ. ދެލޯ ފެނުނީ އެތެރޭގައި ދިއްލާފަހުރި ދެބޮކީގެ އަލި ހޮޅިއަކުން ފެންނަކަހަލަ ގޮތަކަށޭ ކިޔައިދިނެވެ. މިމީހާ ބުނާގޮތުގައި އެކަހަލަކަންކަން ދިމާވީމާ ކޮށްލާނެ ކުދިކުދި ކަންކަން އޭނާ ދަނެއެވެ. ވީމާ އެބުޅަލުގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ދެއެއްޗެއް ކިޔަވާލީއެވެ. ހަމަ ކިޔަވާލުމާއެކު ޖެހިގެންހުރި ގޭ ފާރަށް އަރައި އަނެއްފަރާތަށް ފުންމާލީއޭ ބުނެއެވެ. އެކަމަކު ދެން އެއިވުނު ބިރުވެރި އަޑަކީ އޭނާވެސް ސިހި ޖެހިލުންވި އަޑެކެވެ. ކަންފަތަށް އުނދަގޫވި ތޫނު އެހާ ޒީލަ އަޑެކެވެ. އެހިސާބުން ދެން އަނބުރާލާފައި އައިކޮޅަށް މަޑުމަޑުން ދިޔައީ އޭނާގެ ބޭބެ އެދުރުބޭ ބުނެފައިވާފަދަ ނުރައްކަލެއް ވެދާނެކަމުގައި ނިންމާފައެވެ. ފަސްއެނބުރި ނުބަލައެވެ. ދުއްވައިވެސް ނުގަނެއެވެ. މިދެކަމަކީ އޭނާއަށް ފަންޑިތަ ބުނެދިން އެދުރުބޭ ބުނެފައިވާ ކަންކަމެވެ.

އެހެންމީހަކުގެ ގައިގައި ވާލެއް އައިސް ޖެހިގަތްވާހަކައެއްވެސް ކިޔައެވެ. އެމީހާއަށް ވީގޮތެއްކަމުގައި ބުނެވެނީ މުޅިގައިން ފާޑެއްގެ ފޮޅުތަކެއްނަގާ ފާރުވެ އެތަކެއް ދުވަހު އެބަލީގައި އުޅެންޖެހުމެވެ. އެތައް ފަންޑިތަތަކެއް ހަދައިގެންވެސް މުޅިން ފަސޭހަނުވެ އޭނާ މަރުވިއިރުވެސް ބައެއް ފާރުގަނޑުގަނޑު ހުރިކަމުގައި ބުނެވެއެވެ. ކޮންމެއަކަސް އޭރު އެމަގަކީ ކޮންމެވެސް ތަފާތު ކަންތައްތަކެއް ހިނގި މަގެއްކަން ޔަގީން ކުރެވޭވަރުވެއެވެ. ސިއްރުތަކެއް އެކުލެވިފައިވާ ނޭނގޭ ކަންތައްތަކެކެވެ.

މިހާރު މިޒަމާނުގައި އެކަހަލަ ވާހަކަތަކެއް ނެތެވެ. ބަބުރުކުދިންތައް ވެސް ދިޔަތާކަށް ހިނގައްޖެ ކަހަލައެވެ. އުޅޭވާހަކައެއް ނީވެއެވެ. މިކަހަލަ ކަންކަމާއި ގުޅިގެން ގޮތްކިޔާ ބަސްބުނެ ހަދާ މީހުން މިސުވާލުގެ ޖަވާބުވެސް ދެއެވެ. އެމީހުން ބުނަނީ އެހުރިހާމެއް އިހެކޭ އެއްގޮތަށް ވާނެކަމުގައެވެ. ތަފާތަކީ ފަޅުކަމާއި އަނދިރިކަން ނެތި ހަމަހިމޭންކަމާއި ގުދުރަތީ ގޮތްގަނޑު ކެނޑުމެވެ. އެފަދަ ތަކެތި ނުވަތަ ހަންޑި، ކިއްސަށްދެވި، ބަބުރުކުދިން ފަދަ ހުރިހާއެއްޗަކީ އަނދިރިކަމާއި ފަޅުކަމުގެތެރޭގައި ދިރިއުޅެން އާދަވެ އެފަދަ ތަންތާގައި އުޅޭ އެއްޗެތިކަމުގައި ބުނެދެއެވެ. އެމީހުން ބުނާގޮތުގައި މިހާރުވެސް ފަޅުރަށްރަށާއި ފަޅު ގޯތި ތަކުގައި އެތަކެތި އުޅެމުން ގެންދާނެއެވެ. ކާޅުގުއިރޭ މަގުން ފެނުނުފަދަ އެބާވަތުގެ ކަންތައްތައް އެފަދަ ތަންތަނުން ފެންނާނެ ކަމަށްވެސް ޔަގީންކަމާއިއެކު ބުނެލައެވެ.

 

ނޯޓް: މިއީ ކަނީރު އަބުދުއްރަހީމް ލިޔުއްވައިފައިވާ ވާހަކައެކެވެ. އަސްލު ނުގެއްލޭގޮތަށް ކުދިކުދި ބަދަލުގެނެވިފައިވާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

Mifraz 28ސެޕްޓެމްބަރ2022

Kaalhu gui nulaa mage oveytha 6 2

Megatron 27ސެޕްޓެމްބަރ2022

Kaalhu guireymagu ey thikiyanee nubaimagakah. Aslu kaalhu guireymagakeee scoop goalhi thereyn vadhegen dhaairu inna . Magu. 10 2

Man 27ސެޕްޓެމްބަރ2022

Alhey v v v majaa vaane mihaaru kobaabaa thi golaa thah

kaalhu 26ސެޕްޓެމްބަރ2022

sultan park hulhangun onaany chaandhanee magu. kaalhu giirey magakee mihaaru ge namun nama kenery magu 10

ޢަބދުއްސައްތާރު 26ސެޕްޓެމްބަރ2022

އަޅުގަނޑު ވެސް ދުށިން. އެއްރެއެއްގެ އިރާކޮޅުގެ ވަގުތެއްގައި އެ މަގުން ބަބުރު ކުދިންނޭ އެ ކިޔާ ކަހަލަ ކުއްޖެއް. ހީކުރީ އެ ހިސާބުގައި އުޅޭ ރަށްޓެހި ކުއްޖެއްކަމަށް. ފަހަތުން ހިނގިން. އެކަމަކު އަރާ ހަމައެއްނުކުރެވުނު. އެއްމެފަހުން ނަލަގެއާޖެހިގެން އޮންގޯޅިން އެޅީ. ހަމަ ކުއްލިއަކަށް އަޅުގަނޑު ވެސް އެ ގޯޅިއެޅިން. ނަމަވެސް އެކުއްޖާއެއްނެތް. ދެން ހަމަ އެވަގުތު ދިޔައީ އަސްލު ކުއްޖާގެ ގެއަށް އެއީ އޭނާ ކޮބައިތޯ ބަލަން. ދިޔައިރު އެކުއްޖާ އޮތީ ނިދައިފައި. އޭނާގެ ބައްޕައާ ސުވާލުކުރީމާ ބުނީ،އޭނާ ނިދިތާ ކިތައްމެ އިރެއް ވެއްޖެ ކަމަށް. ދެން ކުޑަކޮށް ބިރުގަތް. 2

ޢަބދުއްސައްތާރު 26ސެޕްޓެމްބަރ2022

އަޅުގަނޑު ވެސް ދުށިން. އެއްރެއެއްގެ އިރާކޮޅުގެ ވަގުތެއްގައި އެ މަގުން ބަބުރު ކުދިންނޭ އެ ކިޔާ ކަހަލަ ކުއްޖެއް. ހީކުރީ އެ ހިސާބުގައި އުޅޭ ރަށްޓެހި ކުއްޖެއްކަމަށް. ފަހަތުން ހިނގިން. އެކަމަކު އަރާ ހަމައެއްނުކުރެވުނު. އެއްމެފަހުން ނަލަގެއާޖެހިގެން އޮންގޯޅިން އެޅީ. ހަމަ ކުއްލިއަކަށް އަޅުގަނޑު ވެސް އެ ގޯޅިއެޅިން. ނަމަވެސް އެކުއްޖާއެއްނެތް. ދެން ހަމަ އެވަގުތު ދިޔައީ އަސްލު ކުއްޖާގެ ގެއަށް އެއީ އޭނާ ކޮބައިތޯ ބަލަން. ދިޔައިރު އެކުއްޖާ އޮތީ ނިދައިފައި. އޭނާގެ ބައްޕައާ ސުވާލުކުރީމާ ބުނީ،އޭނާ ނިދިތާ ކިތައްމެ އިރެއް ވެއްޖެ ކަމަށް. ދެން ކުޑަކޮށް ބިރުގަތް. 8 4

Thuthu 26ސެޕްޓެމްބަރ2022

Alhey, thihaa kanthah fenna magakun mashah adhi eves kameh nufeney, haadha varakah hingaa, dhuhvvaa magey thiaee mendhurakas reygandu dhamakas, theega mashah neyngey thi dhogekeyves thedheykeves bunaaka 2 1

ފުލޯކު 26ސެޕްޓެމްބަރ2022

ބިރުން ތިބެންޏާ ފެންނާނެ…. 6 11

އަދުރާދު 26ސެޕްޓެމްބަރ2022

2007 އެހާތާގައި ޓެކްސީ ޑުރައިވަރަކު ތިޔަ މަގުގައި ކާރު ޕާކުކޮށްފައި އޮއްވައި ލޮލަކަށް ޖެހި ދެން ދަންވަރު ހޭލެވުނު އިރު ތި މަގުން ތިބުނާ ޒާތިގެ ކަމަކާ ލައްވާލިކަމަށްވޭ . ދެން އޭނާ ކާރު ދުއްވި ވަރަކަށް ފެންނަނީ އުދުހޭ މާކަނާތަކެއް ދުވާތަން މަގުއޮޅި އެންމެފަހުން ހެޔޮ އެއްޗެއް ކިޔައިގެން ކަމަށްބުނީ ސަލާމަތްވީ 14 1

Hussain 26ސެޕްޓެމްބަރ2022

ސަލްޓަންޕާކު މިހާރުގެ ގޮތަށް ތަރަށްގީި ކުރުމުގެ ކުރިން ދަންވަރު ދޭއެއްގެ ފަސް ގަޑިއެއްގައި އަޅުގަނޑާއި އެހެން މީހަކާ ތިބީ ޑިއުޓީއެއްގައި އެތާަހުރި ހަޓެއްތެރޭ ތިއްބާ ފާހަގަވީ އަމީނިއްޔާ ދިމާލުން ޒުވާަން އަންހެން ކުއްޖަކު ޕާކަށް ވަދެގެން އަންނަނިކޮށް ހުރީ މިހާރުގެ ކުދިންލާކަހަލަ ހުދު ޖިންސެއް މަތި ވެސް ކުރު ގަޔަށް ބާރު އެކިކުލަ ހުރި ހެދުމެއް. ފެނުމުން ޕާކުތެރޭ އުޅޭހަލުވި ހަރަކާަތުން ބަލަން ތިބެވުނީ އުޅޭގޮތުން ހީވަނީ ޕާކުޗެއްކުރަނީހެން. މިހެން ބަލަން ތިއްބާ އަޅުގަނޑު މެންނާދިމާލަށް އަންނަންފަށައިފި. ފުރަތަމަ ދެމީހުންވެސް އެއްބަސްވީ ވާހަކަ ދައްކަން. ނަމަވެސް ކިހިނެއް ވީކަމެއްކަމެއްނޭގެ ދެމީހުނެގެ މެދުން ކާރިން ލާފައި ދިޔައިރުވެސް އެކަކުވެސް އަގައިންކިޔެއްތަ އިސްއުލާބަލާވެސްނުލަން. ބިރަކުންނޫން ދިމާވިގޮތް އެހެނަސް ފާހަގަވި ހީވަނީ ދެންމެ ފެންވާރާ ރީތިވެގެންހުރި ވަރަށްލޯބި ކުއްޖެއްކަން. އަޅުގަނޑުމެން ހުރަސްކޮއް ދިއުމާއިއެކު ފަހަތުން ދެމީހުން ދާންފެޝުމުން އަވަސްހިގުމެއްގައި އަތުނުވާން ދާކަންފާހަގަވި ނަމަވެސް ފަހަތް ނުބަލާ ކުއްލިއަކަށް ގަހަކާއި ނިވާވެފައި ގެއްލިއްޖެ.ދެންހޯދާހޯދާ ނުފެނުން. ދެމީހުނަށްވެސް ބުނެވުން ނަސީބުދޯއޭ ބަހެއް ނުކިއުނުކަން 28 5

neesha 26ސެޕްޓެމްބަރ2022

alhugadu firimeehaya eynage best friend thi magun dhanvaru 3 jahaa kan haairu cycle dhani koh kuhliyakah magu medhun fenuni biya bodu gaheth mahcha balaali iru eii bodu fayeth dhen edhemeehu iru eri iruves thibi miskithu 12 4

އީމާ 25ސެޕްޓެމްބަރ2022

ވަރަށް ބަލަން ބޭނުންވެފައި ހުރި ކަމެއް. ކުޑައިރުއްސުރެ އަހާ އަޑެއް 7

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —