July 1, 2026 00:37
Advertisement

-Advertisement-

ޖަޕާނުގެ އެންމެ މަގުބޫލު ލުއިކާނާތަކުގެ ތެރެއިން ސެންބޭ ރައިސް ކްރެކާސް

މިއީ ބާކީވެފައި ހުންނަ ބަތް ބޭނުންކޮށްގެން، މައިކްރޯވޭވްގައި ވަރަށް ފަސޭހައިން (5 މިނިޓުން) ތައްޔާރުކޮށްލެވޭނެ ކާއެއްޗެކެވެ.

6 ކްރެކާސް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:

60 ގްރާމް ކައްކާފައި ހުރި ބަތް

Advertisement

1 ސައިސަމުސާ ސޯޔާސޯސް

1 ސައިސަމުސާ ކަޅުދިރި (ބޭނުންނަމަ)

ލޮނު (ރަހަ ހެޔޮވަރުކޮށްލުމަށް)

ތައްޔާރުކުރާނެ ގޮތް:

ބަތްކޮޅުގެތެރެއަށް ސޯޔާސޯސް އާއި ކަޅުދިރި އާއި ލޮނު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

އެއްކުރި ބަތްކޮޅުން 6 ގުޅަ ތައްޔާރުކުރާށެވެ. ކޮންމެ ގުޅައެއް ދެ ކަރުދާސް ކޮޅެއްގެ ދެމެދުގައި ބޭއްވުމަށްފަހު، ރޮއްޓެއް ގޮތަށް ތުނިކޮށް ފަތުރާލާށެވެ.

މައިކްރޯވޭވްގައި 600W (2.5މިނިޓް) ވަންދެން ފިހެލާށެވެ. އެއަށްފަހު ފުށުން ޖެހުމަށްފަހު 2.5 މިނިޓް މުށިކުލަ އަރަންދެން ފިހެލާށެވެ.

ފިހެ ނިމުމުން އެއްކޮށް ހިހޫވަންދެން ބަހައްޓާށެވެ. ހިހޫވުމުން އިތުރަށް މުރަނަވާނެއެވެ.

މަސްދަރު: އޮޗިކެރޯން

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް