ޖަޕާނުގެ އެންމެ މަގުބޫލު ލުއިކާނާތަކުގެ ތެރެއިން ސެންބޭ ރައިސް ކްރެކާސް

މިއީ ބާކީވެފައި ހުންނަ ބަތް ބޭނުންކޮށްގެން، މައިކްރޯވޭވްގައި ވަރަށް ފަސޭހައިން (5 މިނިޓުން) ތައްޔާރުކޮށްލެވޭނެ ކާއެއްޗެކެވެ. 6 ކްރެކާސް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި: 60 ގްރާމް ކައްކާފައި ހުރި ބަތް 1 ސައިސަމުސާ ސޯޔާސޯސް 1 ސައިސަމުސާ ކަޅުދިރި (ބޭނުންނަމަ) ލޮނު (ރަހަ ހެޔޮވަރުކޮށްލުމަށް) ތައްޔާރުކުރާނެ ގޮތް: ބަތްކޮޅުގެތެރެއަށް ސޯޔާސޯސް އާއި ކަޅުދިރި އާއި ލޮނު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއްކުރި ބަތްކޮޅުން 6 ގުޅަ ތައްޔާރުކުރާށެވެ. ކޮންމެ ގުޅައެއް ދެ ކަރުދާސް ކޮޅެއްގެ ދެމެދުގައި ބޭއްވުމަށްފަހު، […]