May 6, 2026 00:27
Advertisement

-Advertisement-

ޕަލްސް މެޑިކަލް އެންޑް ޑައިގްނޯސްޓިކްސް: ތަފާތު ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ ފަރުވާ ލިބެން އެބަހުރި

ޕަލްސް މެޑިކަލް އެންޑް ޑައިގްނޯސްޓިކްސް އަކީ މާލެސިޓީގައި ފަރުވާ ދެމުން އަންނަ ކުލިނިކެކެވެ. މއ. ރީޑްސް (ޝިޔާމް އޮޓޯގަރާޖް) ކުރިމަތީގައި ހުންނަ ޕަލްސް މެޑިކަލް ކުލިނިކް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 08:30 އިން ރޭގަނޑު 11 ޖެހުމާއި ހަމައަށެވެ.

ފަރުވާ ލިބެންހުރި ޚާއްސަ ދާއިރާތައް:

ހިތުގެ ބަލިތައް، ހަކުރުބަލި، ކޮލެސްޓްރޯލް، ތައިރޮއިޑް، ލޭމައްޗަށްދިއުންފަދަ ބަލިތަކަށް ޓެސްޓްކުރުމާ ލަފަޔާއި އިރުޝާދު ދިނުން

Advertisement

ހިތުގެ ސްކޭން ކުރުން، އީސީޖީ ހެދުން

އެންޖިއޮގްރާމްއާއި އެންޖިއޮޕްލާސްޓީއާއި ހިތުގެ ބައިޕާސް ސާރޖަރީއަށްފަހު ފޮލޯއަޕްކުރުމާއި ޓެސްޓުތައް ހެދުމާއި ފަރުވާކުރުން

ދަރިމައިވުމާއި އަންހެނުންނަށް ދިމާވާ ތަފާތު މައްސަލަތަކުގެ ފަރުވާ

ކުޑަކުދިންގެ ވެކްސިން ދިނުމާއި ހެދިބޮޑުވުމާއި ކުޑަކުދިންނަށް ދިމާވާ ތަފާތު ބަލިތަކުގެ ފަރުވާ

ކަށީގެ ބަލިތަށް، ހުޅުތަކުގައި ރިއްސުން، ހަށިގަނޑުގެ ތަފާތު ރިހުންތަކުގެ ފަރުވާ

ސާޖަރީއާއި އެކިއެކި އޮޕަރޭޝަންތަކާއި ގުޅޭ ލަފަޔާއި އިރުޝާދު ދިނުން

އާންމުބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ފަރުވާ

ހަމުގެ ތަފާތު ބަލިތަކަށް ފަރުވާކުރުން

އެތެރެހަށީގެ ބަލިތަކަށް ފަރުވާކުރުން

ފުއްޕާމެއާއި ނޭވާލާ ނިޒާމުގެ ބަލިތަކުގެ ފަރުވާކުރުން

ކަރުންމަތީގެ ހާއްސަ ފަރުވާކުރުން (ކެއްސުމާއި، ރޯގާއާއި ނޭފަތާއި ކަންފަތާއި އަރުތެރޭގެ ތަފާތު މައްސަލަތަކުގެ ފަރުވާ)

ނަފްސާނީ ބަލިތަކުގެ ފަރުވާ (ކަންބޮޑުވުމާއި، ހާސްވުމާއި، މާޔޫސްވުންފަދަ ކަންތަކުގެ ފަރުވާއާއި އިރުޝާދު)

އެކިވައްތަރުގެ ސްކޭންކުރުން (އުރަމަތީގެ ސްކޭން، ބަނޑުގެ ސްކޭން، ރަހިމާއި އޯވަރީގެ ސްކޭން، ތައިރޮއިޑް ސްކޭން)

މީގެއިތުރުން މަސައްކަތްތެރިންގެ ވޯރކް ޕާރމިޓް މެޑިކަލްސް ހެދުމާއި، ޑްރައިވަރުންނާއި، ސީމަނުންގެ މެޑިކަލް ހެދުން

އެކި ބާވަތުގެ އެކްސްރޭ ނަގައިދިނުމުގެ ޚިދުމަތާއި ލެއާއި ކުޑަކަމުދާތަކެތީގެ ޓެސްޓްތައް ހެދުމުގެ ޚިދުމަތް

އެއްފުރާޅެއްގެ ދަށުން ތަފާތު ބަލިތަކަށް ފަރުވާ ހޯދޭނެ މަގު ވަނީ ޕަލްސް މެޑިކަލްއިން ފަހިކޮށްދީފައެވެ. ރޫޓިންގ ޗެކަޕްތަކުން ފެށިގެން ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ހަމައަށް ފަރުވާލިބެން އެބަހުއްޓެވެ.

ހިތްހަމަޖެހޭ މާހައުލެއްގައި ފަސޭހައިން ތަޖުރިބާކާރު ޑޮކްޓަރުންނަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް މިއީ ރަނގަޅު ފުރުސަތަކަށް ވާނެއެވެ.

ޕަލްސް މެޑިކަލް އިން އާސަންދަ އަދި ޕޮލިސް އިންޝުއަރެންސް އާއި ސޮލަރެލް އިންޝުއަރެންސްގެ ޚިދުމަތް ލިބޭނެގޮތް ވަނީ ހަމަޖެހިފައެވެ.

އެޕޮއިންޓްމެންޓް ބޭނުންވާ ފަރާތްތަކުން ގުޅާނީ 3300055 އަދި ވައިބަރ ނަންބަރަކީ 7230055 އެވެ.

ޕަލްސް މެޑިކަލް ކުލިނިކުގެ ވެބްސައިޓް އަދި ފޭސްބުކް އިން އިތުރު މައުލޫމާތު ލިބެން ހުންނާނެއެވެ.

+1
0
+1
0
+1
4
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް