April 23, 2026 16:40
Advertisement

-Advertisement-

ބީއެމްއެލް ސީއީއޯ ޝަރީފް (ވ)

2026ގެ ފުރަތަމަ ކުއާޓަރގައި ޓީޓީއަށް މަހަކަށް 35.4 މިލިއަން ޑޮލަރު ވަނީ ވިއްކާފައި- ބީއެމްއެލް

2026ގެ ފުރަތަމަ ކުއާޓަރގައި ޓީޓީއަށް 106.2 މިލިއަން ޑޮލަރު ވަނީ ވިއްކާފައިކަމަށާއި މިއީ މަހަކަށް 35.4 މިލިއަން ޑޮލަރު ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވަނީ ހާމަކޮށްފައެވެ.

ބީއެމްއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ޓީޓީއަށް ޑޮލަރު ދޫކުރާ އުސޫލަށް ބަދަލު ނުގެންނަކަމަށެވެ. އެހެންނަމަވެސް ޓީޓީއަށް ޑޮލަރު ދޫކުރުމުގެ އުސޫލުތައް ހަރުދަނާކޮށްފައިވާކަމަށް ވިދާޅުވިއެވެ.

ކުރިން 1000 ޑޮލަރާއި ހަމަޔަށް %5 ޑޮލަރު ސަޕޯޓް ދޫކުރަމުންއައިރު މިހާރު %10000 ޑޮލަރާއި ހަމަޔަށް %50 ޑޮލަރު ސަޕޯޓް ދަނީ ދޫކުރަމުންނެވެ.

Advertisement

ބައެއް ވިޔަފާރިތަކަށް ބޭނުންވާ އަދަދަށް ޓީޓީއަށް ޑޮލަރު ދޫނުކުރާކަމަށް ބުނާވާހަކަތައް ދޮގުކޮށް ބީއެމްއެލްއިން ބުނެފައިވަނީ ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ޑޮލަރު ދޫކުރަމުންގެންދާ ކަމަށެވެ.

2026ގެ ފުރަތަމަ ކުއާޓަރުގެ އޭޕްރީލްމަހު އެކަނި (އިއްޔެގެ ނިޔަލަށް) 27 މިލިއަން ޑޮލަރު ވަނީ 7200 ޓީޓީއަށް ދޫކޮށްފައި ކަމަށާއި މި ހަފްތާގައި މި ވޭތުވެދިޔަ ދެދުވަހު އެކަނިވެސް 2 މިލިއަން ޑޮލަރު 615 ޓީޓީއަށް ދޫކޮށްފައިވާކަމަށް ވަނީ ބުނެފައެވެ. ޑެބިޓްކާޑާއި ކްރެޑިޓް ކާޑުތަކަށް ޑޮލަރު ވިއްކި އަދަދު ވަނީ 119.9 މިލިއަން ޑޮލަރަށް އަރައިފައެވެ.

ކްރޮސްބޯޑަރ ޓްރާންސެކްޝަންތަކަށް ބަލާއިރު މިދިޔަ އަހަރު ރާއްޖޭން ބޭރުން އައި ފައިސާ 3.69 ބިލިއަން ޑޮލަރަށް އަރާއިރު، ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ އަދަދު ވަނީ 3.28 ބިލިއަން ޑޮލަރަށް އަރާފައެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް