2026ގެ ފުރަތަމަ ކުއާޓަރގައި ޓީޓީއަށް މަހަކަށް 35.4 މިލިއަން ޑޮލަރު ވަނީ ވިއްކާފައި- ބީއެމްއެލް

2026ގެ ފުރަތަމަ ކުއާޓަރގައި ޓީޓީއަށް 106.2 މިލިއަން ޑޮލަރު ވަނީ ވިއްކާފައިކަމަށާއި މިއީ މަހަކަށް 35.4 މިލިއަން ޑޮލަރު ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވަނީ ހާމަކޮށްފައެވެ. ބީއެމްއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ޓީޓީއަށް ޑޮލަރު ދޫކުރާ އުސޫލަށް ބަދަލު ނުގެންނަކަމަށެވެ. އެހެންނަމަވެސް ޓީޓީއަށް ޑޮލަރު ދޫކުރުމުގެ އުސޫލުތައް ހަރުދަނާކޮށްފައިވާކަމަށް ވިދާޅުވިއެވެ. ކުރިން 1000 ޑޮލަރާއި ހަމަޔަށް %5 ޑޮލަރު ސަޕޯޓް ދޫކުރަމުންއައިރު މިހާރު %10000 ޑޮލަރާއި ހަމަޔަށް […]
ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށް އެންމެ ޤާބިލް ލަޝްކަރަކީ ދިވެހި ސިފައިން- ރައީސް

ދިވެހި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ، އެންމެ ޤާބިލް ލަޝްކަރަކީ ދިވެހި ސިފައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައެވެ. ދިވެހި ސިފައިންގެ 134 އަހަރުގެ ފަޚުރުވެރި މާޒީގައި ރަންއަކުރުން ނަން ފަވާލެވިފައިވަނީ ޤައުމަށްޓަކައި ޝަހީދުވި ބޭފުޅުންނާއި، މުޖާހިދުންނާއި، އަދި ނުރައްކާތެރި ދަނޑިވަޅުތަކުގައި ދިވެހި ރައްޔިތުންގެ ހިމާޔަތުގައި ސާބިތުކަމާއެކު ތިއްބެވި ހިތްވަރުގަދަ […]
