April 23, 2026 19:22
Advertisement

-Advertisement-

ޑެންގީ ފަދަ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް ވަނީ އިތުރުވެފައި، ސަމާލުވޭ- އެޗްޕީއޭ

ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ޖެހިގެން ރިޕޯޓް ކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައިކަމަށާއި މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ޑެންގީ، ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކުރިއަށް އޮތް މަސްތަކުގައި އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

މިފަދަ ބަލިތައް މަދުކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި ސިޓީ/ރަށު ކައުންސިލްތަކާއި ކުންފުނިތަކާއި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކާއި ވަކިވަކި ފަރުދުން ގުޅިގެން ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމެއްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

  • ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް: ޑެންގީގެ އަލާމާތްތައް އަވަހަށް ދެނެގަނެ ފަރުވާ ފޯރުކޮށްދިނުމާއި ބަލިމީހުންގެ ހާލަތު ގާތުން ބަލާ ފޮލޯއަޕް ކުރުމާއި ރަށުގައި ބަލި އުޅޭ މިންވަރު ގާތުން މޮނިޓަރ ކުރުމާއި އެޗްޕީއޭ އަށް ގަވާއިދުން ރިޕޯޓްކުރުން.
  • ކައުންސިލްތައް: ޑެންގީ ކޮންޓްރޯލް ކުރުމަށް ޓާސްކްފޯސް އެކުލަވާލާ ރަށް ސާފުކުރުމާއި އާންމުން ހޭލުންތެރިކުރުން ފަދަ ހަރަކާތްތައް ކުރިއަށްގެންދިއުން
  • ސްކޫލްތައް: ކޮންމެ ހަފްތާއަކު 1 ފަހަރު ސްކޫލުގެ ގޯތިތެރެ ބަލައި ފާސްކޮށް މަދިރި އާލާވާ ތަންތަން ނައްތާލުމާއި ޑެންގީއިން ރައްކާތެރިވުމާއި ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުން
  • ރިސޯޓްތަކާއި ކޮންސްޓްރަކްޝަން ސައިޓް އަދި އިންޑަސްޓްރިއަލް ރަށްތައް: ރަށުގެ އެކި ސަރަހައްދުތައް ހަފްތާއަކު 1 ފަހަރު ބަލައި ފާސްކޮށް މަދިރި އާލާވާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލާ ސާފުކުރުމާއި ޑެންގީއިން ރައްކާތެރިވުމާ ގުޅޭގޮތުން މުވައްޒަފުން ހޭލުންތެރިކުރުން.
  • ކުންފުނިތަކާއި ޖަމްއިއްޔާ ޖަމާއަތްތައް: މަދިރި އުފެދޭ ތަންތަން ނައްތާލުމާއި މިމަސައްކަތްކުރުމަށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރުން
  • މީޑިއާ: ކަމާ ބެހޭ އިދާރާތަކުން ހިއްސާ ކުރަމުންގެންދާ ޑެންގީއާ ގުޅޭ މައުލޫމާތު ފެތުރުމާއި ރައްޔިތުން ހޭލުންތެރިކުރުން
  • އާންމު ފަރުދުން: މަދުވެގެން ހަފްތާއަކު 1 ފަހަރު ގެއާއި ގޯތިތެރޭގައި ފެންހަރުލާ ގޮތަށް ހުންނަތަކެތި ބަލާ ފާސްކޮށް މަދިރި އާލާނުވާނެ ގޮތަށް ސާފުކުރުމާއި މަދިރިހެފުމުން ރައްކާތެރިވުމާއި ޑެންގީ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން.

ޑެންގީ ކޮންޓްރޯލްކުރުމަށް ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން މަސައްކަތްކުރަމުން އަންނަކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުމާއި ޑެންގީ ޖެހިއްޖެނަމަ ސިއްހީ ޚިދުމަތްތެރިއެއްގެ އިރުޝާދުގެ މަތިން އަވަހަށް ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
1

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް