ޑެންގީ ފަދަ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް ވަނީ އިތުރުވެފައި، ސަމާލުވޭ- އެޗްޕީއޭ

ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ޖެހިގެން ރިޕޯޓް ކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައިކަމަށާއި މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ޑެންގީ، ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކުރިއަށް އޮތް މަސްތަކުގައި އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ. މިފަދަ ބަލިތައް މަދުކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި ސިޓީ/ރަށު ކައުންސިލްތަކާއި ކުންފުނިތަކާއި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކާއި ވަކިވަކި ފަރުދުން ގުޅިގެން ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމެއްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް: ޑެންގީގެ […]
އެންވަރމެންޓް މިނިސްޓަރ ޝަރީފް ކުރިން ކުރެއްވި ޕޯސްޓްތަކާހެދި މަޤާމުން ވަކިކުރުމަށް ގޮވާލާ އަޑުގަދަވެއްޖެ!

ސޯޝަލް މީޑިއާގައި މިއަދު އެންމެ ގިނައިން ފެނުނީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލީ ޝަރީފް ކުރިން ކުރެއްވި ޕޯސްޓްތަކާއި ގުޅިގެން އާންމުން ކިޔައިފައިވާ ފާޑުކިޔުމުގެ ޕޯސްޓްތަކެވެ. ޝަރީފް ކުރިން ކުރެއްވި ޕޯސްޓްތަކާއި ގުޅިގެން މިނިސްޓަރގެ މަޤާމަށް ޝަރީފަށް ރުހުން ނުދިނުމަށް ބައެއް މީހުން ވަނީ ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައެވެ. އައު ކެބިނެޓަށް މި އެޕްރީލް މަހުގެ 14 ވަނަ ދުވަހު އައްޔަންކުރެއްވި ޝަރީފް ކުރިން ކުރެއްވި ޕޯސްޓްތަކުގައި ބަސްމަގު ހުރީ އެދެވޭ […]
