Advertisement
header ad
XeeTimesXeeTimes
ކޮވިޑްބަލި މީހުންނަށް ކާންދިނުމުގައި އިސްކަންދޭންވީ މިކަންތަކަށް- އާސިޔާ! ސިއްޙަތު

ކޮވިޑްބަލި މީހުންނަށް ކާންދިނުމުގައި އިސްކަންދޭންވީ މިކަންތަކަށް- އާސިޔާ!

ދިވެހިރާއްޖޭގައި ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެ ދުވަހެއް ދުވަހަކަށް ބަލިޖެހޭ މީހުން ގިނަވަމުންދާތީ، މިފަދަ ހާލަތެއްގައި ކެއުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް ދެކެމެވެ. ކޮވިޑްބަލި މީހުންނަށް ކާންދިނުމުގައި ސަމާލުކަންދޭންވީ ކަންތައްތަކާއި ގުޅޭގޮތުން 'ޒީޓައިމްސް' އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޑައިޓީޝަން އާސިޔާ އަބްދުއްރަހީމް ވިދާޅުވީ ހަށިގަނޑުގެ ދިފާއީ ނިޒާމު ރަނގަޅު ކުރުމަށް ބޭނުންވާ މާއްދާތައް (ޕްރޮޓީން، ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން އީ އަދި ޒިންކް) ހިމެނޭނެ ކާބޯތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކެއުން ބޭނުންކުރުން ރަނގަޅުވާނެ ކަމަށެވެ.

ކާންވީ މިންވަރު ކަނޑައެޅުމަށް ބަރުދަނާއި އިސްކޮޅު އަދި އެހެން ބައްޔަކަށް ބޭސްކުރާނަމަ އެ މަޢުލޫމާތު ބޭނުންވާނެ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

ތިރީގައި މިވަނީ އާސިޔާ ފަރުމާކުރައްވާ ހިއްސާކުރެއްވި ޑައިޓްގެ ތަފްސީލް އެވެ.

Article - in content
Advertisement
ކެއުން ކާންވީ ގަޑި ކާންވީ/ބޯންވީ ތަކެތި ބަލިން އަރައިގަތުމަށް ބޭނުންވާ މާއްދާތަކުގެތެރެއިން މި ކެއުމުގައި ހިމެނޭ މާއްދާތައް
ހެނދުނު ސައި ފަތިހު 4 އާއި ހެނދުނު 7 އާއި ދޭތެރޭ އާޓާ ރޮށި ބަރަބޯ ހިކިރިހަ – ވަޅޯމަސް އަދި ރޯމިރުސް އަޅައިގެން ކައްކާނީ ސަންފްލާވަރ ތެލުގައި 1 ތަށި ހަކުރު ނާޅާ ކިރު (ބޭނުމިއްޔާ ކޮފީ ނުވަތަ ސައި އެޅިދާނެ) ޕްރޮޓީން، ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން އީ އަދި ޒިންކް
މެންދުރު ކެއުން 11 އާއި 1 އާއި ދޭތެރޭ އާޓާ ޕާނުގެ ކަނޑުމަހާއި ބިހުގެ ސޭންޑްވިޗެއް (ސޭންޑްވިޗް ތައްޔާރުކުރާނީ މަޔޮނައިޒްގެ ބަދަލުގައި 1 ސަމްސާ ކްރީމް ޗީޒް، އަދި ލުނބޯ ހުތް ޖަހައިގެން އަދި ވަރަށް ގިނައިން ތަރުކާރީ ހިމަނައިގެން ) ފެންތައްޓެއް ފަޅޯ ޕްރޮޓީން، ވިޓަމިންއޭ، ވިޓަމިން ސީ، ޒިންކް  
ހަވީރު އަސްރު ނަމާދުން ފައިބައިގެން 1 ތަށި ހަކުރު ނާޅާ ކިރު (ބޭނުމިއްޔާ ކޮފީ ނުވަތަ ސައި އެޅިދާނެ) ޕްރޮޓީން، ޒިންކް
ރޭގަނޑު ކެއުން އިރުއޮއްސުމުން ރަތް/ މުށި ހަނޑުލު ބަތް މުގުރިހަ (ކާށި ކިރު ނާޅާ، ރޯމިރުސް، ހުތް މޭވާ، ލޮނުމެދު، އިނގުރު ނުމުގުރާ އަސޭމިރުސް އަދި ހިކަނދިފަތް ރާނބާ އަޅައިގެން ސަންފްލާވާ ތެލުގައި ފިހުނު މަސް ރޯ މުރަނގަފަތް ޕްރޮޓީން، ވިޓަމިންއޭ، ވިޓަމިން ސީ، ވިޓަމިން އީ، ޒިންކް

 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —