Advertisement
header ad
XeeTimesXeeTimes
ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް: ރައްޔިތުންގެ އަޑުއަހައި ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ - ރައީސް

ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް: ރައްޔިތުންގެ އަޑުއަހައި ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ - ރައީސް

ޑިމޮކްރަސީ ދެމިއޮންނާނީ ރައްޔިތުންގެ އަޑު އަހައި، އެމީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް، އަދި ވެރިކަމުގެ ބާރުތައް ޙަވާލުކުރެވިފައިވާ ފަރާތްތަކުން އެ ޚިދުމަތްކުރާ ރައްޔިތުންނަށް ޖަވާބުދާރީވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

މި ޚިޠާބުގައި ރައީސް ވަނީ ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމުގައި ދިވެހި ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުޞަތު ކަށަވަރުކުރުމާއި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އަދި ބާރުތައް ޙަވާލުކުރެވިފައިވާ ފަރާތްތަކުން ރައްޔިތުންނަށް ޖަވާބުދާރީވުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

Article - in content
Advertisement

ޑިމޮކްރެޓިކް ދުނިޔެއެއް ބައްޓަންކުރުމަށްޓަކައި، ބައިވެރިވުމާއި، ތަމްސީލުވުމާއި، އަދި ޖަވާބުދާރީވުން ޤާއިމުކުރުމަށް މަސައްކަތްކުރި ފަރާތްތަކުގެ ޚިދުމަތްތައް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ޑިމޮކްރަސީ ރައްކާތެރިކޮށް، ވަރުގަދަކޮށް، އަންނަން އޮތް ޖީލުތަކަށް ވާޞިލުކޮށްދިނުމަކީ ކޮންމެ ޖީލެއްގެ ވެސް ޒިންމާއެއްކަން ފާހަގަކުރައްވަމުން، އެކަން ފެށެނީ ޑިމޮކްރަސީގެ އަޞްލު މާނަ ކަމުގައިވާ ޙައްޤުތައް ޙިމާޔަތްކުރުމާ ހަމައިން ކަމަށް ވިދާޅުވިއެވެ.

ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސްކަން ފާހަގަކުރައްވަމުން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ހަމަހަމަކަމާއި، ކަރާމާތާއި، އަދި މާނަވީ ބައިވެރިވުމަކީ ޑިމޮކްރަސީ ބިނާވެފައިވާ މައިގަނޑު ބިންގާ ކަމުގައި ވިދާޅުވިއެވެ.

ދެފުށް ފެންނަ މިންވަރު އިތުރުކުރުމާއި، ޖަވާބުދާރީވުން ހަރުދަނާކުރުމާއި، މުއައްސަސާތައް ވަރުގަދަކުރުމާއި، އަދި ޤައުމީ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން ފުޅާކުރުމުގެ ތެރެއިން މި ބިންގާތައް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަން ފާހަގަކުރެއްވިއެވެ. އަދި ޒުވާނުންނާއި އަންހެނުން އިސްނަގައިގެން ޤައުމަށް ޚިދުމަތްކޮށް، މުސްތަޤުބަލު ބައްޓަންކުރުމަށް މަގުފަހިކޮށްދިނުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމަށް ވިދާޅުވިއެވެ.

ޚިޠާބު ނިންމަވާލައްވަމުން ރައީސް ވިދާޅުވެފައިވަނީ، ޑިމޮކްރަސީގެ ޢަމަލީ ސިފަ ފެނިގެންދާނީ ޤައުމުގައި ވެރިކަން ހިންގާ ގޮތުންނާއި، ޙައްޤުތައް ރައްކާތެރިކުރެވޭ މިންވަރުންނާއި، ރައްޔިތުންގެ އަޑު އަހާ ގޮތުންނާއި، އަދި ވެރިކަމުގެ ބާރުތަކުގައި ތިބި ފަރާތްތަކުން ރައްޔިތުންނަށް ޖަވާބުދާރީވާ މިންވަރަކުން ކަމަށެވެ. އަދި ޙައްޤުތައް ޙިމާޔަތްކުރެވިފައިވާ، މުއައްސަސާތައް ވަރުގަދަ، އަދި ބާރުތައް ލިބިފައިވާ ފަރާތްތަކުން، ރައްޔިތުންނަށް ޖަވާބުދާރީވާ ދިވެހިރާއްޖެއެއް ބިނާކުރުމަށް، ޢަޒުމް ކަނޑައެޅުމަށް ވަނީ ގޮވާލައްވާފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —