Advertisement
header ad
XeeTimesXeeTimes
ބޭރުގައި ކިޔަވާ ދަރިވަރުންނަށް ލުޔެއް: 'ކްރޮސް ބޯޑަރ' ފީ މިރެއިން ފެށިގެން ނެގުން ހުއްޓާލުމަށް ވަނީ ނިންމާފައި - ބީއެމްއެލް ވިޔަފާރި

ބޭރުގައި ކިޔަވާ ދަރިވަރުންނަށް ލުޔެއް: 'ކްރޮސް ބޯޑަރ' ފީ މިރެއިން ފެށިގެން ނެގުން ހުއްޓާލުމަށް ވަނީ ނިންމާފައި - ބީއެމްއެލް

ރާއްޖޭން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން އޭޓީއެމްތަކުން ފައިސާ ނަގާއިރު މީގެ ކުރިން ނަގަމުން އައި 'ކްރޮސް ބޯޑަރ' ފީ މިރެއިން ފެށިގެން ނެގުން ހުއްޓާލުމަށް ވަނީ ނިންމާފައިކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.

" މީގެ ސަބަބުން، ބޭރުގައި ކިޔަވާ ދަރިވަރުންގެ ދިރިއުޅުމުގެ ހަރަދުތަކާއި ތައުލީމީ ބޭނުންތަކަށް ކަނޑައަޅާފައިވާ މަހަކު 1200 ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު ޚަރަދަކާ ނުލައި ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ. މިއީ ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި އެ ދަރިވަރުންގެ އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް". ބީއެމްއެލް

އޮޕްޝަނަލް އިޝުއަރ ފީ އަކީ ކޮބައި؟ އޮޕްޝަނަލް އިޝުއަރ ފީ އަކީ ކާޑު ދޫކޮށްފައިވާ ބޭންކުން، ބޭރު ފައިސާގެ މުއާމަލާތްތަކުން ނުވަތަ ރާއްޖެއިން ބޭރުގައި ކުރެވޭ މުއާމަލާތްތަކުން ނަގާ ފީއެކެވެ.

Article - in content
Advertisement

މި ފީ ނަގާ ގޮތް:

ކާޑު ނުވަތަ ކާޑު ލިންކު ކުރެވިފައިވާ އެކައުންޓުގެ އަސްލު ފައިސާ ނޫން އެހެން ފައިސާއަކުން ވިޔަފާރިއެއް ކުރުމުން ނުވަތަ ފައިސާ ނެގުމުން، އެ މުއާމަލާތެއް ބައިނަލްއަގުވާމީ ޕޭމަންޓް ނެޓްވޯކްތައް (މިސާލަކަށް ވިސާ ނުވަތަ މާސްޓަރކާޑު) މެދުވެރިކޮށް ޕްރޮސެސް ކުރަންޖެހޭ ކަމަށް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.

" މިކަމަށް ހިނގާ ޚަރަދުތައް ފޫބެއްދުމަށް ބޭންކުން މުއާމަލާތުގެ ޖުމްލަ އަދަދުން ވަކި އިންސައްތައެއް 'އޮޕްޝަނަލް އިޝުއަރ ފީ' ގެ ގޮތުގައި ނަގާ. ކްރޮސް ބޯޑަރ ފީއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ހުރިހާ ބޭންކުތަކަކުންވެސް މިފަދަ މުޢާމަލާތްތަކަށް ނަގަމުން އަންނަ ފީއެއް".

ބޭންކް އޮފް މޯލްޑިވްސްއިން ކާޑުގެ ޚިދުމަތް ތަޢާރަފުކުރީއްސުރެ މިއަދާ ހަމައަށްވެސް، މިބާވަތުގެ މުޢާމަލާތްތަކުން މި ފީ ނަގަމުންދާ ކަމަށް ވަނީ ހާމަކޮށްފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —