May 9, 2026 21:16
Advertisement

-Advertisement-

ސަފާރީއެއްގައި އަލިފާން ރޯވެ އަނދައި ހުލި، ދުމުގެ އަސަރުކޮށްގެން ދެމީހަކަށް ފަރުވާދެނީ 

ހުޅުމާލެ ފަޅު ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެ އަނދައިފިއެވެ. ފުލުހުން މައުލޫމާތުދިންގޮތުގައި މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 04:55 ހާއިރުގައެވެ.

އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރު ކުރުމާއި ގުޅިގެން ސަފާރީގެ ދެ ފަޅުވެރިއަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން ކަމުގައި ފުލުހުން ވަނީ މައުލޫމާތުދީފައެވެ. 

އެމްއެންޑީއެފްއިން މައުލޫމާތުދިންގޮތުގައި ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިސޯޓާއި ދޭތެރޭ އޮތް މި ސަފާރީއަކީ " އެމްޕެރަރ އެކްސްޕްލޯރަރ" ނަމަކަށް ކިޔާ ސަފާރީއެކެވެ. އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރި ކަމުގައިވިޔަސް ސަފާރީވަނީ އަނދާފައެވެ. 

Advertisement

 

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް