އެމްޓީސީސީ އިން މައުލޫމާތުދިންގޮތުގައި ޅ. ނައިފަރުގެ ބިން ހިއްކުމާއި ފަޅު ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ބޮޑުބައި ނިމިއްޖެއެވެ. މިދިޔަ އޮކްޓޯބަރުމަހު ފެށި މި މަޝްރޫޢު ކުރިއަށްގެންދަނީ އެމްޓީސީސީ އާއި ހަވާލުކޮށްގެންނެވެ. 44.8 ހެކްޓަރުގެ ބިން އިތުރުކުރުމަށް ހަމަޖެހިފައިވާއިރު ބިން ހިއްކުމުގެ %95 މަސައްކަތް ވަނީ ނިމިފައިވެއެވެ. މީގެ އިތުރުން ރިވެޓްމަންޓް ރޮކް ޕްރޮފައިލިންގ މަސައްކަތްތަކަށް ރޮކް ބޯލްޑަރ ޝިޕްމަންޓް ނައިފަރު ސައިޓަށް ވަނީ ގެންގޮސްފައެވެ. މުޅި މަޝްރޫޢުގެ މަސައްކަތްތަކަށް 70 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާ ކަމަށާއި، ޝެޑިއުލާއި އެއްގޮތަށް މަސައްކަތް ކުރިއަށްގެންދެވޭ ކަމުގެ ޔަގީންކަން އެމްޓީސީއިން ވަނީ ދީފައެވެ. އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދު ވަނީ ނައިފަރު ބިން ހިއްކުމާއި ފަޅު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.












