April 23, 2026 16:39
Advertisement

-Advertisement-

'މާލެ ޓެކްސީ ލައިން' އާއި އެކު ޓެކްސީ ނުލިބުމުގެ މައްސަލައަށް ބޮޑު ހައްލެއް، ތަރުހީބު ބޮޑު!

މާލެ އާއި ހުޅުމާލޭގައި ގިނައަދަދެއްގެ ޓެކްސީގެ ޚިދުމަތްދެމުންދިޔައިރު ޓެކްސީ ނުލިބުމުގެ މައްސަލައަކީ އާންމުންނަށް ކުރިމަތިވި ވަރަށް ބޮޑު މައްސަލައެކެވެ. ޚާއްސަކޮށް މާލޭގެ އެތެރޭގެ މަގުތަކުގައި ދުއްވަން ދެކޮޅުހަދާ ޓެކްސީ ޑްރައިވަރުން އުޅެއެވެ. ކާރޫބާރު ބޮޑު މަގުތަކުގައި އެތައްއިރެއް ޓްރެފިކްގައި ހޭދަކުރަންޖެހުމާއި، ހަނިހަނި މަގުތަކުގައި ދުއްވަން އުދަގޫވުން މިއީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުމެކެވެ. ސަރުކާރުން އެމްޓީސީސީ މެދުވެރިކޮށް 'މާލެ ޓެކްސީ ލައިން' ގެ ޚިދުމަތްފެށީ މި އޭޕްރީލްމަހުގެ 2 ވަނަ ދުވަހުގެ ރޭގަނޑުއެވެ. ފުރަތަމަ ދުވަސްކޮޅު ހިލޭ ޚިދުމަތްދެމުން އަންނައިރު އެމްޓީސީސީއިން ފާހަގަކުރާގޮތުގައި އާންމުންގެ ތަރުހީބު ވަރަށް ބޮޑެވެ. މާލެ އަދި ހުޅުމާލޭ ކޮންމެ މަގަކަށް ނުކުތްކަމުގައިވިއަސް މިދުވަސްކޮޅު ފެންނަނީ ކަސްޓަމަރުން ހިތްހަމަޖެހޭފަދަ ރީތި 'މާލެ ޓެކްސީ ލައިން' ގެ ކާރުތަކެވެ.

ތިމާވެއްޓާއި ރައްޓެހި ކާރުތަކެއް

ތިމާވެއްޓާއި ރައްޓެހި 150 އިލެކްޓްރިކް ކާރު ގެނައުމަށް ހަމަޖެހިފައިވާއިރު މީގެތެރެއިން ގިނަ އަދަދެއްގެ ކާރު ގެނެސް ޚިދުމަތްވަނީ ދޭން ފަށާފައެވެ. މީގެތެރޭގައި މާލޭގެ ހަނިމަގުތަކުގައި ދުއްވޭ 'ލުމިން' މޮޑެލްގެ 70 ކާރު ހިމެނެއެވެ. ޑްރައިވަރުގެ އިތުރުން 3 ފަސިންޖަރުންނަށް ތިބެވޭ މިކާރަށް ކުދި ލަގެޖްވެސް ލެވޭނެއެވެ.

Advertisement

ހުޅުމާލެ އަދި މާލެއާއި ހުޅުމާލޭގެ އިތުރުން އެއާޕޯޓާއި ދެމެދު ޓެކްސީ ދަތުރުކުރުމަށް ބޮޑެތި ކާރުވެސް ވަނީ ގެނެސް ޚިދުމަތްދޭން ފަށައިފައެވެ. 'ޑީޕަލް އެސްފައިވް މޮޑެލް'ގެ 60 ކާރު ހިމެނޭއިރު ޑްރައިވަރުގެ އިތުރުން 4 ފަސިންޖަރުންނަށް ތިބެވޭނެއެވެ. އަދި ކުރިއާއި ފަހަތަށްވެސް ލަގެޖު އެރުވޭނެއެވެ.

އަދި ޑީޕަލް އެސްސެވަން މޮޑެލްގެ 20 ކާރުވެސް ހިމެނޭއިރު މިކާރުތަކުގައިވެސް 4 ފަސިންޖަރުންނަށް ތިބެވޭނެއެވެ. އަދި ކުރިއާއި ފަހަތަށް ލަގެޖު އެރުވޭނެއެވެ.

ރައްކާތެރިކަމާއި ހިތްހަމަޖެހުން

ދަތުރުކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން ކާރުތަކުގައި ވަނީ 360 ޑިގްރީ ވިއުލިބޭގޮތަށް ސެކިއުރިޓީ ކެމެރާ ހަރުކޮށްފައެވެ.

ހުރިހާ ކާރެއްގައިވެސް ހުރީ ކަސްޓަމަރުންނަށް ފަސޭހައިން ތިބޭވެނެފަދަ އަރާމު ގޮނޑިތަކެކެވެ. މިއިން ކޮންމެ ކާރެއްގައިވެސް ވަނީ 'މާލެ ޓެކްސީ' ލޯގޯ އާއި ހޮޓްލައިން ނަންބަރު 1655 ލިޔެފައެވެ.

ކަސްޓަމަރުންގެ ފީޑްބެކް ރަނގަޅު

މާލެ ޓެކްސީ ލައިންއިން ޚިދުމަތް ހޯދި ބައެއް މީހުން ދެކޭގޮތް ބަލާލިއިރު ލިބިފައިވަނީ މުޅިންވެސް 'ޕޮޒިޓިވް ފީޑްބެކް' އެވެ. ސުވާލު ކުރި ގިނަ މީހުންވެސް ފާހަގަކޮށްފައިވަނީ މާލޭގައި ޓެކްސީ ލިބުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިފައިވާކަމަށެވެ. އަދި ހަނިމަގުތަކަށް ވަދެވޭފަދަ ކާރުތަކެއް ތަޢާރަފްކުރުމަކީ ލިބުނު ވަރަށް ބޮޑު ލުޔެއްކަމަށެވެ. ކުޑަކުދިންނާއި ބަލިމީހުން ގޮވައިގެން ތަންތަނަށް ދަތުރުކުރަންޖެހޭ މީހުންގެ ކަންބޮޑުވުން ހައްލުވެފައިވާކަމަށް ވަނީ ފާހަގަކޮށްފައެވެ. 

ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް ދަނީ މަސައްކަތްކުރަމުން 

'މާލެ ޓެކްސީ ލައިންގެ' ޚިދުމަތް ފެށުމަށްފަހު ވަކިމުއްދަތަކަށް ހިލޭ ޚިދުމަތްދޭތީ ޚިދުމަތް ހޯދަން ބޭނުންވާ މިންވަރު އިންތިހާއަށް ގިނައެވެ. މިއާއެކު 1655 އަށް ގުޅައިގެން ގިނައިރު ހޭދަވާކަމަށް ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެމްޓީސީސީއިން މައުލޫމާތުދޭގޮތުގައި އެޕްގެ ޚިދުމަތް ފެށުމާއެކު މިމައްސަލައަށް ހައްލު ލިބިގެންދާނެކަމަށް އުންމީދު ކުރެވެއެވެ. އަދި ކަސްޓަމަރުންގެ ޚިޔާލާއި އެއްގޮތަށް ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް އެމްޓީސީސީއިން ވަނީ މައުލޫމާތުދީފައެވެ. 

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް