ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15އަށް މަދުކުރައްވައި، 12 ވަޒީރުން އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާގޮތަށް މިރޭ ބަދަލުވަނީ ގެންނަވާފައެވެ. ރައީސް މިގޮތަށް ބަދަލުގެންނެވީ ވަޒީރުންގެ މަޖިލީހުންގެ 10 ބޭފުޅަކު މިއަދު އިސްތިއުފާ ދެއްވާފައިވަނިކޮށެވެ. ވަޒީރުންގެ މަޖިލީހަށް މި ގެންނެވި ބަދަލުތަކާއެކު މިއަދު ޢައްޔަންކުރެއްވި 12 ވަޒީރުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރެއްވި 12 ވަޒީރުންނާއި އެ ބޭފުޅުންގެ މަޤާމުތަކަކީ؛ މިނިސްޓަރ […]

10 ވަޒީރުން އިސްތިއުފާދެއްވީ ސަރުކާރު ހިންގެވުމަށް ރައީސް ގެންނަން ބޭނުންފުޅުވާ ބަދަލުތަކަށް ފުރުސަތުދެއްވުމަށް- ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެތެރެއިން 10 ވަޒީރަކު މިއަދު ވަނީ އިސްތިއުފާދެއްވާފައެވެ. ތިރީގައި މިވަނީ އިސްތިއުފާދެއްވި ވަޒީރުންގެ ތަފްސީލެވެ.  1- މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމުން މުޙައްމަދު ޣައްސާން މައުމޫން 2- މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމުން ޑޮކްޓަރ ޢަބްދުﷲ ޚަލީލް 3- މިނިސްޓަރ އޮފް ހެލްތްގެ މަޤާމުން ޢަބްދުﷲ ނާޡިމް އިބްރާހީމް 4- މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމުން ޠާރިޤު އިބްރާހީމް 5- މިނިސްޓަރ އޮފް ސޯޝަލް އެންޑް […]

'މާލެ ޓެކްސީ ލައިން' އާއި އެކު ޓެކްސީ ނުލިބުމުގެ މައްސަލައަށް ބޮޑު ހައްލެއް، ތަރުހީބު ބޮޑު!

މާލެ އާއި ހުޅުމާލޭގައި ގިނައަދަދެއްގެ ޓެކްސީގެ ޚިދުމަތްދެމުންދިޔައިރު ޓެކްސީ ނުލިބުމުގެ މައްސަލައަކީ އާންމުންނަށް ކުރިމަތިވި ވަރަށް ބޮޑު މައްސަލައެކެވެ. ޚާއްސަކޮށް މާލޭގެ އެތެރޭގެ މަގުތަކުގައި ދުއްވަން ދެކޮޅުހަދާ ޓެކްސީ ޑްރައިވަރުން އުޅެއެވެ. ކާރޫބާރު ބޮޑު މަގުތަކުގައި އެތައްއިރެއް ޓްރެފިކްގައި ހޭދަކުރަންޖެހުމާއި، ހަނިހަނި މަގުތަކުގައި ދުއްވަން އުދަގޫވުން މިއީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުމެކެވެ. ސަރުކާރުން އެމްޓީސީސީ މެދުވެރިކޮށް 'މާލެ ޓެކްސީ ލައިން' ގެ ޚިދުމަތްފެށީ މި އޭޕްރީލްމަހުގެ 2 ވަނަ ދުވަހުގެ ރޭގަނޑުއެވެ. ފުރަތަމަ ދުވަސްކޮޅު ހިލޭ ޚިދުމަތްދެމުން […]