1. 'ސެލްފް މެނޭޖްމެންމެންޓް އެޑިއުކޭޝަން' ވޯކްޝޮޕެއްގައި ބައިވެރިވުން
މިފަދަ ވޯކްޝޮޕެއްގައި ބައިވެރިވުމުން ތިރީގައިވާ ފައިދާތައް ލިބޭނެއެވެ. އަދި އަމިއްލަ ނަފުސަށް ހިތްހަމަޖެހުން ލިބޭނެއެވެ.
- އަމިއްލަ ސިއްހަތާމެދު އަމިއްލައަށް އޮންނަ ކޮންޓްރޯލް އިތުރުވާ ކަމުގެ އިހްސާސް ކުރެވުން
- ރިހުންތަކާއި އެހެނިހެން ތަދުތައް މެނޭޖްކުރެވުން
- ދުވަހުގެ މަސައްކަތްތައް ކޮށްލެވުން، ވަޒީފާއަށް ދިއުމާއި ލޯބިވާ މީހުންނާއި އެކު ވަގުތު ހޭދަކޮށްލުން ފަދަ ކަންކަމަށް ފުރުސަތު ލިބުން
- ސްޓްރެސް ދަށްވުން
- މޫޑް ރަނގަޅުވުން
- ސިއްހީ އެހީތެރިންނާއި މުއާމަލާތު ކުރުމުގައި އަމިއްލަ ސިއްހަތާއި މެދު ރަނގަޅަށް ވާހަކަ ދެކެވުން

2. ހަރަކާތްތެރިކޮށް އުޅުން
ހަރަކާތްތެރިކޮށް އުޅުމަކީ އާތްރައިޓިސް މެނޭޖް ކުރުމަށް އެއް ގޮތެވެ. 'ފިޒިކަލް އެކްޓިވިޓީ' އަކީ ބޭހަކާއި ނުލާ އެންމެ ފަސޭހައިން އާތްރައިޓިސްގެ ތަދު ކަނޑުވާލަދޭ ވަސީލަތެވެ. އަދި ގިނައިން ހަރަކާތްތެރިވެ އުޅެން ފެށުމުން މޫޑް ރަނގަޅުކޮށްދެއެވެ. އެހެނިހެން ބަލިތަކުން ދުރުކޮށްދެއެވެ. މިސާލަކަށް ހިތުގެ ބަލިތަކާއި ހަކުރު ބަލި ފަދަ ބަލިތަކުން ދުރުކޮށްދެއެވެ.
ހަކުރު ބައްޔާއި ހިތުގެ ބައްޔެއް ހުރި ނަމަވެސް ހަރަކާތްތެރިވެ އުޅެން ފެށުމުން އެ ފަދަ ބަލިތަކަށްވެސް ލުއި ލިބޭނެއެވެ.
3. ލަސްނުވަނީސް އެކަށީގެންވާ ފަރުވާ ހޯދުން
ހުޅުހުޅުގައި ރިއްސާނަމަ ނުވަތަ އެހެންވެސް އާތްރައިޓިސްގެ އަލާމާތެއް ހުރިނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދައްކަން ވާނެއެވެ. އަދި އެންމެ ގުޅޭ ފަރުވާ ހޯދަންވާނެއެވެ. ވީ އެންމެ އަވަހަށް ފަރުވާ ހޯދައިފިނަމަ އާތްރައިޓިސްގެ ހާލަތު ގޯސްނުވަނީސް ރިހުންތައް ކުޑަކުރެވޭނެއެވެ.
އާތްރައިޓިސްއަށް ފަރުވާ ކުރުމުގައި ސަމާލުކަންދޭންވީ ރިހުން ކުޑަކުރުމަށެވެ. އަދި ހުޅުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށެވެ.
ގަވާއިދުން ޑޮކްޓަރަށް ދެއްކުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ޑޮކްޓަރުން ދެއްވާ އިރުޝާދާ އެއްގޮތަށް ފަރުވާ ފުރިހަމަ ކުރުމަށް ކޮންމެ މަހަކުވެސް ގަވާއިދުން ޑޮކްޓަރަށް ދަންކަން ޖެހޭ ނަމަ އެކަން ކުރުން މުހިންމެވެ. އެއީވެސް އާތްރައިޓިސް މެނޭޖް ކުރުމަށް މުހިންމު ފިޔަވަޅެކެވެ.
4. ބަރުދަން ރަނގަޅުމިންވަރެއްގައި ހިފެހެއްޓުން
ބަރުދަން ލުއިކުރުމާއި ސިއްހަތު ރަނގަޅު މިންވަރެއްގައި ބަރުދަން ބެހެއްޓުމަކީ އާތްރައިޓިސް ހުންނަ މީހުންނަށް ވަރަށް މުހިންމު ކަމެކެވެ. ބަރުދަން ހުންނަންޖެހޭ ވަރަށްވުރެ މަތީގައި ހުރި މީހުންނާއި، އާދަޔާއި ހިލާފަށް ބަރުދަން އިތުރު މީހުންގެ ބަރުދަން ލުއިކޮށްފިނަމަ ހުޅުތަކަށް ކުރާ ބާރު ކުޑަވެއެވެ. އަދި އުނަގަނޑާއި ކަކުލު ހުޅަށްވެސް ލުއިކަން އިހުސާސްވާނެއެވެ. ކޮންމެ އުމުރެއްގެ މީހެއް ކަމުގައި ވިޔަސް އާތްރައިޓިސް ހުންނަ މީހެއް ނަމަ ބަރުދަން ލުއި ކުރުމަށް ހިގުމަކީ ރަނގަޅު ކަސްރަތެކެވެ.
5. ހުޅުތައް ރައްކާތެރިކުރުން
ހުޅުތަކަށް ލިބޭ ގެއްލުމުގެ ސަބަބުން އާތްރައިޓިސްގެ ހާލަތު އިތުރަށް ގޯސްވެދާނެއެވެ. ކަސްރަތެއް ހިޔާރު ކުރާއިރު ހުޅުތަކަށް ބުރަބޮޑުނުވާ ފަދަ ކަސްރަތެއް ހިޔާކުރާށެވެ. މިސާލަކަށް، ހިނގުން، ބައިސްކަލް ދުއްވުން، ފެތުން ކަހަލަ ހުޅުތަކަށް ކުރާ އަސަރު ކުޑަ ކަސްރަތެއް ކުރާށެވެ. މި ކަސްރަތު ތަކަކީ ހުޅުތަކަށް މާ ބޮޑު ބާރެއް ނުލިޔަސް ފަސޭހައިން ކޮށްލެވޭ ކަސްރަތުތަކެވެ.
މިފަސް ކަންތަކަކީ އާތްރައިޓިސް މެނޭޖް ކުރުމަށް ކުރެވިދާނެ ފަސް ކަންތަކެވެ. އަދި އަޖުމަ ބެލުމަށްފަހު ކާމިޔާބު ކަމަށް އެމެރިކާގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނާ ފަސް ކަންތަކެވެ.













