Advertisement
header ad
XeeTimesXeeTimes
ގާތުން ކިރުދޭއިރު އެއަންނަ ރިހުމަށް ކެބެޖުފަތުން ލުއި ހޯދާނެ ގޮތް! ސިއްޙަތު

ގާތުން ކިރުދޭއިރު އެއަންނަ ރިހުމަށް ކެބެޖުފަތުން ލުއި ހޯދާނެ ގޮތް!

ކުޑަދަރިފުޅު އުފަންވުމަށްފަހު އުމުރުން 6 މަސް ވަންދެން ދަރިފުޅަށް ދޭން އެންމެ ރަނގަޅީ މަންމަގެ ގާތުން ލިބޭ ކިރެވެ. ގާތުން ދޭ ކިރުގައި ކުޑަދަރިފުޅަށް ބޭނުންވާ ކާނާގެ ހުރިހާ މާއްދާތަކެއް އެކުލެވިގެންވެއެވެ. ފުރަތަމަ އަންނަ ރީނދޫ ކުލައިގައި ހުންނަ ކިރުން ދަރިފުޅުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށް ބަލިތަކުން ރައްކާތެރިކޮށްދެއެވެ. ހަމައެކަނި ގާތުން ދިނުމުން އެލާޖިކްވުމުގެ ފުރުސަތު ކުޑަވެއެވެ. ގާތުން ކިރުދޭއިރު ބައެއް މައިންނަށް ދިމާވާ އުނދަގޫތަކަށް ހައްލު ހޯދިދާނެއެވެ. މިގޮތުން އާންމުކޮށް ދިމާވާ މައްސަލަތަކުގެ ތެރޭގައި ވައްގަނޑު އެތެރެއަށް ވަދެފަ ހުރުން، ވައްގަނޑުގެ ކޮޅު ކަނޑައިގެންދިއުން، އުރަމަތީގައި ރިއްސުން ނުވަތަ ގަނޑުލުން ހިމެނެއެވެ. އަދި ބައެއް މައިންނަށް ކިރުދަތުރުކުރާ ހޮޅި ބެދުން ފަދަ ކަންތައް ދިމާވެއެވެ.

އުރަމަތީގައި ގަނޑުލުން

ދަރިފުޅަށް ބުއްދޭންވާ މިންވަރަށް ނުދެވޭނަމަ ގަނޑުލަފާނެއެވެ. އަދި އުރަމަތީގައި ހުންނަ ކިރު ބޭރުނުވުމުން މިހެން ދިމާވެއެވެ. މިގޮތަށް ދިމާވާނަމަ ތާފަނާފެނުން މަސާޖު ކުރެވިދާނެއެވެ. އަދި އުރަމަތި މާބޮޑަށް ހަރުވެ ދަރިފުޅަށް ކިރުދޭން އުނދަގޫވާނަމަ އަމިއްލައަށް ކިރުކޮޅެއް ނަގާލާށެވެ. ނޫނީ ޕަމްޕުވެސް ކުރެވިދާނެއެވެ.

Article - in content
Advertisement

ކިރުދިނުމަށްފަހު އައިސްޕެކް އަޅާލެވިދާނެއެވެ. ނުވަތަ ކެބެޖު ފަތް ގަނޑުކުރުމަށްފަހު އަޅާލެވިދާނެއެވެ. ރަނގަޅަށް ކެބެޖުފަތް ދޮވުމަށްފަހު ދުވާލަކު 1 ފަހަރު 20 މިނިޓް ވަންދެން އުރަމަތީގައި އަޅާފަ ބަހައްޓާށެވެ. ތަދަށް ލުއިލިބި ގަނޑުލުމަށްވެސް ހައްލު ލިބިގެންދެއެވެ. ކެބެޖުފަތް އަޅާއިރު ވައްގަނޑުގެ ކޮޅުގައި ނައަޅާ ބާކީހުންނަ ބައިގައި އަޅާށެވެ. 

ގާތުން ކިރުދޭއިރު ދިމާވާ މައްސަލަ އަމިއްލައަށް ހައްލު ނުކުރެވިއްޖެނަމަ ޑޮކްޓަރަށް ދައްކަން ވާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —