Advertisement
header ad
XeeTimesXeeTimes
އޮށްބޭހުގައި ހިމެނޭ ބުރޮޅިން ލިބިދޭ ފައިދާތައް ސިއްޙަތު

އޮށްބޭހުގައި ހިމެނޭ ބުރޮޅިން ލިބިދޭ ފައިދާތައް

ބުރޮޅިގަސް އާންމުކޮށް ހެދެނީ 20-40 މީޓަރު އުސްމިނަށެވެ. މިގަހުގެ ފަތެއްގެ ދިގުމިނުގައި ހުންނަނީ 10-20 ސެންޓިމީޓަރެވެ. ބަލާބެލުމަށް މިދިލިގަހެކޭ ހީވެދާނެއެވެ. ރީނދޫކުލައާއި ގާތްކުރާ މަޑުފެހި ކުލައިގެ މާ އަޅާ މިގަހުގައި ވަށްކޮށް އެއްކޮޅު ތަނޑެއްގެ ގޮތަށް ދިގުކޮށް ހުންނަ މުށިކުލައިގެ ބުރޮޅި އަޅައެވެ. ހަކީމީ ބޭސްވެރިކަމުގައި ބޭނުންކުރުމަށް މަޝްހޫރު ބުރޮޅީގެ ދެބާވަތެއް އަވަށްޓެރި ޤައުމުތަކުގައި ވެސް ހައްދައި އުޅެއެވެ. ބޭރުތޮށި އޮމާންކޮށް ހުންނައިރު އާންމުކޮށް ބޭހަށް ބޭނުންކުރަނީ ބުރޮޅީގެ ބޭރެވެ. ބައެއްކަހަލަ ބޭހަށް ބުރޮޅީގެ މަދުވެސް ބޭނުންކޮށް އުޅެއެވެ.

ބުރޮޅި ބޭނުންކުރާ ބައެއް ގޮތްތައް

ކަރުތެރޭގައި އުފެދޭ ޖަރާސީމު ރަނގަޅު ކުރުމަށް ލޮނާއި ވަކިފޫ އަދި ބުރޮޅި ބޭނުން ކުރެއެވެ. ބުރޮޅި މަދަކީ އެއްޗެހި ކަށިޖެހުމުން ފަރުވާ އަށް ބޭނުންކުރާ އެއްޗެކެވެ.

Article - in content
Advertisement

އެލާޖިކް ވުމުންނާއި ބޭރަށްހިންގުން، އަދި ހަމުގެ ބަލިތަކުގެ ފަރުވާއަށް ބުރޮޅި ބޭނުންކުރެއެވެ. އިސްތަށި ފޭބުން ކޮންޓްރޯލުކޮށްދީ ބަނޑުހަރުވުމުގެ އުނދަގުލުން ސަލާމަތްވުމަށް ބުރޮޅި ބޭނުން ކުރެވިދާނެއެވެ. ކެއްސުމާއި ނޭވާހިއްލާ މީހުން ވެސް ފަރުވާއަކަށް ބުރޮޅި ޕައުޑަރ މާމުއިއާއެކު ބޭނުންކުރާކަމަށް ވެއެވެ.

ބުރޮޅި މާގިނައިން ބޭނުން ކުރުމުން މޭނުބައިކޮށް ހޮނޑުލެވޭގޮތް ވާކަމަށް އެ ބޭނުންކޮށްފައިވާ މީހުން ވަނީ ބުނެފައެވެ. ބުރޮޅީގެ 40 އިންސައްތަ އަކީ ތެޔޮ ކަމުގައި ވެއެވެ.

މައުލޫމާތު: ނެޓްމެޑް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —