Advertisement
header ad
XeeTimesXeeTimes
ތައިރޮއިޑްގެ ކެންސަރ އަށް ފަރުވާހޯދާ ހައްވާ މޫސާ އެދެނީ ބޭސްފަރުވާ ފުރިހަމަކުރުމަށް އެހީއަށް! ސިއްޙަތު

ތައިރޮއިޑްގެ ކެންސަރ އަށް ފަރުވާހޯދާ ހައްވާ މޫސާ އެދެނީ ބޭސްފަރުވާ ފުރިހަމަކުރުމަށް އެހީއަށް!

ރ. އުނގޫފާރު ގުލްދަސްތާގެ އުމުރުން 63 އަހަރުގެ ހައްވާ މޫސާ އަށް ތައިރޮއިޑް ކެންސަރ ޖެހުނުކަން އެނގުނީ 2016 ވަނަ އަހަރުގައެވެ. އާއިލާއިން ހައްވާ މޫސާގެ ދަރިފުޅު މައުލޫމާތު ދިންގޮތުގައި އޭގެ ކުރިންވެސް ކަރު ހުރީ ކޮންމެވެސް ވަރަކަށް ދުޅަވެފައެވެ.

ހައްވާ މޫސާގެ ބަލިހާލަތާއި ގުޅޭގޮތުން ކިމްސް ހޮސްޕިޓަލުން ދީފައިވާ ލިޔުން

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ހިމެނޭ ގޮތަށް 6 ކުދިން ތިބިއިރު މިކުދިންގެ ބައްޕަ ވަނީ އަހަރުތަކެއްކުރިން ނިޔާވެފައެވެ. މިހާރު ހުރިހާ ކުދިން ބޮޑެތިވެފައިވާއިރު ހިތްވަރާއެކު އެކުދިން ބެލުމުގެ ޒިންމާ އުފުލީ ހައްވާ މޫސާއެވެ.

" ތައިރޮއިޑް ކެންސަރ ޖެހުމުން 2 ފަހަރެއްގެ މަތިން މަންމަ ވަނީ އޮޕަރޭޝަން ކޮށްފައި. ފުރަތަމަ އޮޕަރޭޝަން ކުރީ އިންޑިއާގެ ކިމްސް ހޮސްޕިޓަލުން. 2 ވަނަ އޮޕަރޭޝަން ކުރީ އާރުސީސީއިން. އެއަށްފަހު ޓްރީޓްމަންޓް ނަގަމުން އައީ".

Article - in content
Advertisement

އާއިލާއިން މައުލޫމާތު ދޭގޮތުގައި ހައްވާ މޫސާއަށް ފަރުވާދިނުމަށް މިއަހަރު މިއީ އިންޑިއާއަށް އާސަންދައިގެ ދަށުން ދާންޖެހުނު 2 ވަނަ ފަހަރެވެ. އެހެންވުމުން ބޭސްފަރުވާގެ އިތުރަށް އާސަންދައިގެ ދަށުން ޓިކެޓް ލިބުނީ ހަމައެކަނި ބަލިމީހާއަށެވެ. އެހީތެރިންގެ ޓިކެޓާއި ހުރުމާއި އިތުރު ޚަރަދުތައް ހަމަޖައްސަން ޖެހެނީ އަމިއްލައަށް ކަމަށްވުމުން މިއާއިލާއިން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

" ސްކޭން ކުރަން ދާން މިޖެހެނީ ބޭސް ހުއްޓާލާފަ. ބޭސް ހުއްޓާލީމަ އަނެއްކާ ކަރު ދުޅަވާންފެށީ. އެހެންވެ އަވަހަށް ފަރުވާދޭން މިޖެހުނީ. ޕެޓް ސީޓީ ސްކޭން މިއަދު ހެދުމަށްފަހު ދެން ކުރިއަށްހުރި ފަރުވާތަކުގެ ތަފްސީލް ލިބޭނީ". އިންޑިއާގައި ހުރެ 'ޒީޓައިމްސް' އަށް މައުލޫމާތު ދެމުން ހައްވާ މޫސާގެ ދަރިފުޅު ބުނެފައިވެއެވެ.

ބަލީގެ ވޭނުގައި އުޅޭތާ އެތައް އަހަރެއްވެފައިވާއިރު އާންމުކޮށް އުނގޫފާރުގައި ދިރިއުޅެމުން އަންނަ ހައްވާ މޫސާގެ އުންމީދަކީ މިބައްޔަށް ދާއިމީ ފަރުވާއެއް ލިބުމެވެ.

ހައްވާ މޫސާ އަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކުން އެހީތެރިވާނީ އެކައުންޓު ނަންބަރު 7717330994101 (ހައްވާ މޫސާ)

ނޯޓް: މިއީ ޒީޓައިމްސްއިން ގެނެސްދޭ މިފަދަ އެހީގެ 56 ވަނަ ރިޕޯޓެވެ. އިންސާނިއްޔަތަށްޓަކައި ކުރާ މިމަސައްކަތުގައި ކިޔުންތެރިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަމެވެ. މިގޮތަށް ލިބޭ އެހީ ޖަމާވަނީ ބަލިމީހާގެ އެކައުންޓަށެވެ. ޝުކުރިއްޔާ!

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —