Advertisement
header ad
XeeTimesXeeTimes
އިންވޭސިވް މެނިންގޯކޮކަލް ބަލި: ބަލީގެ 2 ބާވަތެއްވޭ، ޖެހިއްޖެނަމަ ބޮޑުވަރުވާލެއް އަވަސްވޭ! ސިއްޙަތު

އިންވޭސިވް މެނިންގޯކޮކަލް ބަލި: ބަލީގެ 2 ބާވަތެއްވޭ، ޖެހިއްޖެނަމަ ބޮޑުވަރުވާލެއް އަވަސްވޭ!

އިންވޭސިވް މެނިންގޯކޮކަލް ބައްޔަކީ 'ނައިސީރިއާ މެނިންގޓައިޑިސް' ކިޔާ ބެކްޓީރިއާއަކުން ޖެހޭ ބައްޔެކެވެ. މިއީ ވަރަށް މަދުން ޖެހޭ ބައްޔެއް ނަމަވެސް ބަލި ޖެހިއްޖެނަމަ ބަލީގެ ބޮޑުވަރުވާލެއް އަވަސްވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަކޮށްފައެވެ.

މި ބަލީގެ 2 ބާވަތެއް ވެއެވެ. އެއީ މެނިންޖައިޓިސް އާއި މެނިންގޯކޮކަލް ސެޕްސިސް އެވެ.

ފެތުރެނީ ކިހިނެއް؟

Article - in content
Advertisement

މެނިންގޯކޮކަލް ބަލިޖެހިފައިވާ މީހެއްގެ އަނގައިން ނުކުންނަ ކުޅުގައި ހުންނަ ޖަރާސީމު އެހެން މީހުންގެ ނޭވާލާ ނިޒާމު ތެރެއަށް ގޮސްގެންނެވެ.

ބަލިޖެހުމުގެ ފުރުސަތު ބޮޑީ ބަލިމީހަކާ ގާތްކޮށް ގިނަވަގުތު ހޭދަކުރާ ފަރާތްތަކަށެވެ. (އެއް ގެއެއްގައި އުޅޭ މީހުން، އެއްކޮޓަރިއެއްގައި ނިދި މީހުން، ބަލިމީހާގެ ކުޅު، އަރިދަފުސް ފަދަ ތަކެތީގައި ޖެހިފައިވާ މީހުން)

މެނިންގޯކޮކަލް ބަލި ހުންނަ މީހުންނާ ގާތް ގުޅުމެއް އޮންނަ މީހުންނަށް 'އެންޓިބަޔޮޓިކް ކީމޯޕްރޮފިލެކްސިސް' ދޭންވާނީ އިމިއުނައިޒޭޝަންގެ ހާލަތަށް ބެލުމެއް ނެތި، އެންމެ ރަނގަޅީ އިންޑެކްސް ބަލިމީހާ ދެނެގަނެވޭތާ 24 ގަޑިއިރު ފަހުން ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.

'ކްލޯޒް ކޮންޓެކްޓް' ކަމަށް ބެލެވެނީ ކޮންބައެއް؟

ބަލިމީހުންނާއި އެއްގެއެއްގައި ދިރިއުޅޭ މީހުން

ބަލިމީހާއާއި އެއްކޮށް މަތިންދާބޯޓުން ނޫނީ ބަހުގައި ވަރަށް ގިނަ އިރުވަންދެން ދަތުރުކޮށްފައިވާ މީހުން

ބަލިމީހާގެ ކުޅު ފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔަ އަކަށް ހުށަހެޅިފައިވާ މީހުން

'ކްލޯޒް ކޮންޓެކްޓް' ކަމަށް ނުބެލެވޭނެ މީހުން:

ބަލިމީހާއާއި އެއް ފެންފުޅިއަކުން ފެން ބޮއެ އެކުގައި ކައިބޮއެ ހަދާފައިވާ މީހުން، ބަލިމީހާ އާއި ކުޑަވަގުތުކޮޅަކަށް ދިމާވެފައިވާ މީހުން އަދި ބަލިމީހާގެ ސީދާ ކޮންޓެކްޓުންނާއި ދިމާވެފައިވާ މީހުން 'ކްލޯޒް ކޮންޓެކްޓް' ކަމުގައި ނުބެލެވޭނެ އެވެ.

ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައް:

ގިނަގިނައިން ސައިބޯނިލައިގެން އަތް ދޮވުން

އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުން

ރޯގާޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން. ޚާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތައް މިފަދަ ތަންތަނަށް ނުދިއުން. ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުން އަދި އެކުދިން އުރާ ނުހެދުން

ނުރައްކާތެރި އިންވޭސިވް މެނިންގޯކޮކަލް ބަލީގެ އަލާމާތްތައް:

ބޮލުގައި ރިއްސުން

ހުންއައުން

ކަނދުރާ ވާންވުން

މޭނުބައިކޮށް ހޮޑުލެވުން

ވާނުވާ ނޭނގޭ ގޮތްވުން

އަލިގަދަވުމުން އުނދަގޫވުން

ވަރުދެރަވުން

ނޭވާއަވަސްވުން

ފިޓުޖެހުން

ގައިގައި ރަތްބިހި/ ލައްތަކެއް ނެގުން

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —