Advertisement
header ad
XeeTimesXeeTimes
ބޭސް ނުލިބި ދަތިވީ ވިޔަފާރިވެރިން ގަސްތުގައި ބޭސް ގެނައުން ހުއްޓާލުމުން- ރައީސް ސިއްޙަތު

ބޭސް ނުލިބި ދަތިވީ ވިޔަފާރިވެރިން ގަސްތުގައި ބޭސް ގެނައުން ހުއްޓާލުމުން- ރައީސް

ފަހަކަށް އައިސް ސޯޝަލް މީޑިއާއިން ފެންނަމުން އައި އެއް ކަންބޮޑުވުމަކީ އާންމުކޮށް ބަލިމީހުން ބޭނުންކުރާ ބައެއް ބޭސްތައް ބޭސްފިހާރަތަކުން ހުސްވެފައިވާކަމުގެ ޝަކުވާއެވެ. މިގޮތަށް ބޭސް ނުލިބިގެން އެއްފިހާރައިން އަނެއް ފިހާރައަށް ދުވަންޖެހޭލެއް މަދެއް ނޫނެވެ. އެވަރުންވެސް ނުލިބޭ ބޭސްތައް އެންމެފަހުން ގެންނަން މިޖެހެނީ ރާއްޖެއިން ބޭރުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވަރަށް ސާފުކޮށް ބޭސް ނުލިބެން ދިމާވި ސަބަބު ވިދާޅުވެދެއްވާފައެވެ.

މިގޮތުން އާސަންދައިގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުން ހުއްޓުވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރެއިން 1000 އިންސައްތައިގެ ފައިދާ ލައިގެން އާސަންދައިގެ ތެރެއިން ބޭސްގެނައުން ހުއްޓުވުމަށް ސަރުކާރުން ވަނީ އަގުތައް ކުޑަކޮށްފައެވެ.

Article - in content
Advertisement

" ހަމަ ގަސްތުގައި ބައެއް ބޭސް ގެނައުން ހުއްޓާލީ. ހަމަ ޗޯކު ކޮށްލަން ވެގެން. ހުއްޓާލީމަ ތާށިތަކެއް ދިމާވެ އެސްޓީއޯ އަށް އިންޓައިމް ނުގެނެވުނީ ބޭސް އެހާ ވަރަށް" ރައީސް ވިދާޅުވިއެވެ.

އަސާސީ ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލު ކުރުމުގެ ގޮތުން 10 ބޭހެއް ފިޔަވައި އެހެން ހުރިހާ ބޭހެއް ގެނެސް މާލެއާއި ރަށްރަށުގައި ހުރި އެސްޓީއޯގެ ބޭސްފިހާރަތަކަށް ފޮނުވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބާކީހުރި ބޭސް ގެނައުމަށް ސަޕްލަޔަރުން ހޯދުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުން އަންނަކަމަށާއި ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —