Advertisement
header ad
XeeTimesXeeTimes
ތަހުމީނާއަށް އެހީގެ ގޮތުގައި 2 ދުވަހުން ދޮޅުލައްކަ ރުފިޔާ، އާއިލާއިން ވަނީ ޝުކުރު އަދާކޮށް އިތުރަށް އެހީނުވުމަށް އެދިފައި! ސިއްޙަތު

ތަހުމީނާއަށް އެހީގެ ގޮތުގައި 2 ދުވަހުން ދޮޅުލައްކަ ރުފިޔާ، އާއިލާއިން ވަނީ ޝުކުރު އަދާކޮށް އިތުރަށް އެހީނުވުމަށް އެދިފައި!

އދ. ހަންޏާމީދޫ ވިލާޑިލައިޓް ތަހުމީނާ މޫސާ (42އ) ގެ ބޭސްފަރުވާ އަށް އާންމުންގެ އެހީތެރިކަމަށް އެދި ރިޕޯޓާއި ވީޑިއޯ 'ޒީޓައިމްސް' އިން ގެނެސްދިނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގަނޑުއެވެ.

ވީޑިއޯ ފޭސްބުކް ޕޭޖުގައި ހިއްސާކުރިތާ 2 ދުވަސްތެރޭ ވަނީ 260،000 (ދެލައްކަ ފަސްދޮޅަސްހާސް) މީހުން ވީޑިއޯ ބަލާފައެވެ. ޓިކްޓޮކް އިން ވަނީ 84،000 ވިއުސް ލިބިފައެވެ. އަދި ތަހުމީނާ އަށް ވަނީ ފައިސާގެ އެހީގެ ގޮތުގައި 151،666 (އެއްލައްކަ ފަންސާސް އެއްހާސް ހަސްތޭކަ ފަސްދޮޅަސް ހަރުފިޔާ) އާންމުންގެ ފަރާތުން ލިބިފައެވެ.

ތަހުމީނާ އަށް ބޭސްފަރުވާއަށް ލިބުނު އެހީގެ މިންވަރު/ އެހީ ޖަމާވެފައިވަނީ ތަހުމީނާގެ ކޮއްކޮ އެކައުންޓަށް

އާއިލާއިން ވަނީ އިތުރަށް އެހީނުވުމަށް އެދިފައެވެ. އަދި މި ލިބުނު ފައިސާއިން ބޭސްފަރުވާއާއި އިންޑިއާގައި ހޭދަވާ މުއްދަތުގައި އިތުރުކަންކަމަށް ބޭނުންވާމިންވަރަށް ވާނެކަމަށް ބުނެފައެވެ.

Article - in content
Advertisement

2019 ވަނަ އަހަރު ސިކުނޑީގެ ވަރަށް ބޮޑު އޮޕަރޭޝަނެއް ކަމުގައިވާ ބައިލެޓަރަލް ޑީޕް ބްރެއިން ސްޓިމިއުލޭޝަން (ޑީބީއެސް) އަށްފަހު ސިކުނޑީގައި އިލެކްޓްރޯޑް ހަރުކޮށްފައިވާ ތަހުމީނާގެ ހާލަތު ގޯސްވީ މޭމަތީގައި ކަރަންޓް ސިގްނަލް ފޮނުވުމަށް ހަރުކޮށްފައިވާ ޑިވައިސްގެ ޗާޖުކުރުމަށް ދިމާވި މައްސަލައާއި ގުޅިގެންނެވެ. 'ޕާކިންސަން' ބަލި ތަހައްމަލު ކުރަންޖެހިފައިވާ ތަހުމީނާގެ ހާލަތު ހުރިގޮތުން ތުރުތުރުއަޅާވަރުން ރަނގަޅަށް އެއިރު ވާހަކަވެސް ނުދެއްކެއެވެ. އިއްޔެގެ ވަގުތެއްގައި އިންޑިއާއަށް ގޮސް ތަހުމީނާ ދަނީ ފަރުވާ ހޯދަމުންނެވެ. ހާލަތު އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ.

ބޭސްފަރުވާ ފުރިހަމަކުރުމަށް ތަހުމީނާ އަށް އާންމުންވެދިން އެހީތެރިކަމަށް އާއިލާ އާއި ޒީޓައިމްސްގެ ފަރާތުން ޝުކުރު ދަންނަވަމެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —