Advertisement
header ad
XeeTimesXeeTimes
އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނިއްޖެ! ސިއްޙަތު

އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނިއްޖެ!

އައިޖީއެމްއެޗް ހޮސްޕިޓަލުގެ އެންއައިސީޔޫއިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނިއްޖެއެވެ. ބެކްޓީރިއާ ފެނުމާއެކު ފިޔަވަޅުތައް އަޅައި ފެތުރުން ކޮންޓްރޯލްކޮށްފައިވާ ކަމަށް އައިޖީއެމްއެޗްއިން ވަނީ މައުލޫމާތުދީފައެވެ.

ސަރުކާރުގެ އެންމެ ގިނަދުވަސްވީ އަދި އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗް

އެންއައިސީޔޫއަކީ ނާޒުކު ހާލަތުގައި ތިބޭ ތުއްތުކުދިންނަށް ފަރުވާ ދިނުމަށް ޚާއްސަ ތަނަށްވާއިރު އެންއައިސީޔޫގައި ތިބި މަދު ކުދިންތަކެއްގެ ކިބައިން ފެނުނު 'މަލްޓި ޑްރަގް ރެޒިސްޓެންޓް އޯގަނިޒަމްސް' (އެމްޑީއާރްއޯ) އާއި ގުޅިގެން ހޮސްޕިޓަލުން ވަނީ އަވަސް ފިޔަވަޅު އަޅައިފައެވެ.

އައިޖީއެމްއެޗްއިން އާންމު ކުރި މެސެޖުގައިވާގޮތުން މި ކަން ފާހަގަވުމާއެކު ވަގުތުން ޖަރާސީމު ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅު ވަނީ އަޅާފައެވެ. މިއީ ނާޒުކު ހާލަތުގައި ފަރުވާދެމުން އަންނަ ބަލިމީހުންގެ މެދުގައި ފެތުރުމުގެ ފުރުސަތު އޮންނަ އިންފެކްޝަނެކެވެ.

Article - in content
Advertisement

ބަލިމީހުންނާއި މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަކަމަށް އައިޖީއެމްއެޗްއިން ވަނީ ބުނެފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —