Advertisement
header ad
XeeTimesXeeTimes
ހަށިގަނޑަށް ތާޒާކަން ލިއްބައިދޭ ކުދިކުދި ބަލިތަކުން ސަލާމަތްވެތިބުމަށް ބޯންވީ ލުނބޯފަނި! ސިއްޙަތު

ހަށިގަނޑަށް ތާޒާކަން ލިއްބައިދޭ ކުދިކުދި ބަލިތަކުން ސަލާމަތްވެތިބުމަށް ބޯންވީ ލުނބޯފަނި!

ލުނބޯޖޫސް ނުވަތަ ލުނބޯފަނި މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންކޮށްލަން ވަރަށްވެސް ފައިދާހުރި އެއްޗެކެވެ. ކޮންމެ ދުވަހަކުވެސް ލުނބޯފަނިތައްޓެއް ބޯންޖެހޭ ވަރަށްގިން ސަބަބުތައް ހުރެއެވެ.

ލުނބޯޖޫސް ބުއިމުން ހަށިގަނޑުގައި ވަރުޖެހި ހަކަތަ އިތުރުކޮށްދެއެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު ތާފެނާފެނުގެ ލުނބޯޖޫސް ތައްޓެއް ބުއިމުން އޭގައި ހިމެނޭ ގުދުރަތީ އެސިޑުގެ ސަބަބުން ކާތަކެތި ފަސޭހައިން ހަޖަމުކުރުމަށް އެހީތެރިވެދެއެވެ. އަދި ބަނޑުހަރުވުންފަދަ ކަންކަމުން ދުރުކޮށްދެއެވެ.

ލުނބޯގައި ވަރަށްގިނަ މިންވަރަކަށް ވިޓަމިން ސީ ހިމެނެއެވެ. އަދި ކޮލާޖެން ކިޔާ މާއްދާއެއްގެ ސަބަބުން ހަންގަނޑުގެ އޮމާންކަން ގެނުވައިދީ ކުދިލައްތައް ފިލުވައިދެއެވެ. އާންމުކޮށް ކޮންމެ ދުވަހަކުވެސް ލުނބޯފަނިތައްޓެއް ބޯނަމަ ހަންގަނޑު ރީތިވެފައި އޮމާންވާނެއެވެ.

Article - in content
Advertisement

ވިޓަމިންސީ ގިނަ މިންވަރަކަށް ހިމެނޭ ލުނބޯފަނި ބުއިމުން ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަކޮށްދީ ރޯގާޖެހުމާއި ހުންއައުންފަދަ ކަންކަމުން ދުރުކޮށްދެއެވެ.  

ލުނބޯފަނިން ލިބޭ ސިއްހީ ފައިދާތަކުގެ ސަބަބުން މިއީ ކޮންމެ ދުވަހަކު އަބަދުވެސް ބޭނުންކޮށްލަން ރަނގަޅު އެއްޗެކެވެ. ހަށިގަނޑަށް ބޭނުންވާ ފެނާއި، ހަޖަމުކުރުމާއި، ދިފާޢީ ބާރު އިތުރުކުރުމާއި، ހަމުގެ ދުޅަހެޔޮކަން ގެނެސް ހަށިގަނޑަށް ތާޒާކަން ލިއްބައިދޭ މި ބުއިމަކީ ތިބާގެ ދުޅަހެޔޮކަމުގެ ދަތުރުގައި މުހިންމު ބައިވެރިއެއްކަމުގައި ހަދާށެވެ. ލުނބޯ އަކީ ރާއްޖޭގައި ފަސޭހައިން ލިބެންހުންނަ އެއްޗެކެވެ. ހަށިގަނޑަށް މިހާ ފައިދާހުރި އެއްޗެއް ކޮންމެދުވަހަކުވެސް ބޭނުންކުރަން ފަށަން ވިސްނާށެވެ. ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ކަސްރަތުކުރާ ގަޑީގައިވެސް ލުނބޯޖޫސް ބޭނުންކުރެވިދާނެއެވެ.

މައުލޫމާތު: ނޭޗަރ.ޕީއެންޖީ

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —