May 19, 2024 00:57
Advertisement

-Advertisement-

ސުކޫލު ޗުއްޓީ ފެށިއްޖެ، މިކަންކަމަށް ބެލެނިވެރިން ސަމާލުވަމާ!

ސުކޫލު ދަރިވަރުންނަށް ބޮޑު ޗުއްޓީ އަނެއްކާވެސް ފެށުނީއެވެ. ދަރިންނަށް ކުރިޔަށް އޮތީ ވަރަށް މުހިންމު ދުވަސްވަރެކެވެ. ޖެހިގެން އޮތް ގްރޭޑްގައި 6 މަސް ދުވަހު ކިޔެވުމަށްފަހު ޑިސެންބަރުގައި އެ ގުރޭޑްވެސް ނިންމާލަން ޖެހޭ ގޮތަށް އޮތުމުންނެވެ.

ސުކޫލުތަކުގެ ބައެއް ބެލެނިވެރިންނާއި ވާހަކަ ދައްކާލުމުން ބައެއް ބެލެނިވެރިން ބުނަނީ ދަރިވަރުންގެ ފެންވަރު ދަށްވެދާނެތީ ކަންބޮޑުވާ ކަމަށެވެ. މި ޗުއްޓީގައި ދަރިންނަށް ކިޔަވައިދޭން ބޭނުންކަމަށް ބުނި ބެލެނިވެރިންވެސް މަދެއް ނޫނެވެ.

އެހެންނަމަވެސް ދަރިންނަށްވެސް ޗުއްޓީއެއް މުހިންމެވެ. ކިޔެވުމުގައި އަވަދިނެތި، ކުދިން އެ ކުރި ބުރަ މަސައްކަތަށްފަހު ތައުލީމީ އައު އަހަރެއް ފެށުމުގެ ކުރިން އެ ކުދިންނަށްވެސް "ބްރޭކެއް" ދޭން ވާނެއެވެ. މާ ގިނައިން ކިޔަވަން ބުނެގެން އެކުދިންލައްވާ މަޖުބޫރުން ކަންކަން ކުރުވުމުގެ ހިޔާލު ދޫކޮށްލާށެވެ.

Advertisement

ދަރިވަރުންގެ ޗުއްޓީ މޫސުމަކީ ބެލެނިވެރިންނާއި ކުދިންވެސް ވަރަށް "ބިޒީ" ވާ ދުވަސްކޮޅެކެވެ. މަޖާ އަދި ހިތްހަމަ ޖެހޭވަރުގެ ޗުއްޓީއެއް ހޭދަކުރުމަށް އާއިލާއަކުން އެތައް ޚަރަދެއް ކުރެއެވެ. ދަރިންނާ އެކު ރާއްޖެއިން ބޭރަށް، ރަށަކަށް ނުވަތަ ރިސޯޓުތަކަށް ގޮސް މާހައުލު ބަދަލުކޮށްލާ ހަދައެވެ.

ބައެއް ފަހަރު ދަރިވަރުންގެ ރޫޓިންތަކަށާއި، ދުވަހުން ދުވަހަށް ކުރާ ކަންކަމަށް ބަދަލު އައުމަކީ އެ ކުދިންނާއި ބެލެނިވެރިންނަވެސް ގޮންޖެހުމަކަށް ވެދާނެއެވެ. ބިޒީ ޝެޑިއުލަކަށްފަހު 'ސުކޫލް ބްރޭކެއް' ގައި  ހުސްވަގުތު ގިނަވުމަކީ ކުދިންނަށް އުނދަގޫ ކަމަކަށް ވެދާނެއެވެ.

ހުރިހާ ކުދިންނަށް އުފާވެރި ޗުއްޓީއަކަށް އެދެމުން ކުޑަކުދިންގެ ޚާއްސަ ސައިކޮލޮޖިސްޓް ޑރ. މެރެޑިތް ޑެނިސްގެ ބައެއް އިރުޝާދުތައް ހިއްސާ ކޮށްލާނަމެވެ.

އަހުލާގަށް ބަދަލުއައިސް ނޭދެވޭ އަމަލެއް ފެނިދާނެތީ ސަމާލުވޭ!

ޗުއްޓީގައި އަބަދު ދަރިން ލައްވާ ފޮތް ކިޔުވަން ނޫޅޭށެވެ. އެކުދިން ގަޔާވާ ކަމެއްގައި އެކުދިން ބޭނުން ވަގުތެއް ހޭދަކުރަންވެސް ފުރުސަތު ދޭށެވެ.

ރުޅިގަދަވުމާއި، ފުރައްސާރަކުރުމާއި، އިދިކޮޅަށް ބަސްބުނުން ނުވަތަ މޫނުމަތީގައި ޒުވާބުކުރުން ފަދަ އަމަލުތަކަކީ ދަރިން ބަލަހައްޓާ މީހުންނަށްވެސް އޭގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރުވާނެ ކަންކަމެވެ. މިފަދަ ގޮތަކަށް ދަރިންގެ އަޚުލާގަށް ބަދަލު އަންނަ ނަމަ، ދަރިފުޅު ކަމަކަށް އެންގޭޖްކޮށް ބެހެއްޓުމަށް އެއްޗެއް ބޭނުންވާކަން، ވަކިކަމެއް ކުރަން ބޭނުން ނުވާކަން ނުވަތަ ވަކި ކަމެއް ފުދޭވަރަކަށް ކުރެވިފައިވާ ކަމަށް ބުނަން މަސައްކަތް ކުރާކަމަށް ވެދާނެއެވެ.

ދަރިފުޅުގެ އަހުލާގަށް އަންނަ މިފަދަ ބަދަލުތަކުގެ ތެރޭގައި ރުޅިއައުމާއި، ދެވޭ އިރުޝާދުތަކަށް ކިޔަމަން ނުވުމާއި، ބޮޑާހޭކުންފަދަ ކަންކަމަކީ ދަރިން ބަލަހައްޓާ މީހުންނަށްވެސް ދިމާވާ އުނދަގުލަކަށް ވެދާނެއެވެ.

ޗުއްޓީގައި ދަރިފުޅުގެ އަހުލާގު ހިފަހައްޓަން ކުރެވިދާނެ ބައެއް ކަންކަން:

  • ތާވަލެއް ހަދައިގެން އެތާވަލާއި އެއްގޮތަށް ކުރިޔަށް ގެންދިއުން.

ވީހާވެސް ބޮޑަށް ވަކި ތާވަލެއް ހެދުމަށްފަހު ކުދިން އެއާއެއްގޮތަށް ހާނުވާށެވެ. އެ ރޫޓީން އާއި އެއްގޮތަކަށް ކަންކަން ކުރުމަށް ބާރުއަޅާ ހިތްވަރުދޭށެވެ. ކޮންމެ ދުވަހަކީވެސް އެެދުުވަަހެެއްްގެެ ލަަނޑުުދަަނޑިި ހާާސިިލްް ކުރެވޭ ދުވަހެއްނަމަ އޮނިގަނޑެއް ބިނާކުރެވި ރައްކާތެރިކަން އިހްސާސް ކުރެވޭނެއެވެ. ޗުއްޓީ ދުވަސްވަރު، ދުވަހުން ދުވަހަށް ކުރާ ކަންތައް ތަފާތުވި ނަމަވެސް އެއްގޮތަކަށް ކުރެވޭ ކަހަލަ ކަންކަން ހުންނާނެއެވެ. މިސާލަކަށް ހޭލާ ވަގުތާއި، ސާފުތާހިރުކަމާއި، ނިދާ ވަގުތާއި، ކުޅޭ ވަގުތެވެ.

ސުކޫލަށް ނުދިޔަކަމުގައި ވިޔަސް މިކަންކަމަށް ބުރޫ އަރުވާނުލާ ގަވާއިދުން އެއް ރޫޓީންއަކަށް މިކަންކުރެވޭނެ ނަމަ ކުއްޖާގެ އަޚްްލާގަށް ރަނގަޅު އަސާރުކުރާނެއެވެ. ކޮންމެ ދުވަހެއްވެސް ހިތްހަމަޖެހުމާއި އެކު މާ ބޮޑު ސްޓްރެސްއެއް ނެތި ކުދިންނާއެެކުު ބެލެނިވެރިންނަށް ހޭދަކުރެވޭނެއެވެ.

ޗުއްޓީއަށް ޝެޑިއުލެއް އެކުލަވާލުމުގައި ދަރިފުޅު ބައިވެރިކުރުމަކީ އެ ކުދިންނަށް އެކިކަންކަމުގައި ހަރަކާތްތެރިވުމަށް ފުރުސަތު ލިބި، އަމިއްލައަށް ކަމެއް ހާސިލްވީކަމުގެ އިހްސާސް ކުރެވި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވާނެ ކަމެކެވެ. އޭގެ ސަބަބުން ސިދާ ގޮތުން ކުއްޖާއަށް އަންނަ ނަފްސާނީ ނުތަނަވަސްކަމާއި، އެންޒައިޓީފަދަ ކަންކަމުން ދުރުކޮށްދެއެވެ. ޗުއްޓީ ޝެޑިއުލް ހަދާއިރު އަދި އެކި ކަންކަމުގެ ތެރެއިން ބްރޭކް ނެގުމާއި، މަޖާ ކަންކަން ހިމެނުމަކީ  ކުދިންގެ ހާސްކަން ފިލުވައިދިނުމަށް އެހީތެރިވެދޭނެ ކަންކަމެވެ. ތިޔަ ތައްޔާރކުރި ޝެޑިއުލާއި އެއްގޮތަށް ކުދިން އަމަލުކުރާނަމަ އެކުދިންނަށް އިނާމު ދިނުމާއި، ތައުރީފު ކުރުމަކީވެސް ކުދިންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެއެވެ.

  • ދަރިފުޅަށް އެކި ކަންކަން ހުށަހަޅާ އިހްތިޔާރުކުރުމަށް ފުރުސަތު ދިނުން

ބޭނުން ކަމެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ދިނުން ކުރަންޖެހޭ ބައެއް ކަމުގައި ނުވަތަ ބައިވެރިވާންޖެހޭ ބައެއް ހަރަކާތްތަކުގައި ދަރިފުޅަށް ބައިވެރިވުމުގެ އިހްތިޔާރު ނުލިބޭނެނަމަ، ބެލެނިވެރިން އަމިއްލައަށް އިހްތިޔާރުތަކެއް ހުށަހަޅައިގެން ދަރިންގެ އިހްސާސްތައް ކޮންޓްރޯލް ކުރެވިދާނެއެވެ. (މިސާލަކަށް ދަރިފުޅު ކުރަން ބޭނުން ނުވާކަމެއް: ގޭތެރެ ކުނިކެހުމުގައި ބެލެނިވެރިޔާ ބުނާ ކަމެއްގައި އެހީއެއްވެދިނުން، ބަދިގޭގައި އަތްގާތްކޮށްދިނުން ފަދަ ކަމެއް ދަރިން ކުރާހިތް ނުވާނަމަ އެކުދިން ބޭނުން ގޮތަކަށް އެކަމެއްގެ ތެރޭގައި ބައިވެރިވުމުގެ އިހްތިޔާރު ދެވިދާނެއެވެ. އަދި ދާން ބޭނުންވާ ދެތިން ތަނެއް ހުށަހަޅައިގެން ކުއްޖާއަށް ކޮންޓްރޯލްދީގެން ބައެއް ކަންކަން ނިންމިދާނެއެވެ. މިސާލަކަށް ބާޒާރުކުރަން ދާން ޖެހޭ ބެލެނިވެރިއަކު ދަރިފުޅު ގޮވައިގެން ފުރަތަމަ ދާނީ ބާޒާރަށްތޯ ނުވަތަ ޕޯސްޓް އޮފީހަށްތޯ ސުވާލުކޮށް ދަރިފުޅަށް އެކި ޗޮއިސްތައް ހުށަހެޅިދާނެއެވެ.

އަނެއް މިސާލެއްގެ ގޮތުން ދަރިފުޅަށް ކާން އިހްތިޔާރު ކުރެވޭނެ ކާނާގެ ވައްތަރުތައް ހުށަހެޅިދާނެއެވެ. އަދި ބެލެނިވެރިޔާ ހުށަހަޅާ ބާވަތްތަކުގެ ތެރެއިން ދަރިން ބޭނުންވާ އެއްޗެއް އިހްތިޔާރު ކުރުމަށް ދަރިންނަށް އެ ފުރުސަތު ދެވިދާނެއެވެ. އެހެންނަމަވެސް ބެލެނިވެރިޔާގެ ކޮންޓްރޯލްގެ ދަށުން މި ޗޮއިސްތަކަަށްް ގޮސް އެ ކުދިން އަމިއްލައަށް ބޭނުން ކޮންމެ އެއްޗެއް އިހްތިޔާރުކުރުމުގެ ފުރުސަތު ދީގެން ނުވާނެއެވެ. ޗޮއިސްތަކެއް ހުށަހަޅާއިރު ކޮންމެސް މިންވަރަކަށް ބެލެނިވެރިޔާގެ އަތުގައި ކޮންޓްރޯލްވެސް އޮންނަންވާނެއެވެ. އޭގެ ސަބަބުން އަބަދު އަޚުުލާގުން ހުުދޫޫދުުންް ބޭޭރުުނުުވެެ އުުޅެެން ކުދިންނަށް ދަސްވެގެންދާނެއެވެ.

  • ހަދިޔާ ދިނުން

ދަރިންގެ ކިބައިގައި ރަަނގަަޅުު އަހުލާގެއް ހަރުލެއްވުމަށް އެއް ގޮތަކީ އެކުދިން ކުރާ ރަނގަޅު ކަންކަމަކަށް ގިނަގިނައިން ތައުރީފުކުރުމެވެ. އެކަން ކުއްޖާއަށް ހަނދާންކޮށްދީ ބެލެނިވެރިން އެކަމާއި އުފާވާކަން ކުއްޖާއަށް ބުނެދީ އެ އިހްސާސް ކުދިންނަށް ކޮށްދޭން ވާނެއެވެ. އަދި ހަދިޔާ ދޭން ވާނެއެވެ. ހަދިޔާއެއް ލިބުމުން ކުދިން ޝުކުރު އަދާކުރޭތޯ ސުވާލުކުރަންވާނެއެވެ. މާމަ ނުވަތަ ކާފަ އަދި އެހެން މީހަކު ހަދިޔާއެއް ދިނުމުންވެސް ބަދަލުގައި ޝުކުރިއްޔާ ބުނުވަން އާދަކުރަންވާނެއެވެ. (މިސާލަކަށް: މާމައަށް ޝުކުރު އަދާކުރުމުގެ ރީތި ސިފަ ދަރިފުޅުގެ ކިބައިގައި ހުރުމުން ވަރަށް އުފާވޭ) މިފަދަ ގޮތަކަށް ދަރިފުޅުގާތު ބުނެވިދާނެއެވެ.

ޗުއްޓީއަކީ ޝޮޕިންގެ ވެސް މޫސުމެކެވެ. ބާޒާރު ކުރަންދާއިރު ދަރިިން ގޮވައިގެންދާން އުނދަގޫވެގެންވެސް ބައެއް މީހުން އުޅޭނެއެވެ. އެހެނީ އެ ކުދިންނަކީ ފެންނަހާ އެއްޗެއް ގަންނަ ބޭނުން ކުދިބަޔަކަށް ވެދާނެތީއެވެ. އަޑުއަހާ އިރުޝާދުތަކަށް ތަބާވާ ދަރިއަކަށް ހެދުމަށް، ބައެއް ފަހަރު ބާޒާރުކޮށްލަން ދާއިރުވެސް ދަރިފުޅު ގެންދާށެވެ. އަދި ބޭނުންހާ އެއްޗެއް ގަަންްނަަންް ފުުރުުސަަތުު ފަަހިިވެެފަައިި އޮޮންްނަަ ގޮތަށް ކުއްޖާގެ އަހުލާގު ބައްޓަން ވިޔަ ނުދިނުމާއި، ކުއްޖާއަށް ބެލެނިވެރިޔާއާއި އެކު ކެެތްްތެެރިިކަަމާާއެެކުު ކިއުގައި މަޑުކޮށް ހުރުމަށާއި، ފިހާރައިން ކޮންމެހެން ގަންނަން ޖެހޭ އެއްޗެއް ފިޔަވާ އެހެން އެއްޗެއް ނުގަތުމަށް ދަސްކޮށްދޭށެވެ. (މިސާލަކަށް: ދަރިފުޅު ބެލެނިވެރިޔާއާއި އެކު ބާޒާރަށް ދާއިރު ފެންނަހާ އެއްޗެއް ގަންނަން ބޭނުން ނުވެ ރީތިކޮށް އުޅެފިނަމަ، ކުޑަ ހަދިޔާއެއް ދިނުން) ދަރިފުޅު ބޭނުން ނަމަ މެޓައެއް ފަދަ ކުޑަ އެއްޗެއް އިހްތިޔާރު ކުރުމަށް ދަރިފުޅަށް ފުރުސަތުވެސް ދެވިދާނެއެވެ.

  • ރުޅި އިސްނުކޮށް ހަމަޖެހޭ، މަޑުމައިތިރިވެލާ

ދަރިފުޅު ރުުޅިިގަަދަަކުުރަަންް ފަށައިފިނަމަ ފުންނޭވާއެއްލާށެވެ. މަޑުމައިތިރިކަަމާާއެެކުު ރީތިކޮށް ޖަބާވުދާރީވެއްޖެނަމަ ދަރިފުޅުވެސް ހަމަޖެހިލައިގެން ހުރުމުގެ ފުރުސަތު ބޮޑުވާނެއެވެ. އިތުރަށް ދަރިން ރުޅި އެރުވުމުގެ ބަދަލުގައި ހަމަޖެހިގެން ވާހަކަ ދައްކާށެވެ. ދަރިފުޅުގެ ޖަޒްބާތުތައް ކޮންޓްރޯލް ކުރަން ވަގުތުކޮޅެއް ދޭށެވެ. މަޑުމައިތިރި ކަމާއެކު 'ނަން ޑިފެންސިވް މެނާ' އަކުން ވާހަކަ ދައްކާށެވެ.

  • މަޖާ ކަމެއް ރާވާލާ އުފެއްދުންތެރިވެލާ

ދަރިފުޅަށް ފޫހި ވަގުތުތައް ގިނަވެއްޖެނަމަ އެކުދިން ކޮންމެވެސް ކަމެއްގެ ތެރޭގައި ޝާމިލް ކުރުމަށް ކުރެވިދާނެ މަޖާ ބައިވަރު ކަންކަން ހުންނާނެއެވެ. ހޮލިޑޭ ކްރާފްޓެއް ހެދުން، ވީޑީއޯއެއް ރިކޯޑްކޮށްލުން ލަވައެއް ނުުވަަތަަ މަދަހައެއް ކިޔާލުން ގޭތެރޭގައި އުޅޭ އެހެން ކުދިންނާއެކު މަޖާ ކުރު ފިލްމެއް ކުޅެލާ ވީޑިއޯކޮށްލުން. ގުދުރަތީ މަންޒަރުތައް ފޮޓޯ އާއި ވީޑިއޯ ނަގާލާ އެޑިޓްކޮށްލުން، ތީމް ޑްރެސްއަޕް ޑޭއެއް ފާހަގަކޮށްލުން، ދުރުގައި ހުރި ގާތް މީހަކަށް ނުވަތަ ރައްޓެއްސަކަށް ސިޓީއެއް ލިޔެލުން، ކާޑެއް ހަދާލުން، އަދި އެ ސިޓީ/ކާޑު ޕޯސްޓްކޮށްދިނުން. ކޮޓަރީގެ ތަރުތީބު ބަދަލުކޮށްލުން، ރީ އެރޭންޖް ކޮށްލުން ފަދަ ކަމެއްވެސް ކޮށްލެވިދާނެއެވެ.

އާ ކަމެއް ހުނަރެއް ދަސްކޮށްލުން، ވޫލް ވިޔުން، ކެއްކުން، ފެހުން، ކުރެހުން، ކޭކް އެޅުން ފަދަ ކަމެއް ދަސްކުރުން، ގަހަނާ ހަދަން ދަސްކުރުން ނުވަތަ އަައުު ބަހެއް ދަސްކުރުން، އާ މައުލޫމާތު އެއްކުރުން ފަދަ ކަމެއްވެސް ކުރެވިދާނެއެވެ.  

ޕަޕެޓް ޝޯއެއް ކަހަލަ މަޖާކަމެއް ކުރުން، ގޯތިތެރޭގެ ބެކްޔާޑްގައި (މާލޭގައިނަމަ) ގެއާއި ކައިރި ޕާކެއް، ނުވަތަ ގޮނޑުދޮށްް ކަހަލަ ތަނެއްގައި ޕިކްނިކެއް ބާއްވާލުން ކަހަލަ ކަމެއް ކުރެވިދާނެއެވެ.

އެނބުރި ސުކޫލަށްދާން ދަރިން ދުރާލާ ތައްޔާރުކުރުން.

ދިގު ޗުއްޓިއަކަށްފަހު އެނބުރި ސުކޫލަށް ދިއުމަކީ އުނދަގޫ ކަމަކަށް ބައެއް ކުދިންނަށް ވެދާނެއެވެ. ބައެއް ކުދިން ތިބޭނީ އަދި ޗުއްޓީ ދިގުކޮށްލާ ހިތްވެފައެވެ. ބައެއް ކުދިން ސުކޫލު ނުހުޅުވިގެން ކެތްމަދުވެފައިވެސް ތިބޭނެއެވެ. ޗުއްޓީ ނިމެން ކައިރިވީމަ ދަރިން ސުކޫލަށްދާން ފަށަންވާއިރަށް ތައްޔާރީތައް ވާށެވެ. ކުރީގެ ފިލާވަޅުތައް މުތާލިއާކޮށްލުވާށެވެ. އެނބުރި ކުރީގެ ޝެޑިއުލަށް ރުޖޫއަވާން ދުރާލާ ވަގުތު އޮއްވާ ކުދިންނަށް ހަނދާން ކޮށްދޭށެވެ. އަދި އާ ގުރޭޑްގެ ފޮތްބައި ރެޑީކޮށް ކުއްޖާއަށް އެ ފޮތްތައް ބަލާލަންވެސް ވަގުތު ދޭށެވެ. ގުނަކުރާ ނަވަތަ އާއި ބަސްކޮށާރު ފަދަ އެއްޗެހި ކުދިންލައްވާ ކިޔުއްވާ އަލުން ރިވައިސް ކޮށްލާށެވެ. އަދި ޤުރުއާންގެެ ސޫރަތްތައް މުގައްރަރުގައިވާ ތަރުތީބުން މުރާޖައާ ކުރުވަން ފަށާ ކުއްޖާގެ ސިކުނޑި ޗުއްޓީ މޫޑުން މަޑުމަޑުން އަނބުރާލާށެވެ. ދެތިން ދުވަސް ކުރިޔާލާ ސުކޫލު ޔުނިފޯމާއި، ފޮތްބަޔާއި، ދަބަހާއި ބޫޓުވެސް ތައްޔާރުކޮށްލަން ކުދިންނަށް އެހީވެދޭށެވެ. ޓިއުޝަނާއި ޤުރުއާން ކުލާސްތަކާއި ކުޅިވަރު ކުލާސްތައް އަލުން ފެށޭކަން ހަނދާންކޮށްދީ އެކުދިންގެ ސިކުނޑި އެކަކަމަށް ތައްޔާރުވެލަން ދުރާލާ ވަގުތުދޭން ވާނެއެވެ.

+1
0
+1
1
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް