ސުކޫލު ޗުއްޓީ ފެށިއްޖެ، މިކަންކަމަށް ބެލެނިވެރިން ސަމާލުވަމާ!

ސުކޫލު ދަރިވަރުންނަށް ބޮޑު ޗުއްޓީ އަނެއްކާވެސް ފެށުނީއެވެ. ދަރިންނަށް ކުރިޔަށް އޮތީ ވަރަށް މުހިންމު ދުވަސްވަރެކެވެ. ޖެހިގެން އޮތް ގްރޭޑްގައި 6 މަސް ދުވަހު ކިޔެވުމަށްފަހު ޑިސެންބަރުގައި އެ ގުރޭޑްވެސް ނިންމާލަން ޖެހޭ ގޮތަށް އޮތުމުންނެވެ. ސުކޫލުތަކުގެ ބައެއް ބެލެނިވެރިންނާއި ވާހަކަ ދައްކާލުމުން ބައެއް ބެލެނިވެރިން ބުނަނީ ދަރިވަރުންގެ ފެންވަރު ދަށްވެދާނެތީ ކަންބޮޑުވާ ކަމަށެވެ. މި ޗުއްޓީގައި ދަރިންނަށް ކިޔަވައިދޭން ބޭނުންކަމަށް ބުނި ބެލެނިވެރިންވެސް މަދެއް ނޫނެވެ. އެހެންނަމަވެސް ދަރިންނަށްވެސް ޗުއްޓީއެއް މުހިންމެވެ. ކިޔެވުމުގައި އަވަދިނެތި، ކުދިން […]
