May 18, 2024 12:34
Advertisement

-Advertisement-

ވާހަކަ: މެންދަން - ދެވަނަބައި

"ދަރިފުޅާ. މިއީ މަންމަގެ ނަސީބު" ވަރަށް ބަސްއަހައިގެން އުޅޭތި" ޝަރީފާ ބުނެލިއެވެ.

ޝަރީފާގެ އެކަނިވެރި ދިރިއުޅުމަށްފަހު މިހާރު ދިރިއުޅެނީ އުފަލުންނެވެ. ކުރިން ކުޑަކުޑަ ޝީމާ ބަލަހައްޓަމުން ދިޔައީ އެކަނިމާ އެކަންޏެވެ. ނަމަވެސް މިހާރު ޝީމާ ބޮޑުވެ ދެމީހުންނަށް އާމްދަނީ ލިބެންފެށުމުން ދެމީހުންވެސް ތިބެނީ ވަރަށް އުފަލުންނެވެ.

މަސައްކަތް ނިންމާލާފައި ގެއަށް އައިސް ޝަރީފާ ބެލީ ގޭތެރޭގެ ކަންތައް ހަމައަކަށް އަޅުވައިލުމަށެވެ. ގޭތެރޭގައި މޮޕްލައި އަބަދުވެސް ސާފުކޮށް ބެހެއްޓުމަކީ ޝަރީފާގެ އާދައެކެވެ. ގޭތެރެ މޮޕް ކޮއްލާފައި ދޮވެފައި ހުރި އަންނައުނުތައް ބޭރުގައި ހިއްކަން އަޅުވަން ނިކުތްތަނާހެން މީހަކު ސަލާމް ގޮވައިލިއަޑަށް ބަލައިލިއެވެ. ކައިރީގައި ހުރީ އިބްރާހިމްފުޅެވެ. އަތުގައި މަރުތޭލަކާއި ދަބަހެއް އޮތެވެ.

Advertisement

"ކީއްކުރަން ތިއުޅެނީ" އިބްރާހިމްފުޅު ފެނުމުން ޝަރީފާ އަހައިލިއެވެ.

"ހެނދުނު ގުޅީމެއްނު މިގޭ ފުރާޅު ރަނގަޅުކޮއްލަދޭން" އިބްރާހިމްފުޅު އެހެން ބުނުމުން ޝަރީފާ ހަނދާންވިއެވެ.

ޝަރީފާ ގޮވައިލީ ޝީމާ އަށެވެ. ޝަރީފާ އަންނައުނުތައް ހިއްކަން އަޅުވާފައި އަންނަންދެން އިބްރާހިމްފުޅުގެ ގާތުގައި މަޑުކޮއްލަދޭށެވެ.

"ލަހެއް ނުވޭ. އަހަރެން މަޑުކޮއްލާނަން" އިބްރާހިމްފުޅުގެ ގާތުގައި ހުރި ގޮނޑިއެއްގައި އިށީނެވެ.

ޝަރީފާގެ މަސައްކަތް ނިންމާލާފައި އައިސް އިބްރާހިމްފުޅުގެ ގާތުގައި އިށީނެވެ. އިބްރާހިމްފުޅަކީ ޝަރީފާ ކައިވެނި ކުރުމުގެ ކުރިންވެސް ޝަރީފާގެ ގާތުން އިންނަން އަހަމުން ދިޔަ މީހެކެވެ. ނަމަވެސް އެކަމަށް ޝަރީފާ އިންކާރު ކުރިއެވެ. ނަމަވެސް ދޮންއާދަނާއި ޝަރީފާ ކައިވެނި ކުރިފަހުންވެސް އިބްރާހިމްފުޅަކީ ވަރަށް ރަނގަޅު މީހެކެވެ. ކޮންމެ ކަމެއް ޖެހުނަސް އެކަމެއް ކޮއްލަދޭނެއެވެ. މިރަށުންވެސް ޝަރީފާގެ އާއިލާއަށް ކަމެއް ކޮއްލަދޭ މީހަކަށް ހުންނަނީވެސް އިބްރާހިމްފުޅެވެ. އަދި މަސައްކަތް ކޮއްލަދިނަސް ދުވަހަކުވެސް އެކަމަށް އަގެއް ނުނަގާނެއެވެ. އެކަމަކު އެއީ މިހާރު ތިންކުދިންގެ ބައްޕައެކެވެ. އަދިވެސް ޝަރީފާގެ އާއިލާ އާއި މެދު އޮންނަ ހިތްހެޔޮކަމުގެ ގުޅުމަށް ބަދަލެއް ނާދެއެވެ. އިބްރާހިމްފުޅު ފުރާޅަށް އެރުމުން އަނެއްކާވެސް ޝަރީފާ އޭނަގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ޝީމާވެސް ތައްޔާރުވަމުން ދިޔައީ އެކެއް ޖަހާއިރަށް ފިހާރައަށް ދާށެވެ. ފިހާރައިގެ ތަޅުދަނޑި އޮތީ ޝީމާގެ އަތުގައިކަމުން ޝީމާ ދިޔައީމަ ނޫނިއްޔާ ފިހާރައެއް ނުހުޅުވޭނެއެވެ. އެހެންވުމުން ޝީމާ އަވަސްއަވަހަށް ތައްޔާރުވެލައިގެން ފިހާރައަށް ދާން ހިނގައިގަތެވެ.

"ދަރިފުޅާ. ނުކައިތަ ތިދަނީ" ޝީމާ ފިހާރައަށް ދާން ހިނގައިގަތުމުން މަންމަ ބުނެލިއެވެ.

"މިހާރު މާލަސްވެއްޖެ. އެހެން ނޫނަސް ބަނޑުހައިވެސް ނުވޭ. ދެން ފިހާރައިން ޕެކެޓެއް ބޯލާނަން މިއަދު" ޝީމާ ޖަވާބު ދިނެވެ.

ޝީމާ ދިއުމުން ޝަރީފާ ގޮސް އިބްރާހިމްފުޅު އުޅޭ ހިސާބެއް ބަލައިލިއެވެ. އަދިވެސް އިބްރާހިމްފުޅުގެ މަސައްކަތެއް ނުނިމެއެވެ.

"ވަރަށް ބޮޑަށް ހަލާކުވެފައި މިއޮތީ. މިވަރުވީއިރުވެސް އަހަންނަށް އަންގާވެސް ނުލަމެއްނު" އިބްރާހިމްފުޅު ބުނެލިއެވެ.

"ދެން ފަހަރަކުން އަންގާލާނަން. މާބުރަކޮށް އުޅެންވީމަ ހަދާންވެސް ނެތެނީ" ޝަރީފާ ބުނެލިއެވެ.

ޝަރީފާ ޖޫސްތައްޓެއް ހަދައިގެން އައިސް އިބްރާހިމްފުޅަށް ދިނެވެ. ޝަރީފާއަށް ޖެހޭ މިކަހަލަ ކަންތައް ކޮއްލަދޭތީ އަބަދުވެސް ގޮވާލެވެނީ އިބްރާހިމްފުޅަށެވެ. އެކަނިމާ އެކަނި އުޅުނު އިރުވެސް އެނޫން މީހެއްގެ އެހީއެއް ނުލިބެއެވެ.

"ކޮބާ ދަރިންގެ ހާލަކީ" ޝަރީފާ ބޭނުންވީ އެމީހުންގެ ހާލު އަހައިލާށެވެ.

"ދަރިން ރަނގަޅު. އެކަމަކު" އިބްރާހިމްފުޅުގެ ވާހަކަ ހުއްޓުނެވެ.

"ކިހިނެއްވީ ބަލީތަ" ޝަރީފާގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ.

"ނޫން. އެކަމަކު އަންހެނުންގެ މާ ޒީލަ ގަދައީ" އިބްރާހިމްފުޅު ބޭނުންވި މަޢުލޫއަށް އަނބުރައިލީ ގަސްތުގައެވެ.

"ބައެއްފަހަރު ވާނެ ޒީލަ ގަދަވާން. އެހެން ނޫނިއްޔާ ފިރިހެނުން މައިތިރި ނުވާނެ. އެމީހުން ބައިތިއްބަންވާނީ އަބަދުވެސް ސައިޒުގައި. އެހެން ނޫނިއްޔާ އެކެއްވެސް މަދުވާނެ. މަދުވެގެން 3 ހޯދަން ވާނެ" ޝަރީފާ ހޭން ފެށިއެވެ.

"އަހަރެންވެސް ވަރަށް ލައިކްވޭ އިތުރުކޮއްލަން" އިބރާހިމްފުޅު ސީދާ ބޭނުންވާ އެތި ބުނެލިއެވެ.

"ދެން ހޯދަބަލަ. އެކަމަކު އަހަންނެއް ނޫން" ޝަރީފާ އަވަހަށް ސަލާމަތްވިއެވެ.

"ދެން ކާކު. އެއްވެސް މީހަކު އަހަންނާއި ދިމާލަށް ބަލާވެސް ނުލާ. ހީވަނީ މަގޭ އަންހެނުންދެކެ ބިރުންހެން" އިބްރާހިމްފުޅު ބުނެލިއެވެ.

ދެމީހުންގެ ވާހަކައިގައި ތިއްބާ އަސްރުނަމާދަށް ބަންގި ގޮވި އަޑަށް އިބްރާހިމްފުޅު ތެދުވެގެން ދާން ހިނގައިގަތެވެ. މިސްކިތަށެވެ. އެމަންޒަރު ބަލަން ޝަރީފާ ހުއްޓެވެ. އިބްރާހިމްފުޅަކީ ބަރާބަރަށް ނަމާދު ކުރާ ރަނގަޅު މީހެކެވެ.  އޭނާ ޝަރީފާގެ ގާތުން އިންނަން އަހަމުން ދިޔަ ނަމަވެސް އަމުދުން މިހާރު އެކަން ކުރާކަށް ޝަރީފާ ބޭނުން ނުވަނީ ދެ އަންބައް އިންނަން ބޭނުން ނުވާތީއެވެ. އަދި އަމުދުން އިބްރާހިމްފުޅުގެ ތިން ދަރިންގެ ދޮންމަންމަ އަކަށް ވާން ބޭނުން ނުވާތީއެވެ. އެގޮތަށް ކައިވެނި ކޮއްފިނަމަ މިހާރު މިއުޅޭ މިނިވަންކަމާއި އެކު ނޫޅެވޭނެކަން ޝަރީފާ ގަބޫލު ކުރެއެވެ. އެހެން ނޫންނަމަ އެއީ ހަމަ ޖަވާހިރެކެވެ. އިބްރާހިމްފުޅުގެ އަނބިމީހާގެ ގޮތް ޝަރީފާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

ފަތިހުގެ ބަންގި އާއި އެކު ޝަރީފާ އާދައިގެމަތިން ހޭލިއެވެ. އަދި ޝީމާއަށް ގޮވައި ނަމާދު ކުރަން ނެގިއެވެ. ހެނދުނު ހެނދުނާއި ދެމީހުންވެސް ވަޒީފާއަށް ދާން ޖެހޭތީ އެއިގެ ކުރިން ގޭތެރޭގައި ހުރި މަސައްކަތް ނިންމާލެވޭތޯ މަސައްކަތް ފެށިއެވެ. ދެމީހުންގެ މަސައްކަތުން ގޭތެރޭގެ މަސައްކަތް ނިންމާ ސައިބޮއި ނިމުނުއިރު ގަޑިން ހަތްގަޑި ބައިވަނީއެވެ. އަށެއް ޖަހާއިރަށް ޝީމާ ފިހާރައަށް އަދި ޝަރީފާ ފާއިޒުމެންގެ ގެއަށް ދާން ޖެހެއެވެ. މިއަދަކީ ފާއިޒުގެ ބައްޕަ ޑޮކްޓަރަށް ދާން ޖެހޭ ދުވަސްކަމުން ގޭގައި އުޅޭނީ ފާއިޒުގެ މަންމަ އެކަންޏެވެ. ޝީމާ އާއި އޭނަގެ މަންމަ ވަޒީފާއަށް ދާން ހިނގައިގަތީ އެކީގައެވެ. އަދިވެސް ޝަރީފާ ދެކޭ ގޮތުގައި ޝީމާއަކީ ކުޑަކުއްޖެކެވެ. ދެމީހުން ހިނގަމުން ގޮސް ވަކި ހިސާބަކުން ވަކިވިއެވެ. ދެމީހުން ދެތަނަކަށް ވަޒީފާއަށް ދާން ޖެހޭތީއެވެ. ޝީމާ ގޮސް ފިހާރަ އާއި އަރައި ހަމަވިއިރު ފިހާރާގައި ގެންގުޅޭ ބިދޭސީ މީހާ ހުއްޓެވެ. ޝީމާ ލަސްވެގެންނެވެ. ފިހާރައިގެ ވިޔަފާރި މިހާރު ވަރަށް ރަނގަޅެވެ. ޝީމާ ފިހާރަ ހުޅުވާލާފައި ގޮސް ކައުންޓަރުގައި އިށީނެވެ. އަދި ފިހާރައިން މަދުވެފައިވާ ތަކެތީގެ ލިސްޓެއް ހަދަމުން ދިޔައީ ބިދޭސީ މީހާގެ އެހީތެރިކަމާއި އެކުގައެވެ. ޝީމާމެން މަސައްކަތުގައި ތިއްބާ ކުއްލިއަކަށް އެފިހާރައަށް އައިސްވަނީ ފާއިޒެވެ. އަތުގައި ފޮތަކާއި ގަލަމެއް އޮތެވެ. ފިހާރައަށް ވަދެގެން އައިގޮތަށް އައިސް ކައުންޓަރު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނެވެ.

"އަހަރެން ވަރަށް އުފާވެއްޖެ ތިދެމީހުންގެ މަސައްކަތް ފެނިފައި" ފާއިޒު އޭނަގެ މުވައްޒަފުންނަށް ތަޢުރީފް ކުރަމުން ދިޔައެވެ.

"އަހަރެން އެބަ ގަސްތުކުރަން ފިހާރައަށް ބޭނުންވާ މުދާ ގަންނަން ޝީމާ ބޭރަށް ފޮނުވަން. މިބުނީ ބެންކޮކަށް" ފާއިޒް ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ މުވައްޒަފުން އަޑުއަހަން ތިއްބެވެ.

"އަޅުގަނޑު އެކަނި އަދި ދާކަށް ނުކެރޭނެ" ޝީމާ ބުނެލިއެވެ.

"ތިވީ މާ ރަނގަޅަކަށް. އަހަރެންވެސް ދާނަން ޝީމާ އާއި އެކީ" ފާއިޒް ބޭނުންވީ ޝީމާ އާއި އެކު ދާށެވެ.

"މަންމަގެ ހުއްދަ ހޯދާލާފައި ބުނާނަން" ޝީމާ ބޭނުންވީ އޭނަގެ މަންމަގެ ހުއްދަ ހޯދާށެވެ. އަދި އަމުދުން އަންހެން ކުއްޖަކަށް ވާތީ އެކަނި ދާންވެސް ނުކެރެނީއެވެ.

"އޯކޭ. ހިއެއްނުވޭ މަންމަ  ނޫނެކޭ ބުނާނެހެން" އެހެން ބުނެފައި ފާއިޒު ދާން ހިނގައިގަތެވެ.

ޝީމާގެ ހިތުގައި ނުތަނަވަސްކަން ވެރިވިއެވެ. އަދި އަލަށް ހިލޭ މީހަކާއި އެކު ރާއްޖެއިން ބޭރަށް ދާން ޖެހޭތީއެވެ. ޝީމާގެ މަސައްކަތް ހުއްޓުން އެރިއެވެ. ދެން ހަދާނެ ގޮތަކާއި މެދު ވިސްނަން ފެށުނެވެ. މަންމަގެ ގާތުގައި ބުނެފިއްޔާ މަންމަ ދޭނީ ކޮން ޖަވާބެއް ބާއެވެ. އާނ އެކޭ ބުނެ ހުއްދަދީފިއްޔާ ދެން ކަންތައް ކުރާނީ ކިހިނެއްތޯއެވެ. އަދި އެ ދަތުރުގައި ނުގޮސްފިއްޔާ ވަޒީފާ ގެއްލިދާނެ ބާއެވެ. މިކަހަލަ ޚިޔާލު ތަކެއްގައި އިންދާ ޝީމާ ސިއްސައިގެން ދިޔައީ ބިދޭސީ މީހާ އައިސް ޝީމާ ހަވާލު ކުރި ލިސްޓް ނިމުނު ކަމަށް ބުނުމުންނެވެ. އަދި އެލިސްޓަށް ބޭނުންވާނެ ފައިސާ ކައުންޓަރުގެ ވަތްގަނޑުން ނަގައި އޭނާގެ އަތަށް ދިނެވެ. އަދި މިއަދު ކޮންމެހެން ހޯދަންޖެހޭ ތަކެތި ހޯދުމަށްފަހު އެހެންތަކެތި މާދަމާ ހޯދިޔަސް އެންމެ ރަނގަޅު ކަމަށް ބުނެލިއެވެ.
"މިއަދު ވަރަށް ބިޒީނު. އޯކޭތަ މާދަމާ ހޯދިޔަސް" ބިދޭސީ މީހާ ބުނެލިއެވެ.

"ނޫން. ބޮސް އެންގްރީ ވާނެ. ތިއީ މިއަދު ހޯދަން ޖެހޭ އެއްޗެއް" ޝީމާ ބުނެލިއެވެ.

"މެޑަމް ބޭރަށް ދާން ދޯ ތިއުޅެނީ. އަހަރެންވެސް ގެންދަންވީނު" ބިދޭސީ މީހާ އެދުނެވެ.

"ކަމާލް ބޮސްގެ ގާތުގައި ބުނޭ. އެހެންނޫނަސް ދެން ފިހާރައިގެ ކަންތަކާއި ހަވާލުވާނީވެސް ކަމާލެއްނު ދޯ. އެއިރުން ތިވާނީ ބޮސްއަށް" ޝީމާ ހޭންފެށިއެވެ. ޝީމާ ބޭނުންވަނީ ކަމާލްވެސް ހިތްހަމަޖައްސައިގެން އުޅޭށެވެ.

= ނުނިމޭ =

+1
0
+1
2
+1
5
+1
0
+1
0
+1
1
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް