May 5, 2024 19:42
Advertisement

-Advertisement-

ބަނޑުހިކުމުގެ މައްސަލައިން ދުރުވުމަށް އަނގަޔަށް މީރު މި މޭވާ ކާންވީ ކީއްވެ؟

ޖޭމުގަހަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ވަރަށް ފަސޭހައިން ހެދޭ ގަހެކެވެ. މިގަހަކީ 3-12 މީޓަރުގެ އުސްމިނުގައި ހެދޭ، ފަތެއްގެ ދިގުމިނުގައި 4-14 ފުޅާމިނުގައި 1-4 ސެންޓިމީޓަރު ހުންނަ ގަހެކެވެ. ގަދަފެހިކުލައިގައި ހުންނަ މި ފަތުގެ މަތީބައިގައި ކެހެރި ފާޑެއްގެ އެއްޗެއް ހުރެއެވެ. މިގަހުގައި އަޅާ މާ ހުންނަނީ ހުދުކުލައިގައެވެ. މިގަހުގެ ރީނދޫ ކުލައަށް ހުންނަ ލަކުޑިއަކީ ކުރީ ޒަމާނުގައި ކައްކަން ދަރުގެ ގޮތުގައި ބޭނުންކުރި އެއްޗެކެވެ. ފަސޭހައިން އަލިފާން ހިފާ ގިނައިރު ނުނިވި ހުންނަ ލަކުޑިއެކެވެ. މިގަހުގައި އަޅާ މޭވާއަކީ އާންމުކޮށް ކުޑަކުދިންނަށް ވަރަށް މީރު އެއްޗެކެވެ. ކަފަލޮލީގެ ރަހައާއި ގާތްކުރާ ރަހައެއްލާ މި މޭވާއަކީ ގިނައަދަދަކަށް ފައިބަރު މާއްދާ ހުންނަ ބަނޑުހިކުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. ޖޯޑެއްގެ ޖޭމުން ފަނިގިރާލައިގެން ބުއިމުން ފާޚާނާކުރަން ފަސޭހަވާނެއެވެ. ޖޭމުގައި އެންޓި އޮކްސިޑެންޓާއި ފައިޓޮކެމިކަލް ހިމެނޭތީ ކެންސަރު ބަލިން ދިފާއުކޮށްދެއެވެ.

މި ދުވަސްކޮޅު ގިނަ ގަސްތަކުގައި ހުރި ޖޭމުތައްހުރީ ދޮންވެފައެވެ. ބިނދެގެން ކެއުމުގެ ކުރިން ރަނގަޅަށް ދޮންނަން ހަނދާންކުރާށެވެ. ސަބަބަކީ މިމޭވާއަކީ ވާލާއި ކާޅު ކައިއުޅޭ މޭވާއެއް ކަމުން އެތަކެތީގެ ނަޖިސް ހޭކިފައި ހުރުން އެކަށީގެންވާތީއެވެ. ޖޭމުގަސް ރާއްޖޭގެ ރަށްރަށުގައި ވަރަށްގިނައިން ހެދިފައި ހުރެއެވެ. މިގަހަކީ ހިޔާދޭ މީރު ފައިދާހުރި މޭވާއެއް އަޅާ ގަހެއްކަމުން މިގަސް ގިނައިން ހައްދާ ގަހުގެ ބޭނުން ހެޔޮގޮތުގައި ހިފަމާތޯއެވެ.

މައުލޫމާތު: އެންޕާކްސް

Advertisement
+1
0
+1
0
+1
3
+1
0
+1
0
+1
0
+1
1

Advertisement

ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު

  1. ލިޔުން ފައްކާ. އެކަމަކު (ޖޯޑެއްގެ ޖޭމުން ފަނިގިރާލައިގެން ބުއިމުން ފާޚާނާކުރަން ފަސޭހަވާނެއެވެ) މި ބައެއް ކަމަކުނުދިޔަ. ފަނި ގިރާ ވާހަކަ ނުބުނެ ކާލަން ބުނި ނަމަ ވަރަށް ރަނގަޅުވީސް. ފަނި ގިރަންވީމަ އޮންނާނީ ހަކުރު އަޅަން ޖެހިފަ ގިނަ މީހުންނަށް

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް