Advertisement
header ad
XeeTimesXeeTimes
ހިތްދަތި ވާހަކަތަކެއް: ދެމަފިރިންގެ 4 ކުދިން ފިޓްޖެހި އަމިއްލައަށް ނުއުޅެވޭ ހާލަތުގައި! ސިއްޙަތު

ހިތްދަތި ވާހަކަތަކެއް: ދެމަފިރިންގެ 4 ކުދިން ފިޓްޖެހި އަމިއްލައަށް ނުއުޅެވޭ ހާލަތުގައި!

ޒިމްނާ އާއި އޭނާގެ ފިރިމީހާ އަޒީޒުގެ ދިރިއުޅުމުގައި މިހާތަނަށް އެތައް ގޮންޖެހުންތަކާއި ވޭނާއި ތަދުތަކުގައި އުޅެންޖެހިއްޖެއެވެ. އެކަމަކު މި ދެމަފިރިންނަކީ ކެތްތެރި ދެމަފިރިންނެވެ. ދުނިޔޭގައި މެދުވެރި ކުރެއްވި ކަންތައްތަކަށް ކެތްތެރިކަމާއެކު އެކުރިމަތިލަނީ ދިރިތިބީންނަށް ނަމޫނާ ދައްކަމުންނެވެ.

ލޯތްބާއެކު ފެށި ދިރިއުޅުމަށް މިހާތަނަށް 5 ކުދިން ލިބިއްޖެއެވެ. އެކަމަކު މީގެތެރެއިން 4 ކުދިން މިއަދުވެފައި އެވަނީ ބަލިވެ އެކަނި ނުއުޅެވޭވަރުގެ ކުދިންނަށެވެ. މާތް ﷲ ގެ އިރާދަފުޅުން 5 ވަނަ ދަރިފުޅު ގެންދަނީ ޑޮކްޓަރަކަށްވުމުގެ ފޮނި އުންމީދުގައި ސްޓޫޑެންޓް ލޯނުގެ އެހީގައި ތަޢުލީމް ހާސިލު ކުރަމުންނެވެ.

4 ދަރީންގެ ހައްގުގައި ދެމަފިރިން ވަމުން އެދަނީ މަތިވެރި ގުރުބާނީއެކެވެ. މި ދެމަފިރިން ދިރިއުޅޭ ގެއަށް އަޅުގަނޑު ޒިޔާރަތްކުރީ ބަލިވެއުޅޭ 4 ކުދިންނާއެކު ދެމަފިރިން ކުރަމުންދާ ހިތްވަރު ލޮލުން ދެކި އެ ދެމަފިރިންގެ ދަރިންނަށް ކުޑަނަމަވެސް އެހީތެރިކަމެއް އާންމުންގެ ފަރާތުން ހޯދައިދިނުމުގެ މާތް މަގްސަދުގައެވެ.

Article - in content
Advertisement

ފުރަތަމަ ގެއަށް ވަންއިރު ފެނުނީ އުމުރުން ދުވަސްވެ ބަލި އެނދުގައި އޮތް މީހެކެވެ. އެއީ ޒިމްނާގެ ފިރިމީހާގެ ބައްޕައެވެ. އުމުރުން ދުވަސްވީ މައިންބަފައިންނާއި 4 ކުދިންގެ ޒިންމާ ނަގަމުން ދާގޮތް ހިތްވަރާއެކު ކިޔައިދެމުން ޒިމްނާ ބުނީ މިއީ މިއަދު އެމީހުންގެ ހާލަތު ހުރި ގޮތް ކަމަށެވެ. ވައަތް ފަރާތުން ފުރަތަމަ ކޮޓަރީގައި އަމިއްލައަށް ނުތެދުވެވޭ ހާލަތުގައި އޮތީ އާއިޝަތު އަނޫޝާ އަޒީޒް (26އ) އެވެ. ބޮޑު އެނދެއްގައި ދެއަންހެން ދަރިން ތިބިއިރު އެއީ މި ދެމަފިރިންގެ ދޮށީ ދަރިފުޅު އާމިނަތު އަފްޝާ (32 އ) އަދި މަރްޔަމް އިންޝާ އަޒީޒް (15އ) އެވެ.

އަޅުގަނޑު ފެނުމާއެކު ކޮޓަރީގައި ހުރި ނިވިދިލި ބޮކި ބަލަން އައުމަށް އެދި އަތުގައި ހިފީ މި ދެމަފިރިންގެ އަހްމަދު އިފްތިޝާމް ޢަޒީޒު (28އ) އެވެ. މި 4 ކުދިންނަށް ވެސް ރަނގަޅަށް ވާހަކަ ނުދެއްކެއެވެ. ހާލަތު ފެނުމުން ފުރަތަމަވެސް ފެންކަޅިވިއެވެ. އެކަމަކު މިއީ ކޮންފަދަ ހިތްވަރުގަދަ އާއިލާއެއް ބާވައޭ ހިތަށްއަރައި އެކުރާ ހިތްވަރު ޝުކުރުވެރިކަމާއެކު ބަލައިގަނެވުނެވެ.

" 4 ދަރިންނަކީ ވެސް ފިޓްޖެހޭ ކުދިން. އުމުރުން ވަކި ހިސާބަކަށް ދާއިރު މިހާބޮޑަށް ބަލިވެ އަމިއްލައަށް ނުއުޅެވޭވަރު މިވަނީ. ބޮޑުދަރިފުޅުވެސް އެއީ ޕްރީސްކޫލަށް ދިޔަ ކުއްޖެއް. އުމުރުން 6 އަހަރުގައި ޑެންގޫޖެހި އެހާބޮޑަށް ބަލިވެ ހަރަކާތް ހުއްޓުނީ. އެއިރު އެއްމަސް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓްވެސް ކުރި. އޭގެފަހުން އެއޮންނަނީ އެގޮތަށް".

ގދ. ތިނަދޫ އަށް އުފަން އެކަމަކު ފެށުނީއްސުރެ މާލޭގައި ދިރިއުޅޭ މިއާއިލާގެ އިތުރު މައުލޫމާތު ހިއްސާ ކުރަމުން ޒިމްނާ ބުނީ ފިޓްޖެހި ވެއްޓި ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ ނިތްކުރި ވަރަށްބޮޑަށް އެއްފަހަރު ފަޅައިގެން ދިޔަކަމަށެވެ.

" އަންހެންދަރިފުޅު އަފްޝާ ވެސް ފިޓްޖެހި ވެއްޓޭއިރު އަބަދު ދަތްޕިލައާއި އިނގިލިތައް ޖެހި ގެއްލުންވެ އެއްފަހަރު ފައިގެ އިނގިލި ކަޅުވެ ޖެހުނީ ބުރިކުރަން. އަދި އަފްޝާ އާއި އިފްތިޝާމްގެވެސް ބައެއް ދަތްތައް ވެސް މަދުވާނެ ފިޓްޖެހި ވެއްޓި ގެއްލުންވުމުގެ ސަބަބުން. އެންމެ ކުޑައަށް ހުރި އިންޝާ އަކީ އުމުރުން 14 އަހަރާއި ހަމައަށްވެސް އަމިއްލައަށް ހިނގާ ސްކޫލަށް ދިޔަ ކުއްޖެއް. އޯޓިޒަމްގެ އަސަރު ހުރުމުގެ އިތުރަށް އެކުއްޖާއަށް ފިޓްޖެހޭތީ ދިން ބޭސް ބޭނުންކުރަމުން ދަނިކޮށް ޕެންކްރިއަސް ދުޅަވެ ހާލަތު އިތުރަށް ގޯސްވުމުން ފިޓަށް ދިން ބޭސް (ސޯޑިއަމް ވަލްޕަރޭޓް 500 މިލިގްރާމް) ހުއްޓާލުމަށްފަހު ހޮސްޕިޓަލުގައި ފަރުވާދެނިކޮށް ބަނޑުން ތިރީގެ ވާގިދިޔައީ. އެއީ މީގެ އެއްމަސްކުރިން. އިންޝާއަށް ފަރުވާހޯދުމަށް އިންޑިއާ އަށް ދިއުމަށް އާސަންދައާއި އެންސްޕާގެ އެހީ ލިބި ފުރަން ތައްޔާރުވަމުން މިދަނީ". ހިތްދަތިކަމާއެކު ޒިމްނާ ކިޔައިދިނެވެ.

އެވަގުތު މަޑުމަޑުން އަތުގެ އިޝާރާތުން ލޯބިއަޑަކުން ކިރިޔާ ކިޔާއެއްޗެއް ސާފުވާ މިންވަރަށް އިންޝާ އަޅުގަނޑަށް ' ހާއި' އޭ ބުންޏެވެ. އަޅުގަނޑުވެސް އެގޮތަށް ޖަވާބު ދިނީ ހާލަތު ފެނި ހިތަށްކުރި ފުންއަސަރާއެކުގައެވެ. ޒިމްނާގެ އުންމީދަކީ ކުރިއެކޭވެސް އެއްގޮތަށް ގޭތެރޭގައި ދުވެ އުޅުނު އިންޝާ އަލުން ރަނގަޅުވުމެވެ. އަދި ދެންތިބި 3 ދަރިންނަށްވެސް ފިޓްޖެހުމަށް ލުޔެއް ލިބި އަމިއްލައަށް ދިރިއުޅެވޭވަރު ވުމެވެ.

މި ދެމަފިރިން ފާހަގަކުރިގޮތުގައި މީގެކުރިން ވަނީ އައިޖީއެމްއެޗަށް އައި ރާއްޖެއިން ބޭރުގެ ޑޮކްޓަރުންގެ ޓީމަކުން މި އާއިލާގެ ބައެއް މީހުންގެ ޓެސްޓްތައް ހަދާފައެވެ. މިހާތަނަށް ޓެސްޓްތަކުގެ ނަތީޖާއިން ބެލެވޭގޮތުގައި މިއީ 'ޖެނެޓިކް' މައްސަލައަކަށްވުން ގާތެވެ. އެކަމަކު އެކަން ޔަގީންވާނީ އެންމެންގެ ޓެސްޓް ހެދިގެންނެވެ.

 އާސަންދަ އަދި އެންސްޕާގެ އެހީ ލިބުނަސް އެހެން މީހުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާ 4 ކުދިން ގޮވައިގެން ރާއްޖެއިން ބޭރުގައި ގިނަ ދުވަހަށް އުޅުމުގެ ތަނަވަސްކަމެއް އާއިލާގެ ނެތެވެ. 4 ކުދީންނަށް ފިޓްޖެހޭއިރު ވެއްޓި ގެއްލުން ލިބިދާނެތީ އަދި ގަޑިން ގަޑިއަށް ބޭސްދިނުމަށް ޒިމްނާ ހުންނަނީ އަބަދުވެސް ކުދިން ކައިރީގައެވެ. 4 ވަނަ ދަރިފުޅު އެހާބޮޑަށް ބަލިވުމުން ކުރިން ވަޒީފާއަށް ދިޔަ ފިރިމީހާވެސް މިވަގުތު ހުރީ ޗުއްޓީގައި ގޭގައެވެ. އެއީ ދެމަފިރިންގެ އެހީތެރިކަމާއެކު ނޫނީ އެއްފަހަރާ އެންމެންނަށް އެހީތެރިކަން ފޯރުކޮށްނުދެވޭނެތީއެވެ.

ހުޅުމާލޭގައި ދިރިއުޅޭ މި ހިތްވަރުގަދަ އާއިލާ ބުރަމަސައްކަތުން ދިރިއުޅެމުން ދިޔައީ ލިބުނު މިންވަރަށް އީމާންވެގެންނެވެ. މި އާއިލާއާއި ދިމާވުމުން އިތުރަށް އިހްސާސް ވެގެންދިޔައީ އަޅުގަނޑުމެންނަށް ހެއްދެވިފަރާތުން ދެއްވި ފުރިހަމަ ނިޢުމަތެވެ. އެހީތެރިކަން ބޭނުންވާ މިފަދަ އާއިލާތަކަށް ލޯތްބާއެކު އެހީތެރިވަމާތޯއެވެ.

ނޯޓް: މިއީ ޒީޓައިމްސް އިން ގެނެސްދިން މިފަދަ އެހީގެ 37 ވަނަ ރިޕޯޓެވެ. އިންސާނިއްޔަތަށްޓަކައި ކުރާ މިމަސައްކަތުގައި ކިޔުންތެރިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަމެވެ. މިގޮތަށް ލިބޭ އެހީ ޖަމާވާނީ ބަލިމީހާގެ އެކައުންޓަށެވެ. މި ޢާއިލާ އަށް އެކަށީގެންވާ މިންވަރަށް އެހީ ލިބިފައިވާތީ، މިރިޕޯޓުގައި ކުރިން ހިމަނަައިފައިވާ ފޯން ނަންބަރާއި އެކައުންޓް ނަންބަރު ވާނީ އުނިކޮށްފައެވެ. އެހީ ފޯރުކޮށްދިން ފަރާތްތަކަށް އާއިލާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

Muazzaf 06އޭޕްރީލް2024

Mi aailaa aai badhaluvi komme meeheh vess dheravaane kudhin ulhey goii fenunyma adhi ekudhin kuda iru ge photo thah fenunyma. Normal kudhin gothah thibefa vaki age akun Bali vany. Mi aailaa in mi gothah ehy ai edhi post eh mifenuny alah…Mi aailaa aai 1 faharu bahdhalu vi meehehge haisiyyathun buneveyny mi article kiyaalaigen adhi emyhun ge haalath ragalhah neygeye, dhema firing ragalhah nunidhaa ulheny, komme iraku vess eyge in kujjeh fitu jehidhaane thy. Heyw Dua adhi vevunu minvarun ehy therikan vedhevvaa! 5

Anonymous 05އޭޕްރީލް2024

Aameen

Mary 04އޭޕްރީލް2024

Shafakallah 4

Keyolhu 03އޭޕްރީލް2024

Aameen 7 1

ހަސަން އަލީ 03އޭޕްރީލް2024

ކުދިންނަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި އަދި އާއިލާއަށް ކެތްތެރިކަންދެއްވާ އާއިލާ ފާގަތި ކިރައްވާށި. އާމީން 45

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —