May 2, 2024 06:23
Advertisement

-Advertisement-

އާދަޔާޚިލާފަށް ބޮލުގައި ރިއްސާނަމަ ލުއި ހޯދާނެ ގޮތްތައް!

މައިގްރެއިން ނުވަތަ އާދަޔާޚިލާފަށް ބޮލުގައި ރިއްސާ މީހުން މިހާރަކަށް އައިސް ގިނަ ކަމުގައި ފާހަގަކުރެވެއެވެ. މައިގްރެއިންއޭ ބުނުމުން އެ ތަދު އިހްސާސްކުރެވޭނީ އެވޭނުގައި އުޅޭ މީހަކަށްކަން ޔަގީނެވެ. އެތަދުގެ ވާހަކަ އަޑުއަހާލާ މީހަކަށް އެއީ އާދައިގެ ބޮލުގައި ރިހުމެކޭ ހީވިޔަސް އެއީ އިހްސާސްކުރަން ދަތި ތަދެކެވެ. އެތަދުގެ ސަބަބުން މުޅިދުވަހު އުޅެންޖެހެނީ ވޭނުގައެވެ. މައިގްރެއިންގައި ތަފާތު ގިނަ ވައްތަރުތަކެއް ހުރެއެވެ. އާދައިގެ ތަދުތަކާއި ކެތްކުރަން ދަތިވާވަރަށް ތަދުގެ އިހުސާސް ކުރެވޭ މީހުން އުޅެއެވެ. އާދައިގެ މައިގްރެއިނަކީ ތަންކޮޅެއް ފަސޭހައިން ތަދު ކެނޑިގެންދާ ވައްތަރެކެވެ. އެހެންނަމަވެސް ބޮޑުވަރުވާ މީހުން އުޅެންޖެހޭ ހާލު ތަސައްވަރުކޮށްލަންވެސް ދައްޗެވެ. އެއްވެސް އެއްޗެއް ނުކެވި ހޮޑުލައި ވަރުދެރަވެ އައިވީ ގުޅަންޖެހޭ މީހުންވެސް އުޅެއެވެ. ބައެއްފަހަރު ހެނދުނު ހޭލާއިރު ދަތްއުނގުޅަން ފެށުމުންވެސް އެތަދު އިހްސާސްކުރަންޖެހޭ މީހުން އުޅެއެވެ. މިކަހަލަ ވޭނުގައި އުޅޭ މީހުންނަށް މައިގްރެއިންގެ ތަދު އައިސްދާނެކަމުގެ ބިރު އަބަދުވެސް އޮވެއެވެ. މިތަދުން އަރައިގަންނަން ފަސޭހަ ވުމަކީ އާދައިގެ ކަމަކަށް ނުވިޔަސް މިކަމާމެދު އެޅިދާނެ ފިޔަވަޅުތަކެއް އެބަހުރިކަން ގައިމެވެ. ތަދު އައުމުގެ ކުރިން އެކަންކަމަށް ސަމާލުކަންދީ އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލާލުން މުހިއްމެވެ.

މާގިނައިރު ނިދުމުން ނުވަތަ މާމަދުން ނިދުން

މައިގްރެއިންގެ ވޭން އުފުލަމުންދާ މީހަކުނަމަ ދިމާވެދާނެ ކަމެއްކަމަށް ފާހަގަކުރެވޭ އެއްކަމަކީ ނިދުމެވެ. އެކި މީހުންގެ ނިދުމުގެ ޕެޓާން ގެންގުޅޭ ގޮތުން މައިގްރެއިންގެ ތަދު ތަހައްމަލު ކުރަންޖެހެއެވެ. މީގެ ތެރޭގައި މާގިނައިން ނިދުމާއި ނުވަތަ ނިދާއިރު ބާލީސް ބޭނުން ނުކޮށް ނިދުން އަދި މާ ހަރު ބާލީސް ބޭނުންކޮށްގެން ނިދުންވެސް ހިމެނެއެެވެ. މާބޮޑަށް ނިދިމަދުވުމާއި ނުވަތަ ނިދި ގިނަވެގެންވެސް ބޮލަށް ބަރުވާހެން ހީވެ ނާރުތަކަށް ތަފާތު ބަދަލުތައް އާދެއެވެ.. މައިގްރެއިން ހުންނަ މީހަކުނަމަ ނިދުމުގެ އާދަ ގެންގުޅެންވީ ގޮތްތަކާއިމެދު ސަމާލުކަން ދިނުން ވަރަށް މުހިއްމެވެ.

Advertisement

އައިސްޕެކް ބޭނުންކުރުން

ތަދު ބޮޑަށް އަންނަނީ ނާރުގެ ސަބަބުންނެވެ. ނާރުތަކަށް ބާރުކުރާނަމަ ތަދު ބޮޑުވެއެވެ. އެކަމުން އަރައިގަތުމަށް އައިސްޕެކް އަޅާލުމުން ކޮންމެވެސްވަރަކަށް ތަދު ކުޑަވެގެންދެއެވެ. ނާރުތަކުން ސިކުނޑިއަށް ފީޑްބެކް ދިނުމުގެ ސަބަބުން ތަދު ކުޑަވެގެންދެއެވެ.

ލޮލުގައި މާސްކް އެޅުން

މައިގްރޭން އަންނަހެން ހީވާނަމަ އައިސްމާސްކެއް އަޅާލައިގެން ލޮލަށް އަރާމުކޮށްލަން އިރުކޮޅަކު އޮށޯވެލުމުން ރަނގަޅުވާނެއެވެ. މާއަލިގަދަ ތަންތަނަށް ނުދިއުމަށްވެސް ސަމާލުކަންދޭންވާނެއެވެ. މާބޮޑަށް އަލިގަދަވެފައި އަޑުގަދަނަމަ އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ. މިކަން ދިމާވާން އުޅޭހެން ހީވާނަމަ މިކަމަށް ސަމާލުކަންދީގެން ލޮލަށް އަރާމުކަން ހޯދާލުން މުހިއްމެވެ.

ސްޓްރެސް މެނޭޖްކުރުން

މާބޮޑަށް ފިކުރު ބޮޑުވާހެން ހީވާ ކަންކަމުން ދުރުވެލުމަކީ މުހިއްމު ކަމެކެވެ. މާބޮޑަށް ހާސްވެ ކަންކަމާއިމެދު ވިސްނާނަމަ މީހާ ވަރަށް ބޮޑަށް ބަލިކަށިކޮށްލައެވެ. މިކަމުގެ ސަބަބުން ނާރުތަކަށް ބާރުކުރެއެވެ. މީގެ ސަބަބެއް ކަމުގައިވެފައި އޮންނަނީ މައިގްރެއިންގެ ތަދު އިހްސާސް ކުރަންޖެހުމެވެ. މައިގްރެއިންގެ މައްސަލަ ހުންނަ މީހެއްނަމަ މިކަންކަމަށް ވިސްނާލުން ވަރަށް މުހިއްމެވެ.

މަސާޖުކުރުން

މާބޮޑަށް ތަދުވާނަމަ އެރޯމާ ތެރަޕީ މަސާޖެއް ނަގާލުން މުހިއްމެވެ. ނާރުތައް ފުއްޕާފައި ހުންނަހެން ހީވެ ނާރުތަކަށް ބާރުވާން ފަށައެވެ. މިކަން ބޭހަކާ ނުލައި ފަސޭހަކުރެވޭނެ ހަމައެކަނި އޮތްގޮތަކީ މަސާޖު ކުރުމެވެ.

މައުލޫމާތު: ޓްޑޭސް.ކޮމް

+1
1
+1
0
+1
9
+1
1
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް